ހުލާސާކޮށް އިއްޔެ: އީވާ އާއި އަފީފުގެ ނިންމުން ގޯސް!

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އީވާ އާއި އަފީފު އަދި އެ ޕާޓީގެ އިސްވެރިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އީވާ އާއި އަފީފު އަދި އެ ޕާޓީގެ އިސްވެރިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރު އިއްޔެ ބޭއްވި ދެ ޖަލްސާއަށް ތާވަލް ކުރިޔަސް، އެ މައްސަލަ ކުރިޔަށް ނުގެންދާން ރިޔާސަތުން ނިންމީ ރަނގަޅަށް ނޫން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ އޮތް ދެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. ފުރަތަމަ ބޭއްވި ޖަލްސާގެ ރިޔާސަތުގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިންނެވިއިރު، ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށްޓަކައި އެ ބޭފުޅުން ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއްގެ ގޮތުގައި ނެގީ އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގަރާރެއް ނޫން ކަމަށެވެ.

ނިޒާމީ އޮއިވަރެއްގެ ތެރެއަށް މަޖިލީހުގެ ތަޅުން ދޫކޮށްލުމަށް ފަހު އަފީފު ނިންމެވީ، ޑިމޮކްރެޓުން ބޭނުންވި ގޮތަށް އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށެވެ. އަދި ނަޝީދު ވަކިކުރުން އަލުން ހުށަހަޅަން އެންގި އެވެ.

Advertisement

"މިއަދުގެ ދެވަނަ ޖަލްސާ ތާވަލުކުރެއްވީ ފުރަތަމަ ޖަލްސާގައި އަފީފު ނިންމެވި ނިންމެވުން ގޯސް ކަމަށް ސެކްރެޓޭރިއަޓުން ދެކޭތީތޯ" "އަދަދު"ން ސުވާލުކުރުމުން އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ ދެވަނަ ޖަލްސާ ތާވަލުކުރީ އެހެންވެ ކަމަށެވެ.

އަފީފުގެ ނިންމުން ގަބޫލު ނުކުރައްވައި، އިއްޔެ 11:30 އަށް ވެސް ޖަލްސާ އެޖެންޑާކުރި އެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވަޑައިގަތީ ފުރަތަމަ ޖަލްސާއަށް ސަލާމު ފޮނުއްވި މަޖިލީހުގެ ނައިބު ރައީސް، ނަޝީދުގެ ދެބޭންގެ ދެދަރި އީވާ އަބްދުﷲ އެވެ. އީވާ ނިންމެވީ ގަރާރު ބޭރުކޮށްލަން އަފީފު ނިންމެވި ނިންމެވުން ރަނގަޅު ކަމަށެވެ.

ނަމަވެސް ނަޝީދުގެ އިތުބާރުގެ މައްސަލަ ނިމިފައިވާ ކަމަށް އަމީންއާންމު ގަބޫލު ނުކުރައްވައި، އެ މައްސަލަ މިއަދަށް ވެސް އެޖެންޑާކުރި އެވެ.

މިއަދު ދެ ޖަލްސާއެއް އެބަ އޮތެވެ. ފުރަތަމަ އެޖެންޑާކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓާއި ސަޕްލެމެންޓަރީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާއެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާއަށް ވަޑައިނުގެންނެވޭނެކަން މަޖިލީހުގެ އިދާރާއަށް ވަނީ އަންގަވައިފަ އެވެ. އެހެންވެ، ބަޖެޓު ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމަށް ނުބެލެވެ އެވެ.

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ގަރާރު ހުށަހަޅާފައި ނެތް ކަމަށް މިހާރު އީވާ އާއި ހަސަން އަފީފު ގަބޫލު ކުރެއްވި ނަމަވެސް އެ މައްސަލަ އެޖެންޑާކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތް އަމީންއާންމު އެކަން ގަބޫލެއް ނުކުރައްވަ އެވެ.

ދަ ޑިމޮކްރެޓްސް މަސައްކަތް ކުރަމުން ގެންދަނީ މަޖިލީހުގައި ނަޝީދުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ގަވާއިދާ ހިލާފުވި ކަމަށް ސުލޫކު ކޮމިޓީން އިއްޔެ ކަނޑައަޅަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ގަވާއިދާ ހިލާފުވި ކަމަށް ސުލޫކު ކޮމިޓީން އިއްޔެ ކަނޑައަޅަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ގަވާއިދާ ހިލާފުވި ކަމަށް ސުލޫކު ކޮމިޓީން އިއްޔެ ކަނޑައަޅަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox