އިންޓަ ސްކޫލް ވޮލީ މުބާރާތް: 16 އަހަރުން ދަށުގެ ފިރިހެން ތަށި ކުނބުރުދޫއަށް، އަންހެން ތަށި ފ. އަތޮޅު މަދަރުސާއަށް

Nov 2, 2023, 4:35 PM
އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކުނބުރުދޫ ސްކޫލް - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކުނބުރުދޫ ސްކޫލް - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އދ. ކުނބުރުދޫ ސްކޫލުން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާ އިން ހޯދައިފި އެވެ.

އެންމެ ފޯރިގަދަ އަދި ވާދަވެރި އުމުރުފުރުގާ ގޮތުގައި މިފަހަރު ފެނުނު 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި ކުނބުރުދޫ ސްކޫލުން ނުކުތީ އދ. މާމިގިލީގެ އދ. އަތޮޅު މަދަރުސާއާ ދެކޮޅަށެވެ. މި މެޗު ކުނބުރުދޫ ސްކޫލުގެ ފިރިހެން ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ކުނބުރުދޫ ސްކޫލުން ގެންދިޔައީ 25-17، 25-20 އަދި 25-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ކުނބުރުދޫ ސްކޫލްގެ އަހުމަދު އައިހަމް މުހައްމަދު އެވެ.

މި ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް އައިހަމް ހިމެނެ އެވެ. ދެން ހިމެނޭ ކުޅުންތެރިންނަކީ ކުނބުރުދޫގެ މުހައްމަދު ރިފްއަތު، މުހައްމަދު އިކްރާމް އިސްމާއިލް ރަޝީދު، މުހައްމަދު އިޔާދު މުހައްމަދު އަޔާޒު، އދ. އަތޮޅު މަދަރުސާގެ ޝައިހާން ޝަހީން، އިބްރާހިމް ރާކިން ހަސަން އަދި ކެޔޮދޫ ސްކޫލްގެ އިބްރާހިމް ޔަނާލް މުހައްމަދު އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ކޯޗަކީ ކުނބުރުދޫ ސްކޫލްގެ އަހުމަދު ސުނާން އެވެ.

16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ނަމަވެސް އަންހެން ފައިނަލުގައި ކުނބުރުދޫ ސްކޫލް ވަނީ ބަލިވެފަ އެވެ. އެޓީމް ބަލިވީ ފ. އަތޮޅު މަދަރުސާ އަތުން ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-9، 25-21 އަދި 25-14 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ފ. އަތޮޅު މަދަރުސާގެ އީމާން އަލީ އެވެ.

އިންޓަ ސްކޫލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފ. އަތޮޅު މަދަރުސާގެ ޓިމް - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އިންޓަ ސްކޫލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފ. އަތޮޅު މަދަރުސާގެ ޓިމް - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިންޓަ ސްކޫލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފ. އަތޮޅު މަދަރުސާގެ ޓިމް - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މި އުމުރުފުރާގެ އަންހެން ޑްރީމް ޓީމްގައި ހިމެނެނީ ޗެމްޕިއަން ފ. އަތޮޅު މަދަރުސާގެ އީމާން އަލީ، ލީމް އަހުމަދު ލަތީފް، އައިޝަތު ޝިޔާ އަހުމަދުގެ އިތުރުން ކުނބުރުދޫގެ ފާތިމަތު ފައިހާ މުހައްމަދު، އާމިނަތު އާސިޔާ މުހައްމަދު އަދި ކެޔޮދޫ ސްކޫލްގެ އައިޝަތު ދީނާ ސަލީމް އާއި އާމިނަތު އާނީ މުހައްމަދު ނާޝިދު އެވެ. މިބައިގެ އެންމެ މޮޅު ކޯޗަކީ ފ. އަތޮޅު މަދަރުސާގެ އަލީ ޒާހިރު އެވެ.

ސްކޫލް މުބާރާތުގެ އެންމެ ފޯރިގަދަ އެއް ފައިނަލަކީ ތ. މަޑިފުށި ސްކޫލާއި ފ. އަތޮޅު މަދަރުސާ ވާދަކުރި 14 އަހަރުން ދަށުގެ އަންހެން ފައިނަލެވެ. މި ފައިނަލް މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ސެޓުން ކާމިޔާބުކުރީ ފ. އަތޮޅު މަދަރުސާ އެވެ. މެޗުގެ ސެޓުތައް ދިޔައީ 25-17، 25-15، 23-25 އަދި 25-23 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ފ. އަތޮޅު މަދަރުސާގެ ތުގާ ތޮލްހަތު އެވެ.

މި ބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ފ. އަތޮޅު މަދަރުސާގެ އައިޝަތު އީވާ އަބްދުﷲ، ތުގާ ތޮލްހަތު، އީޝާ އަލީ، ކެޔޮދޫ ސްކޫލްގެ އައިޝަތު އަޒްކާ މުހައްމަދު ނާޝިދުގެ އިތުރުން މާފުށީ ސްކޫލްގެ މަރިޔަމް ޔާނީ ޚަލީލް އާއި ތާޖުއްދީން ސްކޫލްގެ އައިރިޝް މޮންޓާޖެސް އެވެ. މިބައިގެ އެންމެ މޮޅު ކޯޗަކީ ފ. އަތޮޅު މަދަރުސާގެ އަލީ ޒާހިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox