ބޭރުކޮށްފައިވާ ގަރާރެއް ކަމަށް ބުނެ ދެވަނަ ޖަލްސާ ވެސް އީވާ ނިިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދު މަޖިލީހުހގައި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދު މަޖިލީހުހގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތުން ބޭރުކޮށްލާފައިވާ ކަމަށް ބުނެ އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މިއަދު ބޭއްވި ދެވަނަ ޖަލްސާ ވެސް ނިންމާލައިފި އެވެ.

މިއަދު ހެނދުނު 09:00 ގައި ބޭއްވި ޖަލްސާއަށް އީވާ ހާޒިރުވެވަޑައިގަނެފައި ނުވެ އެވެ. އޭނާ ހުންނެވީ ސަލާމުގަ އެވެ. އެހެންވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ޖަލްސާ ފަށައި އެޖެންޑާ އިއްވުމާ އެކު ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން، ގަރާރު "ގަވައިދާ ހިލާފު ކަމަށް" ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

އެއާ އެކު ހޫނު ބަހުސެއް ހިންގަން ފުރުސަތު ދެއްވުމަށް ފަހު މަޖިލީހުގެ ރިޔާސަތުން އަފީފު އިއުލާނުކުރެއްވީ ޖަލްސާ ނިންމަވައިލެއްވީ ކަމަށެވެ.

އެއަށްފަހު 11:30 އަށް ތާވަލުކުރި ޖަލްސާގެ ރިޔާސަތުގައި އިންނެވީ އީވާ އެވެ. އެ ޖަލްސާ ފެށުނުތާ ކުޑަ ވަގުތުކޮޅެއް ތެރޭ އެއީ ހެނދުނުގެ ޖަލްސާގައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށް ބުނެ ދެވަނަ ޖަލްސާ އީވާ ނިންމަވާލެއްވި އެވެ.

"މި ގަރާރަކީ މިއަދު ހެނދުނު 09:00 ޖެހިއިރު ފެށުނު ޖަލްސާގައި މިއަދުގެ ރިޔާސަތުން އެ ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް. އެހެންވީމާ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިއީ މިއަދު ދެން އިތުރަށް ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް. މި ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ނިޒާމީ މައްސަލައެއްގައި ގޮތެއް ނިންމައި ބޭރުކޮށްފައިވާ ގަރާރެއް," ރިޔާސަތުގައި އިންނަވައި އީވާ ވިދާޅުވި އެވެ.

މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަަމަށް އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ. އެކަމަކު ރިޔާސަތުން ނިންމީ ގަރާރު ބޭރުކޮށްލުމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި ގަރާރު އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ އިދާރާއިން އެއީ ސައްހަ ގަރާރެއް ކަމަށް ބަލައިގަތުމަށް ފަހު އެވެ. އެކަމަކު ރިޔާސަތުގައި ތިއްބަވަނީ ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ކަމަށްވުމާ އެކު ރިޔާސަތަށް ލިބިދޭ ބާރުގެ ދަށުން އެ ގަރާރަށް ދަނީ ތަކުރާރުކޮށް ހުރަސް އަޅަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox