ފަލަސްތީނުގެ ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކަށް އަމާޒުކޮށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް

ގާޒާގައި ހަރަކާތްތެރިވާ ގަތަރުގެ އަލްޖަޒީރާ ނޫހުގެ ޓީމު ލީޑުކުރާ ވައެލް އަލްދައުދޫ : އޭނާގެ އާއިލާއަށް އަމާޒުކޮށް އިއްޔެ ވަނީ އިޒްރޭލުން ހަމަލާދީފަ - ފޮޓޯ: އަލް ޖަޒީރާ

ގާޒާގައި ހަރަކާތްތެރިވާ ގަތަރުގެ އަލްޖަޒީރާ ނޫހުގެ ޓީމު ލީޑުކުރާ ވައެލް އަލްދައުދޫ : އޭނާގެ އާއިލާއަށް އަމާޒުކޮށް އިއްޔެ ވަނީ އިޒްރޭލުން ހަމަލާދީފަ - ފޮޓޯ: އަލް ޖަޒީރާ

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ގަތުލްއާމުގެ ހަބަރުތައް ގެނެސްދިނުމަށް ގާޒާގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކަށް އަމާޒުކޮށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

މި މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލްއާމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި މީގެ ކުރިންވެސް ނޫސްވެރިންނަށް ހަމަލާތަކެއް އަމާޒުވިއިރު، ފާއިތުވެދިޔަ ދެ ދުވަސް ވެގެން ގޮސްފައިވަނީ ފާހަގަކޮށްލެވޭ ވަރަކަށް ނޫސްވެރިންނަށް 'ޓާގެޓު' ކުރި ދެ ދުވަހަށެވެ.

އެގޮތުން ގާޒާގައި ހަރަކާތްތެރިވާ ގަތަރުގެ އަލްޖަޒީރާ ނޫހުގެ ޓީމު ލީޑުކުރާ ވާއިލް އަލް ދާއުދޫގެ އާއިލާއަށް އަމާޒުކޮށް، އެމީހުން ތިބި ނުސްރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އޭނާގެ އަންހެނުންނާއި ދެ ދަރިން އަދި ކާފަ ދަރިޔަކު ވަނީ ޝަހީދުކޮށްލާފަ އެވެ.

އަލްޖަޒީރާއިން މި ހަމަލާ ސިފަކުރީ އިޒްރޭލުން ފަލަސްތީނުގެ ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް ހިންގި އަމަލެއްގެ ގޮތުގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ވާއިލް ވިދާޅުވީ އިޒްރޭލުން ނޫސްވެރިންގެ އާއިލާތަކަށް ހަމަލާދެނީ ބަދަލުހިފުމުގެ ރޫހުގައި ކަމަށެވެ.

އޭނާގެ އާއިލާ ތިބި ގެއަށް ހަމަލާދިންކަމުގެ ހަބަރު ލިބުނީވެސް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ހަބަރުތައް ރިޕޯޓުކުރަމުންދަނިކޮށެވެ. ހަމަލާއަށް ފަހު އެއާއިލާގެ އެތައް ބަޔަކަށް ވީނުވީއެެއް އަދި ނުވެސް އެނގެ އެވެ.

އޭގެއިތުރުން، އިޒްރޭލުން އިއްޔެ ވަނީ ރާމަﷲ ގައި ހަރަކާތްތެރިވާ ނޫސްވެރިޔާ މުހައްމަދު ފަރާގެ އާއިލާއަށް ހަމަލާދީ އޭނާގެ އަނބިދަރިންވެސް ވަނީ ޝަހީދުކޮށްލާފަ އެވެ.

މި މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް އިޒްރޭލުން ވަނީ ފަލަސްތީނުގެ 25 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލާފަ އެވެ. އެގޮތުން އިއްޔެ އިޒްރޭލުން ދިން ހަމަލާއެއްގައި އިތުރު ނޫސްވެރިޔަކު ޝަހީދުވާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިޒްރޭލުން މީގެ ކުރިންވެސް ވަނީ ފަލަސްތީނުގެ ގިނަ ނޫސްވެރިންތަކެއް ޝަހީދުކޮށްލާ ހައްޔަރުކޮށްފަ އެވެ. އެގޮތުން 2021 ގައި ބަޑި ޖަހާ މަރާލި އަލްޖަޒީރާގެ ޝިރީން އަބޫ އަހްލޭގެ މަރު އިޒްރޭލުން ފުރަތަމަ ދޮގު ކުރި ނަމަވެސް ފަހުން ވަނީ އެ އަމަލު ހިންގީ އިޒްރޭލުގެ ސިފައިންކަމަށް އެއްބަސްވެފަ އެވެ.

ގާޒާއިން ކަރަންޓު ކަނޑާލާ އެހީ ފޯރުކުރުން އެކީހެން އިޒްރޭލުން ހުއްޓުވާފައިވާއިރު، ގާޒާގައި މިހާރު ތިބި ނޫސްވެރިންނަށް އެކަމުގެ ސަބަބުން ދަނީ ގިނަ ދަތިތަކެއް ކުރިމަތިވަމުންނެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފެށި މި ހަމަލާތަކުގައި ފަލަސްތީނުގެ 6،546 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

އެ ދުވަހުން ފެށިގެން ހަމާސްއިން ދިން ހަމަލާތަކުގައި މިހާތަަނަށް އިޒްރޭލުން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 300 ސިފައިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox