ޔުނައިޓެޑުން ޑެހެއާ ސޮއިކުރަން ތައްޔާރުވަނީ!

Oct 26, 2023, 11:07 AM
ޔުނައިޓެޑުން ޑެހެއާ ސޮއިކުރަން ތައްޔާރުވަނީ!

މެންޗެސްޓާ (އޮކްޓޯބަރު 26) - މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމްގެ ކުރީގެ ކީޕަރު ޑޭވިޑް ޑެހެއާ އަލުން ސޮއިކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ އެވެ.

ޔުނައިޓެޑަށް 12 އަހަރު ކުޅުމަށްފަހު ޑެހެއާ ޔުނައިޓެޑް ދޫކޮށްލީ މިދިޔަ ސީޒަނަށް ފަހުގަ އެވެ. އޭނާގެ ކޮންޓްރެކްޓް އާކުރަން ކުރިން ޔުނައިޓެޑުން މަސައްކަތްކުރި ނަމަވެސް މުސާރަ ކުޑަކުރަން ޑެހެއާ އެއްބަސްނުވުމުން އެ ކުލަބުން ނިންމީ ސްޕެއިންގެ ގޯލްކީޕަރު ދޫކޮށްލާށެވެ.

ދެހާސް އެގާރައިން ފެށިގެން މިއަހަރުގެ ޖުލައި މަހާ ހަމައަށް ޔުނައިޓެޑަށް ކުޅުނު ޑެހެއާ މިވަގުތު ހުރީ ކުޅޭނެ ކުލަބެއް ނެތިފަ އެވެ. ސައުދީ އަރަބިއްޔާގެ އިތުރުން އެމެރިކާގެ ލީގުގެ ބައެއް ކުލަބުތަކުން ހުށަހެޅުން ލިބުނު ނަމަވެސް ޑެހެއާ ބޭނުންވީ ޔޫރަޕްގެ ބޮޑު ކުލަބަކަށް ކުޅެން މަޑުކުރާށެވެ.

Advertisement

ޑެހެއާ އަލުން ހޯދަން ޔުނައިޓެޑުން ވިސްނަމުން އަންނަ ސަބަބަކީ އެކުލަބުގެ މިހާރުގެ އެއްވަނަ ކީޕަރު އަންދްރޭ އޮނާނާ ޖެނުއަރީ މަހު ގައުމީ ޓީމާއިއެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެން ޖެހޭތީ އެވެ. އަންނަ ޖެނުއަރީ މަހުގެ 13 އިން ފެބްރުއަރީ 11 އަށް ކުރިއަށްދާ މުބާރާތުގައި ކުޅޭ ސެނެގާލް ޓީމުގެ ގޯލްކީޕަރަށް ޔުނައިޓެޑްގެ އަށް މެޗެއް ގެއްލޭނެ އެވެ.

މިވަގުތު ޔުނައިޓެޑުގައި ބާކީ ތިބި ދެ ކީޕަރުންނަށް ބަލާއިރު، އަނިޔާގެ މައްސަލަތަކުގެ ސަބަބުން ޓޮމް ހީޓަންއަށް މި ސީޒަންގައި މާ ގިނަ މެޗުތެއް ކުޅެވޭނެކަމަށް ނުބެލެވެ އެވެ. ދެން ހުރި ތުރުކީގެ ކީޕަރު އަލްޓޭ ބަޔިންދީރު އެވެ.

ޔުނައިޓެޑުން އަލުން ޑެހެއާ ސޮއިކުރަން ބޭނުންވަނީވެސް ކުޑަ މުސާރައަކަށެވެ. މިކަމާ ގުޅޭގޮތުން އެކުލަބުން ޑެހެއާއިއެކު ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ކުލަބުގެ ކޮންޓްރެކްޓް ހަމަވެ ކުޅޭނެ އެހެން ކުލަބެއް ނެތިފައި ހުރި ނަމަވެސް ޑެހެއާ ދިރިއުޅެމުން އަންނަނީ މެންޗެސްޓާގަ އެވެ. އެކުލަބުގެ ކުޅުންތެރިންނާއިއެކު ޑެހެއާއާ ގާތް ގުޅުމެއް އޮންނައިރު ޔުނައިޓެޑްގެ އަންހެން ފުޓްބޯޅަ ޓީމްގެ މެޗުތައް ބަލަންވެސް އޭނާ ދަނޑަށް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox