ފ.އަތޮޅު މަދަރުސާ، ކެޔޮދޫ ސްކޫލް އަދި ކުނބުރުދޫ ސްކޫލްގެ ހުރިހާ ޓީމެއް ސެމީއަށް

Oct 30, 2023, 6:37 AM
އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ފ. އަތޮޅު މަދަރުސާ ކުޅުނު މެޗެއްގެ ތެރެއިން / ފޮޓޯ: އަދަދު

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ފ. އަތޮޅު މަދަރުސާ ކުޅުނު މެޗެއްގެ ތެރެއިން / ފޮޓޯ: އަދަދު

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި އަތޮޅުތަކުން ވާދަކުރަމުން އަންނަ ޓީމްތަކުގެ ތެރެއިން ފ. އަތޮޅު މަދަރުސާ، ވ. ކެޔޮދޫ ސްކޫލް، އަދި އދ. ކުނބުރުދޫ ސްކޫލްގެ ހުރިހާ ޓީމެއް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

19 ސްކޫލަކުން ވާދަކުރަމުން އަންނަ މި މުބާރާތުގައި ފ. ފީއަލީގެ ފ. އަތޮޅު މަދަރުސާގެ ހަތަރު ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. މިގޮތުން 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕްގެ އެއް ވަނަ ހޯދައި އެ ސްކޫލްގެ ޓީމް ވަނީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ ކެޔޮދޫ ސްކޫލެވެ. މި ބައިގެ ތިން ވަނަ ލިބުނީ މުހިއްދީން ސްކޫލަށެވެ.

14 އަހަރުން ދަށުގެ އަންހެން ބައިގައި ފ. އަތޮޅު މަދަރުސާއިން ވަނީ ގްރޫޕް ބީގެ އެއް ވަނަ ހޯދާފަ އެވެ. ސެމީ ފައިނަލުގައި އެޓީމާ ދެކޮޅަށް ނުކުންނާނީ ތާޖުއްދީން ސްކޫލެވެ. މި ބައިގެ އަނެއް ސެމީ ފައިނަލުގައި ތ. މަޑިފުށި ސްކޫލް ނުކުންނާނީ ކެޔޮދޫ ސްކޫލާ ދެކޮޅަށެވެ.

Advertisement

16 އަހަރުން ދަށުގެ ބައިގައި ފ. އަތޮޅު މަދަރުސާގެ ފިރިހެން ޓީމް ސެމީގެ ޖާގަ ހޯދީ ގްރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ. އެޓީމް ސެމީގައި ނުކުންނާނީ އދ. އަތޮޅު މަދަރުސާއާ ދެކޮޅަށެވެ. މިބައިގެ އަނެއް ސެމީ ފައިނަލުގައި ކުނބުރުދޫ ސްކޫލް ނުކުންނާނީ ކެޔޮދޫ ސްކޫލާ ދެކޮޅަށެވެ.

16 އަހަރުން ދަށުގެ އަންހެން ބަޔަށް ބަލާއިރު، ފ. އަތޮޅު މަދަރުސާ ވަނީ ގްރޫޕް އޭގެ އެއް ވަނަ ހޯދާފަ އެވެ. އެ ޓީމް ސެމީގައި ނުކުންނާނީ ކެޔޮދޫ ސްކޫލާ ދެކޮޅަށެވެ. މި ބައިގެ އަނެއް ސެމީ ފައިނަލްގައި ކުނބުރުދޫ ސްކޫލް ނުކުންނާނީ އިމާދުއްދީން ސްކޫލާ ދެކޮޅަށެވެ.

19 ސްކޫލަކުން 42 ޓީމް ވާދަކުރަމުން އަންނަ ސްކޫލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ހަވީރާއި، މިރޭ ކުޅޭނެ އެވެ. ފައިނަލް މެޗުތައް އޮންނާނީ މާދަމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox