މާއިދާ ސޫރަތަށް ވިސްނަމުން ފަލަސްތީނު މައްސަލައަށް ކަޅިއެއް

ފޮޓޯ: އަހުމަދު އަބޫ ހަމީދާ

ފޮޓޯ: އަހުމަދު އަބޫ ހަމީދާ

މިމައުލޫގައި އެއްޗެއް ދަންނަވާލުމަށްޓަކައި، އަޅުގަނޑު މިއަދު ދައުވަތު ދެނީ އަލްމާއިދާ ސޫރަތް ތަދައްބުރުގެ ނަޒަރަކުން ކިޔަވާވިދާޅުވުމަށެވެ. ޤުރުއާނަކީ ހަމަޔަޤީނުން މާތް ﷲ ގެ ހަޒުރަތުން ބާވާލެއްވި ބަދަލުނުވާނެ ދެގޮތެއް ނުވާނެ ކީރިތިވެގެންވާ ވަޙީކަމާއި، އެޤުރުއާނުގެ މުޢުޖިޒާތް އަބަދާއި އަބަދު ފާޅުވަމުންދާ މަންޒަރު ދުނިޔެއިން ފެންނަކަން އަމިއްލަ ދުލާއި ލޮލާއި ސިކުނޑިން ދެނަގަތުމަށްޓަކައި ދެވޭ ދައުވަތެކެވެ. މާއިދާ ސޫރަތުގެ ބައެއް އުސްއަލިތައް މިލިޔުމުގައި އަޅުގަނޑު ގެނެސްދޭނަމެވެ.

މާއިދާ ސޫރަތް ފެއްޓެވުމުގައި، އީމާންވެއްޖެ މީސްތަކުންނާ މުހާތަބުކުރައްވައި، އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެގްރިމެންޓްތަކަށް ވަފާތެރިވާށޭ އެންގެވި ހިކުމަތާ ގުޅިގެން ވަރަށް ގިނަ ތަފްސީރު އިލްމުވެރިން ވިދާޅުވަނީ އެއާޔަތުން އިޝާރާތްކުރަނީ އޭގެ ކުރިން އަންނިސާއު ސޫރަތުގައި އައިސްފައިވާ ގިނަ ގުނަ މަދަނީ މުއާމަލާތްތަކަށް ކަމަށެވެ. އާދޭހެވެ! އެއީވެސް އެއާޔަތުގެ ތަފްސީރުގައި ފާހަގަކުރެވޭ ކަމެކެވެ. އެކަމަކު އެހެން އެކަންވީނަމަ، އަންނިސާއު ސޫރަތުގެ އެންމެ ފަހު އާޔަތެއް ކަމުގައި އެއާޔަތް ނުވެ، އަލްމާއިދާ ސޫރަތުގެ ފުރަތަމަ އާޔަތްކަމުގައި އެއާޔަތް ވެފައި އޮތުމުގެ ހިކުމަތާމެދު ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ.

އާދޭހެވެ! މާއިދާ ސޫރަތުގައި ބަޔާންވެގެންވާ ޔަހޫދީންގެ ތަބީއަތެއްކަމުގައިވާ އަހުދަށް ވަފާތެރިނުވުމުގެ ސިފައާއެކު، މާއިދާ ސޫރަތުގެ އާޔަތްތަކުގައި ޔަހޫދީންގެ އަމަލުތަކުގެ ވާހަކަ އައިސްފައިވާ ގޮތަށް ބަލާއިރު، ސޫރަތް ފެށުމުގައި މުއުމިން އަޅުތަކުންނަށް އަހުދުތަކަށް ވަފާތެރިވާން އެންގެވީ ކީއްވެކަން ސާފެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޔަހޫދީންގެ ތެރެއިން އަނިޔާވެރި ފާސިދުން އެހައި ނުބައި ބަޔަކަށްވެފައި، އެބައިމީހުންނަށް ލެއްވުނު ކޯފާތަކުގެ އަސްލު ސަބަބު ގޮސް ހުއްޓެނީ އަހުދެއްވެއްޖެނަމަ އެބައިމީހުން އެއަހުދަކަށް ވާ ހިޔާނާތުގެ މައްޗަށްކަމަށްވާހިނދު، އަދި އެކަމަށް ޤުރުއާނާއި ތާރީހުން ދަލީލު ލިބޭ ހިނދު، އަހުދަށް ވަފާތެރިވުމަކީ މުއުމިނުންގައި ހުންނަންވީ ކިހާ މުހިންމު ސިފައެއްކަން ބަޔާންކޮށްދެއްވުމުގެ ހިކުމަތް އަޅުގަނޑު ހިތުން އެއާޔަތާމެދު ވިސްނައިގަތީމާ ދެނެގަނެވެއެވެ.

އަލްމާއިދާ ސޫރަތުގެ 13 ވަނަ އާޔަތުގައި، "ދެން އެމީހުންގެ އަހުދުނާމާ އެމީހުން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެމީހުންނަށް ލައުނަތް ލެއްވީމެވެ. އަދި އެމީހުންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެމީހުން ކަލިމަފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދައެވެ. އަދި އެމީހުންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން އެއްބައި އެމީހުން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދު މީހެއްގެ ކިބައިން މެނުވީ، އެމީހުންގެ ތެރެއިން ހިޔާނާތްތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެއެވެ". ނިކަން ވިސްނަވާށެވެ! އެ އަންގަވަނީއެވެ. "އަބަދުވެސް ފެނިވަޑައިގަންނަވާނެއެވެ." އާޔަތުގައި އޮތް ހިޔާނާތުގެ ތަފުސީލަކީ ކޮބައިކަން އާޔަތުން އެބަ ފެނެއެވެ. އަހުދުނާމާތައް އުވާލުމާއި، ތައުރާތުގެ ކަލިމަފުޅުތައް ބަދަލުކުރުމާއި، ހަނދާންކޮށްދިނަސް ހަނދާން ނައްތާލުމެވެ. އަބަދުވެސް ފެންނަމުންދާ މިހަގީގަތުގައި، އަލިފުދާލު އުފެދުނީއްސުރެ ހުރިހާ ދައުލަތަކުން އެއްބައިވެ ހެދި އަހުދުނާމާތަކާއި، ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާމެދު އެބައިމީހުން އަމަލުކުރަމުން އެދަނީ ހަމަ އެއާޔަތުގައި ސިފަކޮށްފައިވާ ފަދައިން ނޫންތޯއެވެ؟

ޔަހޫދީންނާއި ނަސޯރާއިން އެބައިމީހުންނަކީ ﷲ ގެ ދަރިންކަމަށާއި، ﷲ ލޯބިވެވޮޑިގެންވާ މީހުންކަމުގައި ބުނާ ބުނުމުގެ ވާހަކަ މާއިދާ ސޫރަތުގެ 18 ވަނަ އާޔަތުގައި ބަޔާންކުރައްވައެވެ. މިހާރުވެސް އެމީހުން ބުނަނީ އެހެންނެވެ. އެއާޔަތުގައި އަންގަވައެވެ. "...ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ އަޒާބުދެއްވަނީ ކީއްވެގެންހެއްޔެވެ؟"

އޭގެ ފަހަތަށްހުރި އާޔަތްތަކުގައި، މުޤައްދަސްވެގެންވާ ބިމަށް ވަނުމަށް މޫސާގެފާނު ޔަހޫދީންނަށް އެންގެވުމުން އެކަމުން އެމީހުން މަނާވެގަތް ވާހަކައާއި، އަދި އެކަމާ ގުޅިގެން އެބައިމީހުންނަށް ލެއްވުނު ކޯފާގެ ވާހަކަ ބަޔާންކުރެއްވުމަށްފަހު، އައު ޗެޕްޓަރެއް ފަދައިން، ސޫރަތުގެ 27 ވަނަ އާޔަތް ފެށިގެން އަންނައިރު، މާތް ﷲ އަންގަވަނީ އާދަމުގެފާނުގެ ދެދަރިންގެ ވާހަކަ އެބައިމީހުންނަށް ކިޔައިދެއްވުމަށެވެ. އެއަށްފަހު އާދަމުގެފާނުގެ ދެދަރިންގެ ދެމެދުގައި ހިނގާދިޔަ ގަތުލުގެ ހާދިސާ ބަޔާންކުރައްވާފައިވެއެވެ. 27 ވަނަ އާޔަތުގެ ތަފްސީރުގައި އިލްމުވެރިން ވިދާޅުވަނީ، އެއާޔަތުގައި މާތް ނަބިއްޔާއާ މުހާތަބުކުރައްވައި، އާދަމުގެފާނުގެ ދެދަރިންގެ ވާހަކަ އެބަޔަކަށް ކިޔައިދިނުމަށް އަމުރުކުރައްވާފައިވަނީ، އެއީ ޔަހޫދީންނަށް ކިޔައިދެއްވުމަށެވެ. އެއަށްފަހު އާދަމުގެފާނުގެ ދެދަރިންގެ ވާހަކަ ބަޔާންކުރެއްވުމަށްފަހު، 32 ވަނަ އާޔަތުގައި އެބަ ބަޔާންކުރައްވައެވެ. "އެހެންވެގެން، އިސްރާއީލުގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. މީހަކު މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، މީހަކު މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި މީހަކު މަރުން ސަލާމަތްކޮށްފި މީހާ އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، ބަޔާންވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ ރަސޫލުން އެމީހުންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެމީހުންގެ ތެރެއިން ގިނަމީހުންނީ ބިމުގައި ހައްދުފަހަނައަޅާ މީހުންކަން ކަށަވަރެވެ."

އޭގެ އިތުރުން، 27 ވަނަ އާޔަތުގައި މާތް ނަބިއްޔާއާ މުހާތަބުކުރައްވައި، އާދަމުގެފާނުގެ ދެދަރިންގެ ވާހަކަ ޔަހޫދީންނަށް ކިޔައިދެއްވުމަށް އައި އަމުރުފުޅާއި، އަދި 32 ވަނަ އާޔަތް ފެށުމުގައި "އެހެންވެގެން" މިގޮތަށް އައިސްފައިވާ ސަބަބު، ފަލަސްތީނު މައްސަލައިން ވަރަށް ހާމަކަންބޮޑު ގޮތުގައި ފެންނަމުންދެއެވެ. އެބާވަތުން ދުނިޔެ ޓެރަރައިޒްކޮށް ޓެރަރިޒަމް ހިންގާ ޓެރަރިސްޓުންގެ އަދަބު އަލްމާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި ބަޔާންވެފައިވާލެއް ފުރިހަމަކަމާއެވެ. "ﷲ އާއި، އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެމީހުން މެރުމެވެ. ނުވަތަ ސަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެމީހުންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެމީހުންނަށް ބޮޑުވެގެންވާ އަޒާބުހުއްޓެވެ."

މިގޮތަށް ބަޔާންކުރެއްވުމަށްފަހު އެންމެ އޯގާވަންތަ އެންމެ އޯގާވެރި މާތްރަސްކަލާނގެ ހަޒުރަތުގައި އެފަދަ ޓެރަރިސްޓުންނަށްވެސް ތައުބާގެ މަގު ބަންދުނުވާކަން އަދި ތައުބާވެއްޖެނަމަ އެބައިމީހުންނަށް ރައްކާތެރިކަން ލިބިގެންވާ ވަގުތާއި ގޮތަކީ ކޮބައިކަން، ވިދިގެން އައި އާޔަތުގައި ބަޔާންކުރައްވަނީ މިފަދައިންނެވެ. "އެމީހުންގެ މައްޗަށް ތިޔަބައިމީހުން ގަދަވެގަތުމުގެ ކުރިން، ތައުބާވި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެކަން، ތިޔަބައިމީހުން ދަންނާށެވެ!"

ވަރަށް ހަރުދަނާހެން ހީވާ ވަރަށް އިލްމީ ގާބިލު ބޭފުޅުން ފަލަސްތީނު މައްސަލައިގައި އިޒްރޭލާ އެއްކޮޅަށް ނަގަމުންދާ ސްޓޭންޑްގެ ހަގީގަތް މާއިދާ ސޫރަތުގެ 52 ވަނަ އާޔަތަށް ބެއްލެވީމާ ސާފުވާނެއެވެ. އަރަބިންގެ ވެރިންނަށް ވެފައި މިތިބަ ގޮތް ވެސް ބަޔާންވެ އެނގިގެންދާނެއެވެ. "ފަހެ، އެބައެއްގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: ޝައްކާއި ނިފާގުގެ ބަލިހުންނަ މީހުން) ޔަހޫދީންނާއި ނަސާރާއިންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެމީހުން ބުނެއެވެ. ތިމަންމެންނަށް މުސީބާތެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެއެވެ. ފަހެ، ﷲ ފަތަހައެއް ވެސް ދެއްވައިފާނެއެވެ. ނުވަތަ އެކަލާނގެ ހަޒުރަތުން، އެހެން އަމުރުފުޅެއްވެސް އަތުވެދާނެއެވެ. ފަހެ، އެހާރުން އެމީހުންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި އެމީހުން ވާނެއެވެ."

ކޮންމެއަކަސް ފަލަސްތީނު މައްސަލައިން މިއަދު ފެންނަމުންދާ ހަގީގަތްތަކާ ގުޅޭ އެތައް ދަލާލަތަކާއި އިޝާރާތެއް މާއިހުއްސުރެ އަހަރެމެންގެ ވެރިރަސްކަލާނގެ މާއިދާ ސޫރަތުގައި އަހަރެމެންނަށް އަންގަވާފައިވާ ގޮތުގެ ފުރިހަމަކަން އެސޫރަތަށް ތަދައްބުރުގެ ނަޒަރެއްދީފިނަމަ ހާމަވެގެންދާނެއެވެ.

އޮޅުވާނުލެއްވުން އެދެމެވެ. މާއިދާ ސޫރަތަށް ފިކުރު ހިންގަމުން ފަލަސްތީނު މައްސަލައިން ފެންނަ ބައެއް ހަގީގަތްތަކަށް ކަޅިއެއްލުމަށް އަޅުގަނޑު މިދިން ދައުވަތަކީ ފަހަރެއްގައިވެސް، ކޮންމެހެންނަކުން ވަކި މީހަކީ ޔަހޫދީއަކަށްވެގެން ނުވަތަ ވަކި ބަޔަކީ ޔަހޫދީންނަށްވެގެން އެޔަކީ އޭގެ ޒާތުން އެމީހުންނަށް ނަފުރަތުކުރާންޖެހޭ ސަބަބެއްކަމުގައި ވިސްނައިދިނުމަށް ދިން ދައުވަތެއް ނޫނެވެ. އެހެނީ އަލްޢައުރާފު ސޫރަތުގެ 168 ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިން، އިސްރާއީލުގެ ދަރިންގެ ތެރޭގައިވެސް ހެޔޮލަފާ މީހުންވެއެވެ. ޤުރުއާނުގައި ޔަހޫދީންނަށް ލައުނަތްލެއްވުނު ވާހަކައާއި އެބައިމީހުން ކުރި ނުބައި ކަންކަމުގެ ވާހަކަ ބަޔާންވެފައިވަނީ، ޔަހޫދީންގެ ތެރެއިން އަނިޔާވެރިވެގަތް ކާފަރުވެގަތް ފާސިގުންނަށް އިޝާރާތްކޮށެވެ. އާލްޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތް ބައްލަވާށެވެ. "... އެއުރެންގެ ތެރެއިން އީމާންވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ ފާސިޤުންނެވެ. "

އެކަމަކު އަނިޔާވެރިކަމަށް އަހަރެމެން މުސްލިމުން ނަފުރަތުކުރާނަމެވެ. އަދި އަނިޔާވެރިންނަށް އެނަފުރަތު އެކީއެކަށް ހައްގުވާނެއެވެ. އެކަމަކު އެމީހުންނާމެދު ވެސް އަހަރެމެން އަދުލުވެރިވާނަމެވެ. އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި މުމިނުންނާ މުހާތަބުކުރައްވާ "...އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލު ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ!" މިގޮތަށް މާތް ﷲ އަންގަވާތީއެވެ.

އަހަރެމެން މުސްލިމުން އެބައިމީހުން ޔަހޫދީން ދެކެ ރުޅިއަރަނީއެއް ނޫނެވެ. އެކަމަކު މާއިދާ ސޫރަތުގެ 81 ވަނަ އާޔަތުގައި، ބަޔާންވެގެންވާ ފަދައިން، "އީމާންވި މީހުންނަށް މީސްތަކުންކުރެ، އަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ،ޔަހޫދީންނާއި، އަދި ޝިރުކުކުރާ މީހުންކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ." ފެންނަމުންދަނީ މިހަގީގަތެވެ. އަދި އެވާހަކަ އަހަރެމެން އީމާންވީ މީހުން ބުނަމުންދާ މަންޒަރެވެ. ބަހާއި ޝުޢޫރުންނެވެ. އަމަލުން އެކަން ނުފެންނަކަމީ އިސްލާމީ އުންމަތް މިއަދު އޮތް ނިކަމެތިކަމުގެ ލާމަސީލު ފޮޓޯގަނޑުވެސްމެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox