އީވާގެ ބަލި ރަނގަޅެއް ނުވި، މިއަދުގެ ޖަލްސާ ވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް މިއަދަށް އެޖެންޑާކުރި ޖަލްސާ ވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅު ރަނގަޅު ނުވާ ކަމަށް ވިދާޅުވެ ސަލާމް ފޮނުއްވުމުން ކެންސަލްކޮށްފި އެވެ.

ނަޝީދުގެ މައްސަލަ އެޖެންޑާކުރި ފަހުން، ވިދިވިދިގެން އީވާ ސަލާމް ފޮނުއްވާތާ ދެ ވަނަ ހަފުތާ އެވެ.

ޖަލްސާ ކެންސަލް ކުރިކަން މަޖިލީހުގެ މެމްބަރުންނަށް މެސެޖަކުން އެންގީ ހެނދުނު 7:00 ހާއިރު އެވެ.

މަޖިލީހުގެ އިދާރާއިން ފޮނުވި އެ މެސެޖުގައި ބުނެފައި ވަނީ "މިއަދުގެ ޖަލްސާ އަށް މަޖިލީހުގެ ނައިބު ރައީސް ސަލާމް ފޮނުއްވާފައިވާތީ، އެ ޖަލްސާ ކެންސަލް ކުރެވުނު ވާހަކަ ދަންނަވަން،" ކަމަށެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ އޮކްޓޯބަރު 29 ވަނަ ދުވަހަށެވެ. އެ ދުވަހުން ފެށިގެން މައްސަލަ އެޖެންޑާކުރި އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައި ނުވަނީ އީވާ އަށް ޑެންގޫ ހުން ޖެހި، އާލާސްކަންފުޅު ރަނގަޅު ނުވާކަމަށް ވިދާޅުވެ، ސަލާމް ފޮނުއްވަމުން ގެންދަވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓިފައިވާއިރު، އީވާގެ އާލާސްކަފުޅު ރަނގަޅު ނުވެ ދިގުލައި ދަނީ ކީއްވެގެން ކަމެއް، އަދި ހޯދަމުން ގެންދާ ފަރުވާގެ އިތުރު މައުލޫމާތެއް އީވާގެ ފަރާތުން އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ހާމައެއް ނުކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން އަދަދު ނޫހުން އީވާއާ ސުވާލު ކުރުމުން، އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

އީވާ ޑޮކްޓަރަށް ދައްކައި ލޭގެ ޓެސްޓުތައް ހަދާފައިވަނީ އޮކްޓޯބަރު 23 ގަ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އީވާ މަޖިލީހަށް ވަޑައިގެން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވަމުން އޮކްޓޯބަރު 24 ވަނަ ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވި ކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށެވެ.

މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ސަބަބެއް ދައްކަވައިގެން އީވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވަނީ ނަޝީދު ވަކިކުރުން ދިގު ދެންމުމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ނަޝީދު ވަކިކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހު އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ފޮނުވާފައި އޮތަސް، ބަޖެޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ދިރާސާކުރުމުގެ މަސައްކަތް ނުފެށި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ހުއްޓިފައި އޮތުމުންނެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ނުބޭއްވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މާދަމާ ހެނދުނު 9:45 ގައި ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox