އޮޑިޝާ ބަލިވެފައި އޮތަސް މާޒިޔާ އިން މެޗު ފަސޭހަނުކުރާނެ

Oct 23, 2023, 7:39 AM
މާޒިޔާގެ މެޗެއްގެ ތެރެއިން މިލޯ ޓީމަށް އިރުޝާދުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާގެ މެޗެއްގެ ތެރެއިން މިލޯ ޓީމަށް އިރުޝާދުދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާދަމާގެ މެޗަށް ނުކުންނައިރު، މުބާރާތުގައި އޮޑިޝާ އެފްސީ އިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮތް ކަމަށް ވިޔަސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި މެޗު ފަސޭހަ ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

ގްރޫޕް ޑީގެ މި ވަގުތުގެ ތާވަލަށް ބަލާއިރު، ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، މޯހަން ބަގާން އެއް ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ބަޝުންދަރާ ކިންގްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އޮޑިޝާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މާދަމާގެ މެޗުގެ ކުރިން މިއަދު ބުބަނޭޝްވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު މިލޯ ބުނީ ކޮންމެ މެޗަކީ ވެސް ޗެލެންޖެއް ކަމަށާއި އޮޑިޝާ އަކީ އިންޑިއާގެ ވަރުގަދަ ޓީމުތަކުގެ ތެރެއިން ޓީމެއް ކަމަށެވެ.

އޮޑިޝާގައި ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި ދެ މެޗުން އެ ޓީމު ބަލިވެފައި އޮތުމަކީ ބަދުނަސީބު ހާލަތެއްގައި ހިނގާފައި ހުރި ކަންތައްތަކެއް ކަމަށް މިލޯ ވަނީ ބުނެފަ އެވެ.

"އެކަމަކު، ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރެެމެން ރަނގަޅު މެޗެއް ކުޅެންޖެހޭނެ، ފަސޭހައެއް ނުވާނެ،" މިލޯ ބުންޏެވެ.

މާޒިޔާ އިން އޭއެފްސީ ކަޕްގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗުން މާލޭގައި ބަޝުންދަރާ އަތުން ވަނީ 3-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ކަލްކަތާގައި މޯހަން ބަގާން އިން ވަނީ ފަހު ވަގުތު ގޯލު ޖަހައި، 2-1 އިން މާޒިޔާ ބަލިކޮށްފަ އެވެ.

"އަހަރެން ހިތްހަމަޖެހޭ އަހަރެމެން މޯހަން ބަގާން މެޗުގައި ދެއްކުނު ކުޅުމާ މެދު، އެކަމަކު، އޮޑިޝާ މެޗު މޯހަން ބަގާންއާ ތަފާތުވާނެ. ފަހަރެއްގައި އޮޑިޝާ ވެދާނެ މޯހަން ބަގާން އަށް ވުރެ ކޮލިޓީ ޓީމަކަށް ވެސް. އެ މީހުން (އޮޑިޝާ) ބަދުނަސީބުކޮށް ދިޔައީ، ފުރަތަމަ މެޗުގައި ވެސް ރަތް ކާޑަކާ އެކު ކުޅެން ޖެހުނީމަ، އަހަރެމެންނަށް ގެއްލޭނެ އެއްޗެއް މި މެޗުގައި ވެސް ނެތް. އަހަރެމެންނަށް ހޯދޭނެ އެއްޗެހި ބައިވަރެއް އެބަހުރި،" މިލޯ ބުންޏެވެ.

"އޮޑިޝާ ފަސޭހައެއް ނުވާނެ. އަހަންނަށް ބައެއް ކަންތައްތައް އެބަފެނޭ އޮޑިޝާގެ ފަރާތުން މޯހަން ބަގާން އަށް ވުރެ ކޮލިޓީކޮށް. ތަފާތު ސިސްޓަމްތަކެއް މި ހުންނަނީ،"

އިންޑިއާގެ ފުޓްބޯޅަ އޮތް ލެވަލަށް ބަލާއިރު، އެ ގައުމުގެ ކްލަބްތަކާ ރާއްޖޭގެ ކްލަބެއް، ކުޅޭއިރު ފަރަގުތަކެއް ހުންނާނެ ކަމަށް މިލޯ ވަނީ ބުނެފަ އެވެ. މާޒިޔާ ގޮވައިގެން އޭނާ އަށް ތައްޔާރުވާން ލިބުނު މުއްދަތުގައި ކުރެވުނު ކަންކަމަށް ބަލާއިރު، މެޗަކަށް ފަހު މެޗެއް ކުރިއެރުން ފެންނަކަން ފާހަގަކޮށް މިލޯ ބުނީ ގޮތް ނިންމަނީ ނަތީޖާ ނުކުންނަ ގޮތަކުން ކަމަށްވިޔަސް، އޭނާ އަށް ރަނގަޅު ކުޅުމެއް ފެނުން ވެސް މުހިންމު ކަމަށެވެ.

"މޯހަން ބަގާން އެ އޮތީ އެންމެ ރަނގަޅު ހިސާބުގައި އެ މީހުން ދެ މެޗުން މޮޅުވެފައި. އަހަރެމެންނާއި ބަޝުންދަރާ ދެން އޮޑިޝާ، އެއް ޓީމު އަނެއް ޓީމަކާ ވާދަކޮށް މި ޕޮއިންޓް ހޯދަން މި އޮތީ ކުރިއަށްދާން. އުންމީދަކީ މި މެޗުގެ ނަތީޖާ ރަނގަޅުވުން، މި ވަގުތަށް ބަލާއިރު ހުރިހާ ޓީމަކަށް ފުރުސަތު އެބައޮތް،" މިލޯ ބުންޏެވެ.

"ދެން، މީގެ ދެރަ ކަމަކީ އެއް ޓީމަށް އަނެއް ބުރަށް މި ދެވެނީ. މި ގްރޫޕު މި އޮތީ ވަރަށް ވަރުގަދަކޮށް. ހައްގުގެ ވާހަކަ ދައްކަންޏާ (މި ގްރޫޕުން) ދެ ޓީމަށް ވެސް ރަނގަޅު އަނެއް ބުރުން ފުރުސަތު ލިބެން،"

މާޒިޔާގައި ވެސް ކޮންމެ ވެސް ވަރަކަށް އަނިޔާގެ މައްސަލަތަކެއް އެބަހުރި ކަމަށް މިލޯ ވަނީ ބުނެފަ އެވެ. އެކަމަކު، މާޒިޔާ ޓީމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ 15 ކުޅުންތެރިންނާއި ބިދޭސީ ރަނގަޅު ކުޅުންތެރިން ތިބުމާ އެކު، އަނިޔާ އަކީ މައްސަލައެއްގެ ގޮތުގައި ނުހަދައި، ކޮންމެ ކުޅުންތެރިއަކަށް ވެސް އިތުބާރު ކުރުމުގެ ވިސްނުން އިސްކުރާ ކަމަށް މިލޯ ބުނެފައިވެ އެވެ.

ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މާދަމާ ހަވީރު މާޒިޔާ އާއި އޮޑިޝާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox