ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން މަޖިލީހުން ދެއްކި ހައްލަކީ ގަވައިދު ބަދަލުކުރުން!

އެމްޑީޕީން ހުށަހެޅި މައްސަލާގައި ސުޕްރީމްކޯޓުން ބޭއްވި އަޑުއެހުމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވާހަކަދައްކަވަނީ.

އެމްޑީޕީން ހުށަހެޅި މައްސަލާގައި ސުޕްރީމްކޯޓުން ބޭއްވި އަޑުއެހުމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވާހަކަދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އެޖެންޑާކުރާ ޖަލްސާއަށް ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިނުގަންނަވާ ނަމަ، އެކަމަށް އޮތް ހައްލަކީ މަޖިިލީހުގެ ގަވައިދު ބަދަަލުކުރުން ކަމަށް މަޖިލީހުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

ނަޝީދު މަގާމުން ވަކިިކުރަން އެމްޑީޕީން ދެ ވަނަ ފަހަރަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވި އޮތީ އެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް މަޖިލީހުން މާނަކުރާތީ އެވެ. މަޖިލީހުން އެގޮތަށް މާނަކުރާ އިރު މަޖިލީހުގެ ނައިބު ރައީސް އީވާ އެކި ފަހަރު އެކި އުޒުރު ދައްކަވައި، މަޖިލީހަށް ވަޑައިނުގެން އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދުނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ވެސް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި އޮވެ އެވެ. މިހާރު ދިމާވެގެން އުޅޭ މައްސަަލައަކީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް އޮންނަ އޮތުމަށް އެކަނި ރިއާޔަތްކޮށްގެން ޖަލްސާ ނުބޭއްވުމުގެ މައްސަލަ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ބޭއްވި ފުރަތަމަ އަޑު އެހުމުގައި ފަނޑިޔާރު ހުސްނުއް ސުއޫދު، ސުވާލުކުރެއްވީ ނައިބު ރައީސް ވަޑައިނުގަންނަވާތީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެއް ކުރިއަށް ނުގެންދެވޭ ހާލަތަށް އޮތް ހައްލަކީ ކޮބައިތޯ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ އެ ހާލަތަށް އޮތް ހައްލަކީ މަޖިލީހުގެ ގަވައިދު ބަދަލުކުރުން ކަަމަށެވެ.

"ގަވައިދަށް އެމެންޑްމެންޓެއް ގެންނަން ޖެހޭނީ. އެ ލަފާ އަޅުގަނޑުމެން މިހާރު ވެސް ދީފައިވާނީ،" ފިލްޒާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި އިރު، މައްސަލަ ހުށަހެޅި އެމްޑީޕީން މަޖިލީހުގެ ގަވާއިދު މާނަކުރަނީ މަޖިލީހުގެ ރައީސް ވަކިކުރަން މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލަ ނުނިންމައި މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭ ގޮތަށެވެ.

އެކަމަށް ރިއާޔަތްކުރައްވައި ފިލްޒާ ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ނުނިންމައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭ ހާލަތު މެދުވެރިވާނީ ރައީސް ވަކިކުރާ މައްސަލަ މަޖިލީހުގެ ޖަލްސާއެއްގައި [ތަޅުމަށް] ހުށަހެޅުމުން ކަމަށެވެ.

"އާއްމު ޖަލްސާތައް ބޭއްވުމަކަށް އަދި ހުރަހެއް ނެތް. ހުރަހެއް ނެތް ހާލަތުގައި މަޖިލީހުގެ ގަވައިދު އިސްލާހުކުރުމުގެ ބާރު، އިސްލާހުކުރުމުގެ އިހުތިޔާރު މަޖިލީހަށް އެބަ އޮތް،" ފިލްޒާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ޖަލްސާތަކަށް ވަޑައިނުގެން މަޖިލިސް ޑެޑްލޮކަކަށް ދާ ހާލަތަށް އޮތް ހައްލަކީ ކޮބައިތޯ؟،" ސުއޫދު ފުރަތަމަ ސުވާލުކުރެއްވުމުން ވެސް ފިލްޒާ ވިދާޅުވީ މަޖިލީހުގައި މިހާރު އެ ހާލަތު ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން މަޖިލީހުގެ ޖަލްސާތައް މިހާރު ވެސް ކުރިއަށް ގެންދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox