މަޖިލީސް 20; ޒުވާނުންގެ މަޖިލީހަކަށް ހެދުން!

ރައްޔިތުންގެ މަޖިލީހުގެ އިދާރާ -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ -- ފޮޓޯ: އަދަދު

ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގައި ގިނައީ ހަރު ބޭފުޅުންނެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު 'ހިދުމަތް' ކުރައްވާފައިވާ ބޭފުޅުންނެވެ. އެ ބޭފުޅުން މަޖިލީހަށް ހޮވުނުއިރު، މަޖިލީހަކީ ކީއްކުރާ ތަނެއްކަމާއި، ގާނޫނު އަސާސީ އަކީ ކޯއްޗެއްކަން އެނގޭ މީހުން ނިސްބަތުން މަދެވެ. އެ ބޭފުޅުންގެ ޅަދުވަހުގެ މަޖަލާއި، މެދުއުމުރުގެ ހަރުދަނާކަމާއި، ހަރު އުމުރުގެ ހިކުމަތްތެރިކަން ތަޖުރިބާ ކުރެއްވީވެސް މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެންނެވެ. ތަޖުރިބާއާއި ހިލްމަކީ އުމުރުގެ ސަބަބުން ނުވަތަ ގިނަ ދުވަހު އެއްކަމެއް ކުރުމުގެ ސަބަބުން ލިބޭ ކަމަކަށް ވީނަމަ ރާއްޖޭގައި އޮންނާނީ ހާދަހާ ފުރިހަމަ ގާނޫނީ ނިޒާމެކެވެ.

މި ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތާއެކު ދިވެހިން ޒަމާނީ ޑިމޮކްރެސީއަށް ލޯހުޅުވެން ފެށި އެވެ. އައު އެތައް މޫނަކަށް ސިޔާސީ މައިދާނުން މަރުހަބާ ކިޔައި، އައު ތަޖުރިބާތަކަށް ޖާގަ ހުޅުވާލި އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ސިޔާސީ މަސައްކަތުގައި ފެންނަނީ އެ މޫނުތަކެވެ. ކުރަނީ އެންމެ ފުރަތަމަ ދުވަހުވެސް ކުރި ކަންތަކެވެ. ދައްކަނީ ކުރިންވެސް ދެއްކި ވާހަކަތަކެވެ. އަޅުގަނޑުމެން އާންމު ރައްޔިތުންނަށް އެނގެނީ ރައްޔިތުން އުއްމީދުކުރި ނަތީޖާއެއް ނުފެންނަ ކަމެވެ.

މި ގާނޫނު އަސާސީއަށް 15 އަހަރު ވެގެން ދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބު ބޭއްވިއްޖެ އެވެ. އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް މަޖިލީހުން ފުރުސަތު ލިބެނީ މަދުންނެވެ. ހުރިހާ ދާއިރާއަކުންވެސް އާންމުގޮތެއްގައި އިންތިހާބުވެގެން އަންނަނީ، އެ ދާއިރާއެއްގައި މާ ކުރިއްސުރެ މޫލައި ފެތުރިފައި އޮތް ވިސްނުމުގެ ތެރެއިން އަންނަ މީހާ އެވެ. ފަހުގެ ޖީލުތަކާ ބީރައްޓެހި ނަމަވެސް ހަރު މީހުންގެ ނަސޭހަތަށް ޒުވާނުންގެ ވޯޓުވެސް ދެނީ އެއްކަލަ މީހާއަށެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. ކާފަ ބަލިވީ ދުވަހު އާސަންދަ ހަމަޖައްސައިދިނީ އޭނާ އެވެ. އިންޑިއާއަށް ފޮނުވަން ޖެހުނު ފަހަރު 200 ޑޮލަރު ދިނެވެ. ގޭގެ ވަށާފާރު ރޭނި އިރު ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ތަކެތި ދިނީ އޭނާގެ ފިހާރައިންނެވެ. މުޅި އާއިލާ ދިރިއުޅެނީ އޭނާގެ ހެވަތުގައި ކަމަށްވާތީ އޭނާ އެދުނު ކަންތައް އޭނާއަށް ކޮށްލަދޭން ޖެހެނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރަންޖެހޭ މަސައްކަތަކީ ކޮބައިކަން ރައްޔިތުންނަށް އޮންނަނީ އޮޅުވާލައިފަ އެވެ. ރައްޔިތުންގެ ހުންނަ މާލީ މުހުތާދުތައް ފިލުވައި ދިނުމުގައި ހަރަދުތަކެއް ކޮށްފައި އޮތްނަމަ ވޯޓު ހައްގުވީ ކަމުގައި ދެކުމަކީ މިވަގުތުގެ މަގުބޫލު ރައުޔެވެ. ރައްޔިތުންގެ މަޖިލީހަށް ދުވަހަކު ހާޒިރުނުވާ މެމްބަރުންވެސް ބޮޑު ތާއިދަކުން އަނެއް ދައުރަށް އިންތިހާބު ވަނީ އެ ވިސްނުމުގެ ސަބަބުންނެވެ.

ތެދެކެވެ. ދާއިރާގެ މެމްބަރު ރައްޔިތުންގެ ހާލު ބަލަންޖެހޭނެ އެވެ. ޖުމުލަ ގޮތެއްގައި އެންމެނަށް ފައިދާވާނޭ ނިޒާމުތައް އެކަށައެޅުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަންވާނެ އެވެ. ދާއިރާގެ ރައްޔިތުންނާ ގުޅުން އޮންނަންޖެހޭނެ އެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ ދާއިރާގެ ހުރިހާ ރައްޔިތުންގެ ބެލެނެވެރިޔާއެއް ނޫނެވެ.

މަޖިލިސް މެމްބަރެއްގެ ވަޒީފާއާމެދު މި އޮންނަ ކުރަކި، އަދި ދެކޮޅު ނުޖެހޭ ވިސްނުން ނައްތާލެވޭނީ އެ ސިޔާސީ މުއައްސަސާ މިހާރުގެ ޖީލުތަކުގެ އަތްމައްޗަށް ފުރިހަމައަށް އަރުވައިގެންނެވެ. މިހާރުގެ ޒުވާނުންނޭ ދެންނެވީމާ އޮޅުވައި ނުލައްވާށެވެ. ހަމައެކަނި އުމުރު ޒުވާންވުމުން މަޖިލީހަށް އައުމަށް ޝަރުތު ފުރިހަމަވާކަމަށް އަޅުގަނޑު ވަކާލާތުކުރަނީކީ ނޫނެވެ. އަޅުގަނޑު މި ދަންނަވާ ޒުވާނާއަކީ ތައުލީމީ މީހެކެވެ. އުމުރުގެ ޒުވާންކަމާއެކުވެސް ހަރު ވިސްނުން ހުރި ހަރުދަނާ މީހެކެވެ. ހުތުރެއްގައި ނުބެދި ހުރި ފަސްބައި ސާފު އަބުރުވެރި މީހެކެވެ. އެ ވިދާޅުވާ ސިޔާސީ ތަޖުރިބާ މަދަސް ގައުމަށް ހެޔޮގޮތް ހޯދައިދިނުމުގެ ވިސްނުމާއި ޖޯޝު ހުރި މީހެކެވެ.

ރައްޔިތުންގެ މަޖިލީހަށް މި ދެންނެވި ކަހަލަ އެންމެ ޒުވާނަކު ނުވަތަ ދެ ޒުވާނަކު އިންތިހާބުވެގެން އަޅުގަނޑުމެން ބަދަލެއް ނުފެންނާނެ އެވެ. ސިޔާސަތުތަކާއި މަސައްކަތުގެ ވައްޓަފާޅީގެ ބަދަލެއް އަންނާނީ އެއް ވިސްނުމެއްގެ ގިނަ ބަޔަކު އެކުވުމުންނެވެ. ސިޔާސަތުގައި ހުރި ތަފާތުކަމާއެކުވެސް ކުރިއަށް ދާން އެ ޒުވާނުން ދަންނާނެ އެވެ. ރާއްޖޭގެ އާބާދީގެ މައިގަނޑު ހިއްސާކުރަނީ ޒުވާނުން ކަމަށްވާއިރު، ޒުވާނުން އެކުލެވޭ މަޖިލީހަކުން ނޫން ގޮތަކަށް މި ޖީލުތައް ތަމްސީލެއް ނުކުރެވޭނެ އެވެ.

އަޅުގަނޑުގެ ބޭނުމަކީ މައުލޫއެއް ހުޅުވާލުމެވެ. މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހަރުދަނާ ޒުވާނުން އިންތިހާބުކޮށް، މަޖިލީހުގެ އަގުލަބިއްޔަތު ޒުވާނުންނަށް ދިނުން ކިހިނެއް ވާނެ ހެއްޔެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox