މިފަހަރު ވެސް ފައިނަލުގައި ޝައްފާން އާއި މުންސިފް

Oct 31, 2023, 11:29 AM
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޝައްފާން އާއި މުންސިފް ވާދަކުރަނީ - ފޮޓޯ: އެމްއޯސީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޝައްފާން އާއި މުންސިފް ވާދަކުރަނީ - ފޮޓޯ: އެމްއޯސީ

61 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން މުހައްމަދު ޝައްފާން އިސްމާއިލް އާއި ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ގައުމީ ޓީޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޝައްފާން މިފަހަރު ފައިނަލުން ޖާގަ ހޯދީ ސެމި ފައިނަލްގައި ޒުވާން ތަރި ޒީކް ހަސަން ލަތީފް ބަލިކޮށްގެންނެވެ. މުންސިފް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ތާބިން ސުޖާއު ބަލިކޮށްގެންނެވެ.

މިދިޔަ އަހަރުގެ ގައުމީ ފައިނަލުގައި ވާދަކުރީވެސް ޝައްފާން އާއި މުންސިފް އެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު ޝައްފާނަށް ލިބުނީ މެޗުގެ ތެރެއިން އަނިޔާވެ މުންސިފް މެޗު ދޫކޮށްލުމުންނެވެ. މުންސިފް މެޗު ދޫކޮށްލިއިރު ކުރީގައި އޮތީވެސް ޝައްފާން އެވެ.

މި ދެ ކުޅުންތެރިން ވަނީ ދާދި ފަހުން ނިމުނު އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ފައިނަލުގައިވެސް ވާދަކޮށްފަ އެވެ. މި މެޗު ޝައްފާން ކާމިޔާބުކުރީ މުންސިފް ދެ ސެޓު ހޯދާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ސެޓު ހޯދައިގެންނެވެ.

ގައުމީ ޓީޓީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން ޖާގަ ހޯދީ ފާތިމަތު ދީމާ އަލީ އާއި ފާތިމަތު ޖުމާނާ ނިމާލް އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ދީމާ ފައިނަލުން ޖާގަ ހޯދީ ފައިނަލުގައި މަލާކު ބިންތި މުއިއްޒު ބަލިކުރުމަށް ފަހު އެވެ. ޖުމާނާ ވަނީ ސެމީ ފައިނަލުގައި އުއްމީދީ ތަރި މިޝްކާ މުހައްމަދު އިބްރާހިމް ބަލިކޮށްފަ އެވެ.

ދިމާއާ ދެކޮޅަށް މިދިޔަ ތިން އަހަރު ވެސް ފައިނަލުގައި ވާދަކުރީ އައިޝަތު ރަފާ ނާޒިމް މިފަހަރު މުބާރާތުގައި ނުކުޅެ އެވެ. މަތީ ތައުލީމް ހާސިލްކުރުމަށް ރަފާ ހުރީ އިނގިރޭސި ވިލާތުގަ އެވެ.

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ފައިނަލް މެޗުތަކާއި އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox