ވަޔެކާނޯ އަތުން މޮޅު ނުވެވި ރެއާލް އަށް ލީގުގެ އެއްވަނަ ގެއްލިއްޖެ

Nov 6, 2023, 3:17 AM
ވަޔެކާނޯ އަތުން މޮޅު ނުވެވި ރެއާލް އަށް ލީގުގެ އެއްވަނަ ގެއްލިއްޖެ

މެޑްރިޑް (ނޮވެމްބަރު 6) - ސްޕެނިޝް ލަލީގާގައި ރަޔޯ ވަޔެކާނޯ އަތުން މޮޅުނުވެވި ރެއާލް މެޑްރިޑަށް ތާވަލްގެ އެއްވަނަ ގެއްލިއްޖެ އެވެ.

ރަޔޯ ވަޔެކާނޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ ގޯލެއް ނުޖެހި އެއްވަރުވި މެޗާއިއެކު ލީގުގެ އެއްވަނައިގައި އޮތް ޖިރޯނާ ފަހަތަށް ޖައްސާލަން ލިބުނު ފުރުސަތު ރެއާލްއިން ވަނީ ނަގާލައިފަ އެވެ. ލަލީގާގެ އެއްވަނައިގައި ޖިރޯނާ 31 ޕޮއިންޓާއިއެކު އޮތްއިރު، ރެއާލް އަށް ލިބިފައިވަނީ 29 ޕޮއިންޓެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާ ތިން ވަނައިގައި އޮތީ 27 ޕޮއިންޓާއިއެކުގަ އެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މިގޮތުން އެޓީމްގެ ފޯވާޑް ހޯސެލޫއަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުކުރެވުނުއިރު، ޖޫޑް ބެލިހަމް، ވިނީޝިއަސް ޖޫނިއާ، ރޮޑްރިގޯ އަދި ފެޑެރިކޯ ވަލްވާޑޭއަށް ލިބުނު ހުސް ފުރުސަތުތަކުގައިވެސް ގޯލެއް ނުޖެހުނެވެ.

ރެއާލް އިން މި މެޗުގައި 22 ހަމަލާއެއް ފޮނުވާލިއިރު، ގޯލާ އަމާޒުވި ހަ ބޯޅަ ވަޔެކާނޯގެ ކީޕަރު ސްޓޯލް ޑިމިޓްރީވްސްކީ ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ރެއާލްއިން ގޯލެއްވެސް ޖެހި އެވެ. ވިނީޝިއަސް ޖޫނިއާ ޖެހި ގޯލު ރެފްރީ ނިންމީ އޮފްސައިޑު ކަމަށެވެ.

ރެއާލް މެޑްރިޑަށް ކުރިއަށް އޮތީ ބުދަ ދުވަހުގެ ރޭ ސްޕޯޓިން ބްރާގާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެލެންސިއާ އިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ގްރަނާޑާ ބަލިކޮށްފަ އެވެ. ވިޔަރެއާލް އާއި އެތުލެޓިކް ބިލްބާއޯ ވާދަކުރި މެޗު 3-2 އިން ބިލްބާއޯ އިން ކާމިޔާބުކުރިއިރު، އަލްވޭސް އިން ވަނީ އަލްމީރިއާ އަތުން 1-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox