އެޖެންޑާ ބަދަލުކޮށް، ނަޝީދުގެ މައްސަލަ ހިމަނަން އެދި އެމްޑީޕީން ސިޓީއެއް ފޮނުވައިފި

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން؛ އެޖެންޑާ ބަދަލުކޮށްދޭން އެދި ސިޓީއެއް ފޮނުވައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން؛ އެޖެންޑާ ބަދަލުކޮށްދޭން އެދި ސިޓީއެއް ފޮނުވައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުންގެ މަޖިލީހުގައި މާދަމާ ބާއްވަން ތާވަލުކުރި ޖަލްސާގެ އެެޖެންޑާ އިސްލާހުކޮށް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ހިމަނަން އެދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވައިފި އެވެ.

މަޖިލީހުގެ އާމީންއާންމު ފާތިމަތު ނިޔުޝާއަށް އެޑްރެސްކުރައްވައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮޔާއެކު ފޮނުއްވާފައިވާ ސިޓީގައި ވަނީ މަޖިލީހުގެ ގަވާއިދު ބާރުއަޅަނީ މަޖިލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ހަމަވުމަށް ފަހު ދެން އެ މައްސަލަ ގެންދިޔުމަށެވެ.

ނަމަވެސް މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް އެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ނެތުމުން، އެޖެންޑާގައި ނުހިމެނި ސަބަބު ސާފުކޮށްދޭން ވެސް ސިޓީގައި އެދިފައިވެ އެވެ.

Advertisement

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި މާދަމާ ބާއްވާ ޖަލްސާއަށް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާނުކުރީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، މާދަމާއަށް ވެސް މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެންނެވޭ ކަން އަންގާފައިވާތީ އެވެ.

މާދަމާގެ ޖަލްސާގައި އޮތީ ދެ ކަމެކެވެ. އެއީ, މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ. ބުދަ ދުވަހުގެ އެޖެންޑާ ވެސް ކުރިއާލާ އާންމުކޮށް، އެ ދުވަހުގެ އެޖެންޑާގައި ހަމައެކަނި ނަޝީދުގެ މައްސަލަ ހިމަނާފައިވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ އިއްޔެއާއި މިއަދު ވެސް އެޖެންޑާކުރި އެވެ. ނަމަވެސް އީވާ މަޖިލީހަށް ސަލާން ދަންނަވާފައިވާތީ މި ދެ ދުވަހު ޖަލްސާ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅި ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހުގައި މަޖިލީހަށް ހުށަހެޅިފައިވާ އެއްވެސް ކަމެއްގެ ބަހުސް އަދި އެއްވެސް ކަމެއްގައި ގޮތެއް ނިންމޭނީ އިތުބާރުގެ މައްސަލައަށް ފަހު ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އޭގެ އިތުރަށް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައެއް ނެތެވެ.

މަޖިލީހުގެ އިދާރާއިން ދެކެނީ ގަވާއިދު އެ ގޮތަށް އޮތުމުން، މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ނުބެލެއްޓެވޭނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަކަށް ނުގެންދެވޭނެ އެވެ.

ނަމަވެސް އެމްޑީޕީން ދެކެނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެ ޕާޓީން ހަވާލާދެނީ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ. އެ މާއްދާގައިވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންތަކެއް ކަނޑައަޅާފައި ބެހެއްޓުމަށެވެ.

ނަޝީދުގެ މައްސަލަ ބާއްވާފައި، ބަޖެޓު ހުށަހެޅުން ކުރިއަށް ގެންދާ ޖަލްސާއަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ ފަރާތުން އެއްބާރުލުން ނުދެއްވާނެ ކަމަށް ވެސް އަސްލަމް މިއަދު ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެ ހިނގާ އަހަރުގެ ނޮވެމްބަރު 1، ގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައިވެ އެވެ. މާދަމާއަކީ އޮކްޓޯބަރު މަހުގެ ފަހު ދުވަހެވެ.

އެމްޑީޕީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅިފަ އެވެ. އެމްޑީޕީން އެދެނީ މަޖިލީހުގެ ގަވާއިދު މާނަކޮށްދީ، ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދިޔަ ނިންމުންތަކަކީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox