ނަސްރު ލިބޭނީ ދެން ކޮންއިރަކުން ބާވައެވެ؟

ނަސްރު ލިބޭނީ ދެން ކޮންއިރަކުން ބާވައެވެ؟

"މަގުމަގުމަތީގައި ކުޅެން ތިބޭ ކުޑަކުދިން ކައިރިން އަހަރެން ހިނގާފައި ދާއިރު ފެންނަނީ، އެ ކުދިން ވެސް ދެފައިގެ ދެމެދަށްވާ ގޮތަށް ދަނޑިބުރިބުރި ލައިގެން އެއީ އަހެއްކަމުގައި ހިޔާލުކޮށްގެން އެޔަށް ސަވާރު ވެގެން ޖިހާދުގެ މައިދާނުގައި ތިބިފަދައިން އުޅޭ ތަނެވެ. ފިހާރަ ފިހާރައިގެ ކަންމައްޗަށް ހުއްޓިލާއިރު، އެތަންތަނުގައި ތިބޭ އުމުރުން ދުވަސްވެފައިވާ މީހުންވެސް ސުވާލުކޮށް އުޅެނީ އަދިވެސް ޖިހާދުކުރުމުގެ ހުއްދަ ފަހެ މާތް ރަސްކަލާނގެ ނުދެއްވަނީތޯ އެވެ؟ ރޮށި ފިހާ ތަންތަނަށް ޒިޔާރަތްކޮށްލާއިރު އެތަންތަނުގައި ތިބޭ އަންހެންވެރިން ވެސް ސުވާލު ކުރަނީ، މުޖާހިދުންނަށް ރޮއްޓެއް ފިހެލައިދޭނެ ފުރުސަތު އަހަރެމެންނަށް ލިބޭނީ ކޮންއިރަކުން ހެއްޔެވެ؟"

މި އިބާރާތްތަކަކީ މަޝްހޫރު ކޮމާންޑަރު ސަލާހުއްދީނުލްއައްޔޫބީ ގުދުސް ފަތަހަކުރުމުގެ ހަނގުރާމަތައް ކުރުމުގެ ކުރިޔަށް އަރަބިކަރައިގެ ރަށްތަކުގެ ހާލަތު ސިފަކޮށް، އެ ދުވަސްވަރުގެ ފަނޑިޔާރުކަން ކުރެއްވި އަދި މަޝްހޫރު ތާރީހު އިލްމުވެރިޔާ އިބްނުޝައްދާދު އޭނާގެ ފޮތުގައި ސިފަކުރައްވާފައިވާ ގޮތެވެ.

ސަލާހުއްދީނުލްއައްޔޫބީއަކީ މީލާދީން 1138 ވަނަ އަހަރުން ފެށިގެން 1193 ވަނަ އަހަރު އަވަހާރަވެވަޑައިގަތުމާ ހަމައަށް އިސްލާމީ ދުނިޔޭގައި އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރެވެ. އުފަންވެވަޑައިގެންނެވިއިރު، އިސްލާމްދީނަށް ނިސަބްތްވާ މުސްލިމުން އިސްލާމީ މައި ޚިލާފަތުގެ އިތުރުން ވަކި ވަކި ދައުލަތްތައް ހަދަން ފަށައިފި އެވެ. އެގޮތުން މިސްރުގައި އޭރު އޮތް ފާތިމީ ދައުލަތަކީ އެފަދައިން މުސްލިމުންގެ މައި ޚަލީފާގެ ބާރުތަކުން މުސްތަގިއްލުވެގެން އޮތް ވަކި ދައުލަތެކެވެ.

ސަލާހުއްދީނުލްއައްޔޫބީއަކީ މިސްރުގައި އޮތް މިދެންނެވި ފާތިމީ ދައުލަތުގެ އެންމެ ފަހަށް އައި ވެރިޔާ ހަނގުރާމަވެރި ލަޝްކަރުތަކުގެ ކޮމާންޑަރުކަމަށް އިސްކުރެއްވި ސުންނީ މަޒުހަބަށް ނިސްބަތްވާ ވަރުގަދަ ފަހުލަވާނެވެ. އޭރު މިސްރުގައި އޮތީ ބޮޑަށް ޝިޔަޢީ މަޒުހަބުގެ ނުފޫޒެވެ. މިސްރުގައި ސުންނީ މަޒުހަބު ދިރުވައި، އާލާކުރުމުގައި ސަލާހުއްދީނުލްއައްޔޫބީ އޭނާގެ ވަޒީރުކަމާއި ކޮމާންޑަރުކަމުގައި ތަފާތު ބޮޑެތި މަސައްކަތްތައްކުރެއްވި އެވެ.

މުސްލިމުންގެ އާދަކާދަ ހިނގަމުން އައި ގޮތަކީ، ހުކުރު ޚުތުބާގައި އަބަދުވެސް މުސްލިމުންގެ ޚަލީފާއަށް ދުއާކުރުމުގެ ސަގާފަތެއް އުފެދިފައި އޮވެ އެވެ. ފާތިމީ ދައުލަތަކީ މުސްތަގިއްލު ދައުލަތަކަށްވާތީ، މިސްރުގައި ކިޔޭ ޚުތުބާގައި ދުއާ ކުރެވެނީ ފާތިމީ ދައުލަތުގެ ވެރިޔާއަށެވެ. މުސްލިމުންގެ މައި ޚަލީފާގެ ގޮތުގައި އޭރު އޮތް އައްބާސީ ޚިލާފަތުގެ ޚަލީފާއަކަށް ނޫނެވެ.

ފާތިމީ ދައުލަތުގެ އެންމެ ފަހަށްހުރި ދެންނެވުނު ވެރިޔާ އާސިދު އަވަހާރަވުމުގެ އާލާސްކަންފުޅާއެކު، ސަލާހުއްދީން ކުރެއްވިކަމަކީ، ޚުތުބާގައި ފާތިމީ ދައުލަތުގެ ވެރިޔާއަށް ކުރެވެމުން އައި ދުއާ ހުއްޓާފައި، މުސްލިމުންގެ މައި ޚަލީފާއަށް ހުތުބާގައި ދުއާކުރައްވަން ފެއްޓެވުމެވެ. ސަލާހުއްދީންގެ މި އަމަލުފުޅަށް އެތަކެއް އިމާމުން ތަބާވެ މިސްކިތް މިސްކިތުގައި މިގޮތަށް އަމަލުކުރެވޭން ފެށުމާއެކު ފާތިމީ ދައުލަތުގެ ނުފޫޒު އެކީއެކަށް ހުއްޓި ބާރުކެނޑެމުން ގޮސް، ވެރިޔާ އަވަހާރަވުމާއެކު ފާތިމީ ދައުލަތަށް ނިމުން އަޔެވެ. އެޔާއެކު މައި ޚަލީފާއަށް ތަބާވާ އައު ދައުލަތެއް އައްޔޫބީ ދައުލަތުގެ ނަމުގައި އުފެދިއްޖެ އެވެ. އާދޭހެވެ. އެ ދައުލަތުގެ ހަގީގީ ބާނީއަކީ ސަލާހުއްދީނުލްއައްޔޫބީއެވެ.

ހަމަ ކުއްލިއަކަށް ވީކަމެއް ނޫނެވެ. ސުންނީ މަޒުހަބުގެ ނުފޫޒު މިސްރުގައި ފެތުރުމަށް މާ އިހުއްސުރެ ކުރެވެމުން އައި ސަތޭކަ އަހަރުވާން ކައިރިވެފައި އޮތް ބޮޑު މަސައްކަތެއް އޭގެ ފަތަހައާ ހަމައަށް ވާސިލުވީ އެވެ. ހަމަ އެފަދައިން، ފާތިމީ ދައުލަތުގެ ފަހުގެ ޚަލީފާގެ ފަހަށް ވެރިކަން ކުރާން ތިބި މީހުންގެ މެދުގައި އުފެދުނު ބައިބައިވުމާއެކު އެކަމުގެ ތަންވަޅާއި ފުރުސަތު ފަހިވެގެންދިޔައީމެ އެވެ.

އެޔާއެކު މިސްރުގެ ދައުލަތަކީ ވަރުގަދަ ދައުލަތެއްކަމުގައި ސަލާހުއްދީން ހެއްދެވި އެވެ. އެތެރެއިން އުފެދުނު ގަޑުބަޑުތައް އިސާހިތަކު ހުއްޓުވައި ބަލިކުރެއްވި އެވެ. މިސްރާއި ޝާމްކަރައިގެ އަރަބީންގެ ގުޅުންތައް ވަރުގަދަކުރައްވައި، އަރަބީންނާއި އަރަބި ނޫން މީހުން ވެސް ހިމެނޭހެން ލަޝްކަރުތައް ހައްދަވައި، މުސްލިމުންގެ މުޤައްދަސް ބިންތައް އަލުން އަނބުރާ ހޯދުމުގެ ޖިހާދު ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުން ފުރިހަމަ އާރާއި ބާރުވެރިކަމުގައި ސަލީބީން ބަލިކޮށް ގުދުސް ފަތަހަކޮށް ބައިތުލްމަޤްދިސް އަލުން އަނބުރާ ހޯދި އެވެ.

އެ ނަސްރާއި ފަތަހައިގެ ކުރިން ސަލީބީން މުސްލިމުން އަތުން ބައިތުލްމަޤްދިސް 10 ވަނަ ގަރުނުގެ ތެރޭގައި ފޭރިގަތް އިރު ދިޔައީ މިހާރުގެ އިޒްރޭލު ޔަހޫދީންނެކޭ އެއްގޮތަށް ކުޑަކުދިންނާއި އަންހެނުން ހިތުހުރި ގޮތަކަށް ގަތުލުކުރަމުން މަދަނީންނަށް ހުރުމަތެއް ދިނުމެއް ނެތި ގަތުލު އާންމުތައް ހިންގަމުންނެވެ.

ދެން އަލްބަޤަރާ ސޫރަތުގެ 114 ވަނަ އާޔަތަށް ވިސްނާފިކުރު ހިންގަވާށެވެ! "ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުން ތަހައްމަލުކުރި ކަންކަން ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީ ހެއްޔެވެ؟ އެމީހުންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެމީހުންނަށް ގުޑުންއަރައިގެން ދިޔައެވެ. ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. ﷲ ގެ ނަސްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، ﷲ ގެ ނަސްރު ވަނީ ދާދި ގާތުގައެވެ."

ފަލަސްތީނު މައްސަލާގައި ރެޔާއި ދުވާލު ވިސްނާ ފިކުރު ހިންގައި ހިތާމަކޮށް ހަދާއިރު، ﷲ ގެ ނަސްރު އަންނާނީ ދެން ކޮން އިރަކުންބާވަ އެވެ. ސުވާލުކުރާ މީހާއަށް ބުނަމެވެ. ﷲގެ ނަސްރުވަނީ ދާދި ގާތުގަ އެވެ. އެކަމަކު ސަލާހުއްދީނުލްއައްޔޫބީ އަހަކަށް ސަވާރުވެގެން އޭ އެންމެހާ ޒުވާނުންނޭވެ! މަގޭ ފަހަތުން އަންނާށޭ ކިޔާފައި ގޮސް ކުއްލިއަކަށް ގުދުސް ފަތަހަކުރީއެއް ނޫނެވެ. ފަލަސްތީނު މައްސަލައަކީ މަޝްރޫއެކެވެ. މުޅި އުންމަތުގެ މަޝްރޫއެކެވެ. އެކަމަށް ހޭލުންތެރިކަން ބޭނުންވެ އެވެ. ތަރުބިއްޔަތު ބޭނުންވެ އެވެ. އަސްކަރީ ގޮތުން ތައްޔާރުވުން ބޭނުންވެ އެވެ. އެއެންމެހާ ކަމެއްގެ ކުރިޔަށް އަހަރެމެން މުސްލިމުން ލީޑްކުރާ ބޮޑެތި އިސްލާމީ ގައުމުތަކުގެ ވެރިން އެކަތިގަނޑަކަށް ހަދާނެ ސަލާހުއްދީނުލްއައްޔޫބީއެއް ބޭނުންވެ އެވެ.

އަންނޫރު ސޫރަތުގެ 55 ވަނަ އާޔަތުގައި އެވަނީ މާތް ﷲ ވައުދުވެވޮޑިގެންނެވި އެކަލާނގެ ވައުދުފުޅެވެ. "ތިޔަބައިމީހުންގެ ތެރެއިން އީމާންވެ، ސާލިހް އަމަލުތައްކޮށް އުޅުނު މީހުންނަށް، އެމީހުންގެ ކުރިން އުޅުނު މީހުން ބިމުގައި ބާރުވެރިކުރެއްވިފަދައިން، ހަމަކަށަވަރުން، އެމީހުން ބިމުގައި ވެރިކުރައްވާނެ ކަމަށާއި، އެމީހުންނަށްޓަކައި އެކަލާނގެ ރުއްސެވި އެމީހުންގެ ދީން ހަމަކަށަވަރުން، އެބައިމީހުންނަށްޓަކައި ހަމަޖައްސަވާނެ ކަމަށާއި، އެމީހުންގެ ބިރުވެރިކަން، ހަމަކަށަވަރުން، އަމާންކަމަކަށް ބަދަލުކުރައްވާނެކަމަށް، ﷲ ވައުދުކުރައްވާފައިވެއެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox