އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން ސަރަހައްދީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ހާސިލްކޮށްފި އެވެ.
އޮކްޓޫބަރު 26، ގައި ބޭއްވި އިފްސާ އެވޯޑު ހަފުލާގައި އަޔާދީ ތަކާފުލްއިން ވަނީ "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ" ކެޓަގަރީއިން ގޯލްޑް އެވޯޑް، ހާސިލުކޮށްފަ އެވެ. މިއީ އަޔާދީ ތަކާފުލްއިން މި އެވޯޑެ ވިދިވިދިގެން ހާސިލުކުރި ފަސް ވަނަ ފަހަރެވެ.
އިފްސާ އެވޯޑު ސީރީޒްގައި އަޔާދީ ތަކާފުލްއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ އެވޯޑު ހާސިލުކޮށްފަ އެވެ. އޭގެ ތެރޭގައި:
- 2017 ވަނަ އަހަރު "ހައްޖު އަދި އުމްރާ ތަކާފުލް" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" އެވޯޑް.
- 2021 ވަނަ އަހަރު "އަހަރެންގެ ހިޔާ" އަށް ލިބިފައިވާ "އިނޮވޭޓިވް ޕްރޮޑަކްޓް އޮފް ދަ އިޔާ" ސިލްވާ އެވޯޑް.
- 2018، 2019، 2020، 2021 އަދި 2022 ވަނަ އަހަރު "ތަކާފުލް ވިންޑޯ ނުވަތަ ޔުނިޓް އޮފް ދަ އިޔާ" އިން ލިބިފައިވާ ގޯލްޑް އެވޯޑް.
ސްރީ ލަންކާގެ އެޑިއު ކޮންސަލްޓުން އިންތިޒާމް ކުރާ އިފްސާ އެވޯޑް ހަފުލާއަކީ ސައުތު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދާއިރާ ފުޅާކޮށް، ހިދުމަތްދިނުމުގައި މުޖްތަމައުއަށް ފައިދާ ކުރުވަނިވި އީޖާދީ ވިސްނުން ތައާރަފުކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އަހަރީ އެވޯޑެކެވެ.










