ބެލިންހަމްގެ ދެ ގޯލުން ރެއާލް އިން ފަހަތުން އަރާ ބާސެލޯނާ ބަލިކޮށްފި

Oct 28, 2023, 4:57 PM
ބެލިންހަމްގެ ދެ ގޯލުން ރެއާލް އިން ފަހަތުން އަރާ ބާސެލޯނާ ބަލިކޮށްފި

ބާސެލޯނާ (އޮކްޓޯބަރު) - ބެލިންހަމްގެ ދެ ގޯލާއިއެކު ރެއާލް މެޑްރިޑުން ފަހަތުން އަރާ 1-2 އިން ބާސެލޯނާ ބަލިކޮށް ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

ލަލީގާގެ އެންމެ ފޯރިގަދަ މެޗުގެ ގޮތުގައި ފާހަގަކުރެވޭ "އެލް ކްލަސިކޯ" އަށް ނުކުތްއިރު ބާސެލޯނާ އޮތީ ލީގުގެ ދެވަނައިގަ އެވެ. މި މެޗުން މޮޅުވެ އެޓީމު ވަނީ 28 ޕޮއިންޓް ހޯދާފަ އެވެ. ހަމަ 28 ޕޮއިންޓް ހޯދައިގެން ޖިރޯނާ އަށް ދެވަނަ ލިބެނީ ފައިދާ ގޯލު މަދުވުމުންނެވެ. ބާސެލޯނާ އޮތީ 24 ޕޮއިންޓާއެކު ތިންވަނައިގަ އެވެ.

ސްޕެއިން ލީގުގެ އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުން ބާސެލޯނާއިން ފެށީ ގޯލަކުންނެވެ. މި ގޯލު ޖަހައިދިނީ އިލްކާއީ ގުންޑޮގާން އެވެ.

ގުންޑޮގާންގެ ގޯލަށްފަހު ބާސެލޯނާއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ޒުވާން މިޑްފިލްޑަރު ފާމިން ލޮޕޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑަށް ބާސެލޯނާގެ ގޯލަށް އަމާޒުކޮށް އޮން ޓާގެޓް ހަމަލާއެއް ފޮނުވާނުލެވެ އެވެ. މިއީ ސްޕެނިޝް ލަލީގާގައި އޭޕްރީލް، 2010، ގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް ކުޅެ، 2-0 އިން ބަލިވި މެޗަށްފަހު، ފުރަތަމަ ހާފުގައި ރެއާލްއަށް އޮން ޓާގެޓް ހަމަލާއެއް ފޮނުވާ ނުލެވުނު ފުރަތަމަ ފަހަރެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކުރަން ބާސެލޯނާއަށް އިތުރު ފުރުސަތެއް ލިބުނެވެ. ކޯނަރަކުން ލިބުނު ފުރުސަތެއްގައި އިނީހޯ މާޓިނޭޒް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތްއިރު، ދެވަނަ ފަހަރަށް ރޮނާލްޑް އަރައުހޯ ފޮނުވާލި ހަމަލާ ކީޕަރު ކެޕަ އަރިޒަބަލަގާވަނީ ދިފާއުކޮށްފަ އެވެ.

ރެއާލް މެޑްރިޑުގެ ކުޅުން ރަނގަޅުވީ ފާލަންޑް މެންޑީ އާއި ޓޮނީ ކްރޫސްގެ ބަދަލުގައި އެޑުއާޑޯ ކަވަމިންގާ އާއި ލުކަ މޮޑްރިޗް ކުޅެން އެރި ހިސާބުންނެވެ. މިއީ މޮޑްރިޗް ރެއާލް އަށް ކުޅެދިން 500 ވަނަ މެޗެވެ.

މެޗުގެ 67 ވަނަ މިނެޓާ ހަމައަށް ރެއާލްއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އޯރަލިއެން ޗުއަމޭނީ އެވެ. ގާތްގަނޑަކަށް 30 ޔާޑު ދުރުން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު މާކް އަންދްރޭ ޓަ ސްޓެގަން އެވެ.

އޭގެ މިނެޓެއް ފަހުން ރެއާލް މެޑްރިޑުން ގޯލު ޖަހައި އެއްވަރުކުރި އެވެ. މިފަހަރު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމާލާއެއް ގޯލުގެ މަތީ ކަނަށް ވައްދާލައި ރެއާލްއަށް ހިތްހަމަޖެހުން ގެނެސްދިނީ ޖޫޑް ބެލިންހަމް އެވެ. މި ގޯލާއެކު ބެލިންހަމް ވެފައިވަނީ ރެއާލް މެޑްރިޑަށް ލަލީގާގެ ފުރަތަމަ މެޗާއި، ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު އަދި އެލް ކްލަސިކޯގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ބެލިންހަމް ވަނީ ލަލީގާގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި އެތުލެޓިކް ބިލްބާއޯ ކޮޅަށް ގޯލު ޖަހައިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ޔޫނިއަން ބާލިން ކޮޅަށް ވެސް އޭނާ ގޯލު ޖެހި އެވެ.

ބާސެލޯނާއިން ލީޑު އަނބުރާ ހޯދަން މެޗުގެ ފަހުކޮޅު ބަދަލުތަކެއް ވެސް ގެނަ އެވެ. މިގޮތުން ކޯޗު ޒަވީ ވަނީ ޒުވާން ތަރި ލަމީން ޔަމާލްއަށް މެޗުގެ ފަހު 13 މިނެޓުގައި ފުރުސަތު ދީފަ އެވެ. އުމުރުން 16 އަހަރުގެ ޔަމާލް ކުޅެން އެރުމާއެކު އޭނާވެފައިވަނީ އެލް ކްލަސިކޯގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިއާއަށެވެ.

ރެއާލް މެޑްރިޑް މެޗުން މޮޅުވި ގޯލު ބެލިންހަމް ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގަ އެވެ. އެ ގޯލާއިއެކު ބެލިންހަމް މި ސީޒަންގައި ލަލީގާގައި ޖެހި ގޯލުގެ އަދަދު ވަނީ 10 އަށް އަރާފަ އެވެ.

ލަލީގައި ރެއާލް މެޑްރިޑަށް ދެން އޮންނާނީ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯއާ ދެކޮޅަށް ކުޅޭ މެޗެވެ. ބާސެލޯނާއަށް އޮތީ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox