ހިޔާނާތްތެރިވެފައި ނުވާނެ، އުޅެނީ ޒާތީ ބޭނުމެއްގައި ހާލަތުގެ ފައިދާ ނަގަން: އެފްއޭއެމް

Oct 26, 2023, 2:16 PM
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވާހަކަދައްކަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވާހަކަދައްކަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބައިނަލްއަގްވާމީ އިދާރާތަކުން ދޭ ފައިސާ އެފްއޭއެމަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައިނުވާނެ ކަމަށާއި، މިއީ އަމިއްލަ މަސްލަހަތާއި، ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ގޮތުން ބަޔަކު ކޮށްގެން އުޅޭކަމެއްކަމަށް އެފްއޭއެމުން ހާމަކޮށްފި އެވެ.

ޕްރޮސިކިއުޓަރު ޖެނެރަލްގެ އަމުރަކަށް މިދިޔަ އާދިއްތަ ދުވަހު، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް، ފުލުހުންގެ ޓީމެއް ވަނީ ވަދެފަ އެވެ. ފުލުހުން މިކަންކުރީ ޕީޖީ އޮފީހުން އަންގައިގެން ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުންގެ މި ރެއިޑުގައި އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި، ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއްވަނީ ގެންގޮސްފަ އެވެ.

މި މައްސަލައާ ގުޅޭގޮތުން އެފްއޭއެމުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިއީ އެ އިދާރާއަށް މާލީ ގޮތުން އިންތިހާއަށް އުނދަގޫ ހާލަތަކަށްވީކަމުގައިވިޔަސް، އެ އިދާރާގެ މުދަލާއި ފައިސާއަށް އެ އިދާރާގެ ވެރިން ހިޔާނާތްތެރިވެފައިނުވާނެކަމަށެވެ. އަދި މިފަދަ އަމަލެއް ހިންގާފައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް އެ އިދާރާއިން ކެރިގެން ކުރިމަތިލާނެކަމަށެވެ. މީގެ އިތުރުން ގާނޫނީ ތަރަހައިގެ ބޭރުން އެއްވެސްކަމެއް އެފްއޭއެމުން ކޮށްފައި ނުވާނެކަން ސާބިތުކޮށްދޭން ފަސް ނުޖެހޭނެކަމަށެވެ.

އެ އެސޯސިއޭޝަނަށް ފީފާ އާއި އޭއެފްސީ ފޮނުވާ ފައިސާތަކަކީ ކޮންމެ އަހަރަކު އޮޑިޓް ކުރެވޭ އެހީތަކެއްކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މި އޮޑިޓްތަކަކީ އޭއެފްސީ އާއި ފީފާއަށްވެސް ފޮނުވާ ރިޕޯޓްތަކެއްކަމަށާއި، އެ އިދާރާއިން އާންމުކުރާ އެއްޗެއްގެ ގޮތުގައިވެސް ފާހަގަކޮށްފައިވެ އެވެ.

އެފްއޭއެމުން ވަނީ ސާބިތު ނުހިފޭ، އަމިއްލަ މަސްލަހަތާއި ޒާތީ ބޭނުމަށް މި ހާލަތުގެ ފައިދާ ނެގުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން ކުރިމަތިކުރުވާ އަމަލުތަކަށް ރައްދުނުދީ އެ އިދާރާއިން ނުތިބޭނެކަމަށެވެ.

މިވަގުތު އެ އިދާރާގެ މައްޗަށް ކުރިމަތިކުރުވާ ތުހުމަތުތަކާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގަށް އެ އިދާރާއިން ދެވެން އޮތް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް މިއަދު އެފްއޭއެމުން ނެރުނު ބަޔާނުގައިވެ އެވެ.

ޖިނާއީ ތުހުމަތުތަކުގައި ތަހްގީގީ އިދާރާތަކަށާއި ތަންފީޒީ ބާރުތަކަށް އެފްއޭއެމްގެ އޮފީސް ބަލައި ފާސްކުރުމުގެ އިހުތިސާސް އޮންނާނެކަމަށް ފީފާ އާއި އޭއެފްސީން ގަބޫލު ކުރާ ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ ގާނޫނީ މަގުސަދަކަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކަމަށް ފީފާ އާއި އޭއެފްސީން ގުޅިގެން އެފްއޭއެމަށް ފޮނުވާފައިވާ ޖޮއިންޓް ސިޓީގައި ބުނެފައިވާ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.

އެފްއޭއެމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މި ދަނޑިވަޅުގައި ދާދިފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ފީފާގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް މި ބައްދަލުކުރެއްވުމަކީ ފްރާންސްގައި ކުރިއަށްދިޔަ ފީފާގެ މެންބަރު ގައުމުތަކުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox