މުސްލިމުންނަށް މިހާރު ނަސްރު ނުލިބެނީ ކީއްވެ؟

މުސްލިމުންނަށް މިހާރު ނަސްރު ނުލިބެނީ ކީއްވެ؟

މާތް ނަބިއްޔާ ރަސޫލުކަމައިގެން ފޮނުއްވިއިރު، އަރަބީންނަކީ ޖާހިލުންނެވެ. ދުނިޔޭގެ ތެރޭގައި ބަޔަކު މާބޮޑު ސަމާލުކަމެއް ދޭ ބަޔެއް ނޫނެވެ. ސަމާލުކަމެއް ދޭންޖެހޭ ފަދަ ކަމެއް ވެސް އެބައިމީހުންގެ އޭރު ނެތެވެ. އަރަބީންގެ އަދަދު އޭރުވެސް މަދެއް ނޫނެވެ. އެކަމަކު ގަބަލީ ތަޅާފޮޅުންތަކުން ސަލާމަތްނުވެވޭ ހާލުގައި ތިބި ޖާހިލުންތަކެކެވެ. މާތް ނަބިއްޔާ ރަސޫލުކަމައިގެން އެމީހުންގެ ގާތަށް ފޮނުއްވެވިތާ، ތިރީހަކަށް އަހަރު ނުވަނީސް، އެއީ ދުނިޔޭގައި ނެތްވަރުގެ ބަޔަކަށްވެއްޖެއެވެ. އާދޭހެވެ! ފަހުން އަރަބީންނެއް ނޫނެވެ. މުސްލިމުންނެވެ. މުސްލިމުންގެ ގޮތުގައެވެ. މުޅި ދުނިޔެއަށް ވެރިކަން ހިންގަމުންދިޔަ ފާރިސީންނާއި ރޯމަނުން ބަލިވެ އެބައިމީހުންގެ ނުފޫޒު ދުނިޔެއިން ކެނޑިގެންދިޔައީ މުސްލިމުންގެ އަތްމައްޗަށެވެ.

އޭރު މުސްލިމުން ކުރި ބޮޑެތި އަދި ކުދި ހަނގުރާމަތަކުގައި ނަސްރާއި ނަސީބާއި ކާމިޔާބަކީ މުސްލިމުންގެ އެއްޗެކެވެ. މަދުފަހަރެއްގައި މުސްލިމުން ބަޔެއްގެ އަތުން ބަލިވިޔަސް އިސާހިތަކު އެޔަށްވުރެ ބޮޑު ނަސްރެއް އޮންނަނީ ހޯދައިގެންފައެވެ. މުސްލިމުންނަކީ ހިންދު ކަރައިގެ ހިސާބުގަނޑަކުން މުސްލިމް އަންހެން ކަނބަލަކަށް ލިބުނު އަނިޔާގެ ހަބަރާއެކު ލަޝްކަރުތައް ފޮނުއްވައި މުޅި ހިންދުކަރަ ވެސް އިސާހިތަކު ފަތަހަކުރި ވަރުގަދަ ނަސްރުގެ އަހުލުވެރިންނެވެ.

މިއަދު ވެސް ދުނިޔެ މިދެކެނީ ހަމަ އެ މުސްލިމުން ބާވަ އެވެ؟ އެހެންނަމަ މިހާރު ނަސްރު ނުލިބެނީ ކީއްވެގެންބާވަ އެވެ؟ ފަލަސްތީނޭ މިކިޔާ ބިމުގެ ވަށަވަށައިގެން ތިބީ މުޅިން ވެސް މުސްލިމުންނެވެ. ލީބިޔާ އާއި ލުބުނާނާއި މިސްރެވެ. ޖޯޑަންއާއި ސައުދީއެވެ. އެހުރިހާ އިސްލާމީ ގައުމުތަކެއްގެ މެދުގައި، ނިސްބަތުން އަންނާރު އޮށެއްހާ ކުޑަ އިޒްރޭލު އެއީ ވަށައިގެން ތިބި ހުރިހާ މުސްލިމުން ޖެހިލުންވާ މާބާރުގަދަ ޖަމާއަތަކަށް ވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ އަހަރެމެންނަށް މިހާރު ނަސްރު ނުލިބެނީ ކީއްވެހެއްޔެވެ؟

އިމާމް ޝަޢުރާވީއާ ޣައިރު މުސްލިމަކު ސުވާލެއް ކުރެއްވިއެވެ. ކީރިތި ޤުރުއާނަކީ ތެދު ހެއްޔެވެ؟ އިމާމް ވިދާޅުވިއެވެ. އާދޭހެވެ! އެމީހާ ބުންޏެވެ. އެހެންވީއިރު ނިސާއު ސޫރަތުގެ 141 ވަނަ އާޔަތުގައި، "…އަދި މުއުމިނުންގެ މައްޗަށް ކާފަރުންނަކަށް އެއްވެސް މަގެއް ﷲ ނުލައްވާނެއެވެ." މިގޮތަށް އޮންނައިރު، މުސްލިމުންނަށްވުރެ ކާފަރުން ހުރިހާ ގޮތަކުން ގަދަވެފައި މޮޅީ ކީއްވެހެއްޔެވެ؟

ޝަޢުރާވީ ޖެހިލުމަކާ ނެތި ޖަވާބު ދެއްވީ ސަބަބަކީ އަހަރެމެންނަކީ މުސްލިމުންކަމުގައިވާތީ އެވެ. މުއުމިނުންކަމުގައި ނުވާތީ އެވެ. މުއުމިނުންނާއި މުސްލިމުންގެ ތަފާތަކީ ކޮބާތޯ އެމީހާ އަޖައިބުވެގެން ސުވާލުކުރި އެވެ. ޝަޢުރާވީ ވިދާޅުވި އެވެ. މުސްލިމުންނަކީ އިސްލާމްދީނުގެ އަޅުކަންތައް ގެނެސްގަންނަ، ނަމާދުކުރާ ޒަކާތް ދޭ ރޯދަ ހިފައި ހައްޖުވާ މީހުންނެވެ. އެކަމަކު އެބައިމީހުން ތިބީ މަގުފުރެދުމެއްގަ އެވެ. އިލްމީ އަދި އިގުތިސާދީ އަދި އިޖުތިމާއި އަދި އަސްކަރީ ގޮތުން ބޮޑުވެގެންވާ މަގުފުރެދުމެއްގަ އެވެ.

އަލްޙުޖުރާތު ސޫރަތުގެ 14 އާޔަތް ވެސް ބައްލަވާލައްވާށެވެ! "އައުރާބީން ބުންޏެވެ. ތިމަންމެން އީމާންވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން އިސްލާމްވެއްޖައީމޭ (ކިޔަމަންވެއްޖައީމޭ) ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެއެވެ. އަދި ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ އަމަލުތަކުގެ ފައިދާއިން ތިޔަބައިމީހުންނަކަށް އެއްވެސް އެއްޗެއް އުނި ނުކުރައްވާނެއެވެ. ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ ރަސްކަލާނގެ އެވެ."

އެ އާޔަތުގައި ބަޔާންވެފައި އެވާ މީހުންނާއި އެމީހުންނާ ވައްތަރު މީހުންނަކީ ހަމައެކަނި މުސްލިމުންނެވެ. އެއީ މުއުމިނުންގެ މަރުހަލާއާ ހަމައަށް އަދި އުފުލިފައިނުވާ މީހުންނެވެ. އެމީހުންނަކީ ހަމަ ހަގީގަތުގައި ވެސް މުއުމިނުން ނަމަ ﷲ އެބައި މީހުންނަށް ނަސްރު ދެއްވާނެ އެވެ. އެހެނީ ރޫމް ސޫރަތުގެ 47 ވަނަ އާޔަތުގައި ވެސް އަންގަވާފައި އޮތީ، "...އަދި މުއުމިނުންނަށް ނަސްރު ދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށް އޮތް ޙައްޤެއް ކަމުގައިވެއެވެ." މުސްލިމުންގެ ވާހަކައެއް ނޫނެވެ. މުއުމިނުންގެ ވާހަކަ އެވެ.

މުސްލިމުންނަކީ މުއުމިނުންނަށް ވެއްޖެނަމަ، އެބައި މީހުންނަކީ އެހެން އުންމަތްތަކާއި ދައުލަތްތަކުގެ ކުރިމަތީގައި ގަދަފަދަ ބަޔަކަށްވެގެންދާނެ އެވެ. ދަލީލަކީ އާލްޢިމްރާން ސޫރަތުގެ 139 ވަނަ އާޔަތެވެ. "ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމަ އެވެ." އާދޭހެވެ! މުއުމިނުންކަމުގައިވާ ނަމައެވެ.

އާލްޢިމްރާން ސޫރަތުގެ 179 ވަނަ އާޔަތް ވެސް ބައްލަވާށެވެ! "ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާނދެން، ތިޔަބައިމީހުން ތިބި ގޮތުގެ މައްޗަށް މުއުމިނުން ދުލެއް ނުކުރައްވާނެ އެވެ. އަދި ޣައިބުގެ ކަންތައް ﷲ ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެ އެވެ. އެހެނެއް ކަމަކު، ﷲ އެކަލާނގެ ރަސޫލުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކު އިހުތިޔާރުކުރައްވަ އެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ ރަސޫލުންނަށް އީމާންވާށެވެ! އަދި ތިޔަބައިމީހުން އީމާންވެ، ތަގުވާވެރިވާ ނަމަ، ފަހެ ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ." އީމާންވާ މުއުމިނުންގެ ވާހަކައެވެ.

މުއުމިނުންކަމުގައިވެއްޖެނަމަ ﷲ އެބައި މީހުންގެ ހުރިހާ ކަމެއްގައި އެބައި މީހުންނާއެކުގައި މަދަދުގާރެއްގެ ގޮތުގައި ވޮޑިގެންވާނެ އެވެ. އަންފާލް ސޫރަތުގެ ނަވާރަވަނަ އާޔަތުގައި އަންގަވަނީ "...އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، މުއުމިނުންނާ އެކުގައެވެ." އައްޝުޢަރާއު ސޫރަތުގެ 158 ވަނަ އާޔަތް ވެސް ބައްލަވާށެވެ. "ފަހެ، އެއުރެންނަށް އަޒާބު އައިސް ޖެހުނެވެ. ހަމަކަށަވަރުން، އެކަންތަކުގައި (ﷲ ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައި ނުވެއެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox