ފްލެޓުތައް ދޫކޮށް ނިންމަން ވަކި ދުވަހެއް ކަނޑައަޅާފައި ނުވޭ, މަސައްކަތް ކުރަނީ އުސޫލުތަކުގެ ތެރެއިން: އަކްރަމް

ގެދޮރުވެރިޔާ ކޮމިޓީގެ ބައްދަލުުވުމެއް; ސަރުކާރު ބަދަލުވިޔަސް ފްލެޓް ދިނުމުގެ މަސައްކަތް މަޑުޖައްސާނުލައްވާނެ ކަމަށް އަކްރަމް ވިދާޅުވި -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގެދޮރުވެރިޔާ ކޮމިޓީގެ ބައްދަލުުވުމެއް; ސަރުކާރު ބަދަލުވިޔަސް ފްލެޓް ދިނުމުގެ މަސައްކަތް މަޑުޖައްސާނުލައްވާނެ ކަމަށް އަކްރަމް ވިދާޅުވި -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފްލެޓުތައް ދޫކޮށް ނިންމުމަށް ވަކި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށާއި މަސައްކަތް ކުރަމުންދަނީ އުސޫލުތަކުގެ ތެރެއިން ފްލެޓުތައް ދިނުމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ ގެދޮރުވެރިޔާ ފްލެޓުތައް ހަވާލުކުރުން އާ ސަރުކާރަށް ދޫކޮލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ, ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކަން ކުރަން އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެހެންކަމުން ސަރުކާރު ބަދަލުވާން ކުޑަ ދުވަސްކޮޅަކަށްވީ ނަމަވެސް އެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފްލެޓްގެ މަސައްކަތް ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމުގެ ކުރިން އެކަން ކުރަން ނޫން ކަމަށެވެ. އެހެންކަމުން އަވަސް އަރުވާލައިގެން ބާކީ އޮތް 10 ދުވަސްތެރޭ ފްލެޓްގެ މަސައްކަތް ނިންމާލަން ނޫޅުއްވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"[ފްލެޓު ދޫކުރުމުގެ މަސައްކަތް] ނިމިއްޖެއްޔާ ނިމުނީ, އެކަމަށް ވަކި ޑޭޓެއް ނުދޭނަން. ފްލެޓް ދޫކޮށް ނިމޭތޯ މަސައްކަތް ކުރާނީ," އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ, ފްލެޓްތަކުގެ މައްސަލާގައި ބަޔަކު ޕްލޭނިން މިނިސްޓްރީ ދޮށަށް އެއްވުމުން, ނިކުމެވަޑައިގެން އެމީހުންގެ ޝަކުވާތައް ވެސް އެއްސެވި ކަމަށާއި, ފްލެޓު ދިނުން މަޑުޖައްސާލުމަށާއި, ޝަކުވާ ހުށަހަޅާ ބެލުމަށް އޭސީސީން އެންގި އިރު އެކަން ވެސް އޮތީ ކޮށްފައި ކަމަށެވެ.

ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަކްރަމް ވިދާޅުވި ގޮތުގައި, ފްލެޓް ލިބޭ މީހުންގެ ލިސްޓު އެކުލަވާލުމުގައި އިހުމާލުން އެއްވެސް ކަމެއް ކުރައްވާފައެއް ނުވާނެ އެވެ.

"އެ ގެރެންޓީ އެބަ އޮތް. އިއްޔެ އޭސީސީގެ ބޭފުޅުން ވަޑައިގެން ބެއްލެވި އެއްޗެހި. އަޅުގަނޑަށް ފެންނަ ގޮތުގައި އެބޭފުޅުން ވަރަށް ހިތްހަމަޖެހިވަޑައިގެންނެވި. ނުދައްކާ އެއްވެސް އެއްޗެއް ނޯންނާނެ, ހުރިހާ އެއްޗެއް ބެއްލެވި," އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ފްލެޓް ދިން ގޮތާއި މެދު, އާ ސަރުކާރުން އައިސް ފިޔަވަޅު އަޅާނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާ ޕްލޭނިން މިނިސްޓްރީން ނެރުނު ލިސްޓާމެދު ޝަކުވާ ބޮޑުވެގެން އެ މިނިސްޓްރީން ވަނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފަ އެވެ. އެގޮތުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox