އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން: މާޒިޔާ ކޯޗު

Nov 8, 2023, 8:11 AM
އޮޑިޝާ އަތުން ބަލިވި މެޗަށްފަހު މާޒިޔާގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ނޫސްވެރިންނާ ވާހަކަދައްކަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޮޑިޝާ އަތުން ބަލިވި މެޗަށްފަހު މާޒިޔާގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ނޫސްވެރިންނާ ވާހަކަދައްކަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭއެފްސީ ކަޕްގައި ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވި ނަމަވެސް އިސްތިއުފާ ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށާއި، ވަރުގަދައަށް ކުޅޭ ސަރަހައްދީ ޓީމުތަކާ ދެކޮޅަށް ކުޅެން ދިވެހި ކުޅުންތެރިން ފަރިތަ ނޫންކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު ތިން ވަނަ މެޗުން އެޓީމު ބަލިވީ އޮޑިޝާ އަތުން 3-2 އިންނެވެ. މި ބައްޔާ އެކު އޭއެފްސީ ކަޕްގައި ކުރިއަށްދިޔުމުގެ އަމިއްލަ ބާރު މާޒިޔާއަށްވަނީ ގެއްލިފަ އެވެ. ފަހު ދެ މެޗުން މާޒިޔާ މޮޅުވިޔަސް ބާކީ އޮތް ތިން ޓީމު ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތުން މާޒިޔާ ކެޓުމުގެ ފުރުސަތު ބޮޑެވެ.

މި ގްރޫޕްގެ އެއް ވަނައިގައި މިވަގުތު އޮތީ އެންމެ ފަހުން ކުޅުނު މެޗުގައި މޯހަން ބަގާން 2-1 އިން ބަލިކުރި ބަޝުންދަރަ ކިންގްސް އެވެ. އެޓީމުން ހަތް ޕޮއިންޓް ހޯދާފައިވާއިރު ދެ ވަނައިގައި އޮތް މޯހަން ބަގާން އަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އޮޑިޝާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު މާޒިޔާ ފުލުގައި އޮތީ ހަ ޕޮއިންޓާ އެކުގަ އެވެ.

އޮޑިޝާ އަތުން ބަލިވި މެޗަށްފަހު މާޒިޔާގެ ކޯޗު މިލޯ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ އޭނާ ބޭނުންވި ކަހަލަ ކުޅުމެއް ކަމަށެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ލިބުނު ފުރުސަތު ނިންމާލެވުނު ނަމަ މެޗުން މޮޅުވުގެ ފުރުސަތު ބޮޑުވީސްކަމަށާއި، ދެ ވަނަ ހާފުގައި ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނީ ކަމަށެވެ.

އޭނާ ބުނީ އޮޑިޝާ އަކީ މާޒިޔާއަށްވުރެ ގިނަ ގޮތްގޮތުން ވަރުގަދަ ޓީމެއް ކަމަށާއި، ވަރުގަދަ ޗެލެންޖުތައްކޮށްގެން ކުޅޭ ޓީމްތަކާ ދެކޮޅަށް ކުޅެން ދިވަހި ކުޅުންތެރިން ފަރިތަ ނޫންކަމަށެވެ. މިގޮތުން ރާއްޖޭގެ ލީގުގައި މިކަހަލަ ޓީމެއް ނެތުމަކީ އޭއެފްސީ ކަޕުގައި މާޒިޔާ ނުކުންނައިރު އެޓީމަށް އޮތް ޗެލެންޖެއްކަމަށްވެސް އޭނާ ބުންޏެވެ.

"ވަރުގަދަ ޓީމްތަކެއް ނެތް އަހަރުމެން ކުޅެން. ވަރުގަދަ ޗެލެންޖުތަކެއް ކުރާނެ. ރާއްޖޭގައި ނެތް އެވަރުގެ ޓީމުތަކެއް. އެކަމަކު އިންޑިއާގައި ބައިވަރު ޓީމްތައް އެބަހުރި ވަރުގަދަ. އެއީވެސް ތަފާތެއް. މިއީ ބަހަނާއެއް ނޫން،"

މީގެ އިތުރުން މެޗުގެ ނަތީޖާ އެނބުރުމުގައި ދެ ޓީމްގެ ސްކޮޑުގެ ތަފާތު އޭނާ ފާހަގަކުރި އެވެ. އޮޑިޝާ ޓީމުގައި އެ ޓީމުގެ ކޯޗު ބޭނުން ބަދަލެއް ގެންނަން އެއް ފެންވަރެއްގެ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި، ނަމަވެސް މާޒިޔާ ޓީމްގައި ތިބީ ފިޓްނަސްގެ ގޮތުންނާއި، ހުނަރަށް ބަލާއިރު މަދު ކުޅުންތެރިންކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން ޓިމުން އެކަކުވެސް ބަދަލުކުރަން ޖެހިޖެއްޔާ މި ޖެހެނީ ފޯމޭޝަން ބަދަލުކޮށްލައިގެން ނޫނީ އަރާ ތިބި ކުޅުންތެރިން ކުޑަކޮށް ޕޮޒިޝަން ބަދަލުކުރަން. އެވަރުގެ ކުޅުންތެރިއެއް ބެންޗުގައި ނެތް. މިސާލަކަށް ސަމުއްޓެ ބަދަލުގައި އަރުވާނެ އެވަރުގެ މީހެއް ނެތް. އެ ޓީމުގައި 24 ކުޅުންތެރިންވެސް އެއްވަރު. ކޮންމެ މީހެއް ބަދަލުކުރަންވިޔަސް އޮޕްޝަން އެބައޮތް،" މި ސީޒަނަށް މާޒިޔާއާ ހަވާލުވި ކޯޗު ބުންޏެވެ.

ޖެހިޖެހިގެން ތިން މެޗުން ބަލިވުމުން އިސްތިއުފާ ދޭން ޖެހޭތޯ ބުނުމުން މާޒިޔާގެ ކޯޗު ބުނީ މެޗުން ބަލިވުމުގެ ޒިންމާ އޭނާ ނަގާކަމަށާއި، އެކަމަކު މެޗުން ބަލިވީ އޭނާގެ ސަބަބުން ކަމަށް ގަބޫލުނުކުރާކަމަށެވެ. ކުޅުންތެރިން ކުރި މަސައްކަތްވެސް ފާހަގަކުރާ ކަމަށާއި، ރަނގަޅު ފެންވަރެއްގެ މެޗުތަކެއް ނުލިބި މިކަހަލަ މުބާރާތަކަށް ނުކުތުމަކީ ކުޅުންތެރިންގެ ކުށް ދެއްކޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ކޯޗު މިލޯ ބުނީ ކިތަންމެ ވަރަކަށްވެސް ޓްރެއިނިން ހެދިދާނެކަމަށާއި، ނަމަވެސް އެކަށީގެންވާ މެޗުތަކެއް ނުލިބޭނަމަ ފިޒިކަލީ ވަރުގަދަކޮށް ކުޅޭ ޓީމްތަކާ ދެކޮޅަށް ކުޅެ ނަތީޖާ ނުނެރެވޭނެކަމަށެވެ.

"އަހަރެން އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލުނުކުރަން. އަހަރުމެންނަށްވުރެ ފަސް ގުނަ މޮޅު ޓީމަކާ ދެކޮޅަށް މި ކުޅުނީ. އަހަރުމެންނާ އިންޑިއާގެ ޓީމްތަކުގެ ތަފާތު އިނގޭނެ އަހަރުމެން ނުބުންޏަސް. ބަލިވީ ކޯޗުގެ މައްސަލައަކުންކަމަށް ނުދެކެން. ޓެކްޓިކަލީ ނުވަތަ ފިޒިކަލީ އަހަރުމެން އެ ހިސާބުގައި މިތިބީ،" އިސްތިއުފާގެ ވާހަކަ އެހުމުން ކޯޗު ބުންޏެވެ.

އޭނާ ބުނީ މެޗުގެ ގޯސްކަންތައްތައް ބައެއް މީހުންނަށް ފެނުނު ކަމުގައިވިޔަސް އޭނާއަށް ފެނުނީ މާޒިޔާގެ ކުޅުންތެރިން ދެއްކި ހިތްވަރުކަމަށާއި، ޓީމުން ދެއްކި ރަނގަޅު ކުޅުމާއި، ޕޮޒިޓިވް ކަންކަން ކަމަށެވެ.

ނޮކްއައުޓް ބުރުގެ ފުރުސަތު ހަނިވި ނަމަވެސް ކުރިއަށް ހުރި މެޗުތަކަށް ނުކުންނާނީ ނަތިޖާ ނެރެ ހަނި ފުރުސަތަށްވެސް މަސައްކަތްކުރުމުގަ އަޒުމުގައިކަމަށްވެސް ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕް 2023ގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ދެން ކުޅޭ މެޗުގައި ނުކުންނާނީ ބަޝުންދަރަ ކިންގްސްއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ބަންގްލަދޭޝް ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox