އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަށް ޕާޓީގެ ފަރާތުން ތަދައްހުލްވާން ޑިމޮކްރެޓްސްގެ ކައުންސިލުން ނިންމައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ ލީޑަޝިޕުގެ ބައެއް ފަރާތްތައް : އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަށް ޕާޓީގެ ފަރާތުން ތަދައްހުލްވާން އެ ޑިމޮކްރެޓްސްގެ ކައުންސިލުން ނިންމައިފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ ލީޑަޝިޕުގެ ބައެއް ފަރާތްތައް : އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަށް ޕާޓީގެ ފަރާތުން ތަދައްހުލްވާން އެ ޑިމޮކްރެޓްސްގެ ކައުންސިލުން ނިންމައިފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ޕާޓީގެ ފަރާތުން ތަދައްހުލް ވުމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ އިންޓެރިމް ކައުންސިލުން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައިވަނީ މިއަދު ހަވީރު އެ ޕާޓީން ކުއްލި ގޮތަކަށް ބޭއްވި އިންޓެރިމް ކައުންސިލްގެ ބައްދަލުވުމުގަ އެވެ. "އަދަދު" އަށް މައުލޫމާތު ދެއްވި ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެގޮތަށް ނިންމަން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރި މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ކަމަށެވެ.

އެމްޑީޕީއިން ކޯޓަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ޑިމޮކްރެޓުންގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވަކި ވަކިން ތަދައްހުލުވުމަށް އެދިފަ އެވެ. ނަމަވެސް، އެ މެންބަރުންނަށް މައްސަލަ ތެރެއަށް ތަދައްހުލް ނުވެވޭނެ ކަން ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.

ސުޕްރީމް ކޯޓުން މިހާރު ވަނީ މި މައްސަލާގައި ފުރަތަމަ އަޑުއެހުން މާދަމާ ހެދުނު 10:00 އަށް ތާވަލުކޮށްފަ އެވެ. މިހާތަނަށް އެމްޑީޕީ އަދި މަޖިލިސް އިދާރާގެ އިތުރުން ޕީޕީއެމް/ޕީއެންސީން މައްސަލައަށް ތަދައްހުލު ވުމަށް އެދި ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ އެ ފުރުސަތު ދީފަ އެވެ.

އެމްޑީޕީއިން ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެ ޕާޓީގެ ރައީސްކަންވެސް ކުރިން ކުރެއްވި ނަޝީދު، މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް އެ ޕާޓީން ހުށަހެޅި ދެވަނަ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ އެވެ.

މައްސަލަ ތާވަލުކުރި ހަތަރު ދުވަހުވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލަސްކަންފުޅާ އުޅުއްވާތީ ސަލާމްބުނުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނެވެ. އެއަށްފަހު އީވާ ވަނީ ކޯޓުން މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް މަޖިލީހަށް އަންގަވާފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. މިދިޔަ ހަފުތާގައި ބާއްވަން މަސައްކަތްކުރި މަޖިލީހުގެ ޖަލްސާތައް ކެންސަލްކޮށްފައިވަނީ އެ ކަމަށް އެކަނި ރިއާޔަތްކުރުމަށްފަހު އެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންތަކެއް ކަނޑައަޅާފައި ބެހެއްޓުމަށް އޮވެ އެވެ.

އެމްޑީޕީން ދެކެނީ އެ މާއްދާގައި އެ ގޮތަށް ބަޔާން ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަތަކުގައި ވެސް އެ ގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ. އެމްޑީޕީން އެދިފައިވަނީ ވެސް މަޖިލީހުގެ ނިންމުންތަކަކީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިފާލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓު ހުށަހެޅިދާނެ ކަމާ މެދު އުފެދޭ ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ނިންމުމާ ދެކޮޅަށް ލަފާ ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox