ސްކޫލް ވޮލީބޯޅަ މުބާރާތުގައި އަތޮޅުތަކުގެ ސްކޫލްތަކަށް ވަރުގަދަ ފެށުމެއް

Oct 26, 2023, 6:22 AM
އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ކުޅުނު މެޗެއްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ކުޅުނު މެޗެއްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ އަތޮޅުތަކުގެ ސްކޫލްތަކުން ފުރަތަމަ ބުރުގައި ކުޅުނު ގިނަ މެޗުތައް ކާމިޔާބުކޮށްފި އެވެ.

42 ޓީމާއެކު ކުރިއަށްދާ ސްކޫލް ވޮލީބޯޅަ މުބާރާތުގައި މިފަހަރު މާލޭގެ 10 ސްކޫލަކާއި އަތޮޅުތަކުން ނުވަ ސްކޫލެއް އަންނަނީ ވާދަކުރަމުންނެވެ. ތިން އުމުރުފުރާއަކަށް ކުރިއަށްދާ މުބާރާތުގައި މިހާތަނަށް ވަނީ 42 މެޗެއް ކުޅެފަ އެވެ.

މާލޭ ކުޅިވަރު އެކުވެނީގެ އައުޓްޑޯ ވޮލީކޯޓުގައި ކުރިއަށްދާ މުބާރާތުގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަ ޓީމްތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ ފ. އަތޮޅު މަދަރުސާ އެވެ. އެޓީމުން ވަނީ 14 އަހަރުން ދަށުގެ އަންހެން، 14 އަހަރުން ދަށުގެ ފިރިހެން އަދި 16 އަހަރުން ދަށުގެ އަންހެން ބައިގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ.

16 އަހަރުން ދަށުގެ ފިރިހެން ބައިގައިވެސް ފ އަތޮޅު މަދަރުސާއިން އަންނަނީ ވާދަކުރަމުންނެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ވަނީ އދ. ކުނބުރުދޫ ސްކޫލް އަތުން ބަލިވެފަ އެވެ. ކުނބުރުދޫ ސްކޫލުން ވަނީ މި އުމުރުފުރާގައި އެޓީމް ކުޅުނު ފުރަތަމަ މެޗުގައި ކަލާފާނު ސްކޫލް އަތުންވެސް މޮޅުވެފަ އެވެ.

ކުނބުރުދޫ ސްކޫލްގެ އިތުރުން 16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި އ.ދ އަތޮޅު މަދަރުސާއިން ވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް އެ ޓީމުންވަނީ ކާމިޔާބުކޮށްފަ އެވެ. މި ބައިގައި ވ. އަތޮޅު ތައުލީމީ މަރުކަޒުން ވެސް އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

16 އަހަރުން ދަށުގެ އަންހެން ބައިގައިވެސް ކުނބުރުދޫ ސްކޫލް ފެންނަނީ ވަރުގަދަކޮށެވެ. އެޓީމުން ވަނީ ކ. އަތޮޅު ތައުލީމީ މަރުކަޒު އަތުންނާއި އދ. އަތޮޅު ތައުލީމީ މަރުކަޒު އަތުން މޮޅުވެފަ އެވެ.

މުބާރާތުގައި ވާދަކުރަމުން އަންނަ މާލޭގެ ސްކޫލްތަކަށް ބަލާއިރު، ތާޖުއްދީން ސްކޫލް، ހުރަވީ ސްކޫލް އަދި މުހިއްދީން ސްކޫލުންވެސް އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox