އިތުބާރުނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވާން ނަޝީދަށް ބައިގަޑިއިރު ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު : އިތުބާރުނެތްކަމުގެ މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީވާން ނަޝީދަށް ބައިގަޑީރު ދޭން ފާސްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު : އިތުބާރުނެތްކަމުގެ މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީވާން ނަޝީދަށް ބައިގަޑީރު ދޭން ފާސްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީވާން އެމަނިކުފާނަށް 30 މިނަޓުގެ ފުރުސަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. ޝާހިދުގެ ހުށަހެޅުއްވުމަކީ އިތުބާރުނެތްކަމުގެ މައްސަލާގެ ޖުމްލަ ބަހުސަށް ދެގަޑިއިރު ކަނޑައަޅައިބަހުސް ފެށުމާއި ނިންމުން އަދި މެދުތެރެއިން 10 މިނަޓުގެ ތިން ފުރުސަތު، މައްސަލަ ރައްދުވާ މަޖިލީހުގެ ރައީސަށް ޖަވާބުދާރީ ވެވަޑައިގަންނަވަން އެރުވުމަށެވެ.

ބަހުސްގެ ބާކީ އޮތް ދޮޅު ގަޑިއިރަކީ މަޖިލީހުގެ އަމިއްލަ އަދި ސިޔާސީ ޕާޓީތަކުގެ މެންބަރުން ބަހުސްކުރުމަށް އޮތް ވަގުތެވެ. އާންމު ކޮމިޓީން ފާސްކުރި ގޮތުން އެ ވަގުތު ޕާޓީތަކަށް ބެހިގެންދާނީ މެންބަރުން ތިބި ނިސްބަތުންނެވެ. ކޮންމެ މެންބަރަކަށްވެސް ލިބޭނީ ތިން މިނަޓުގެ އެއް ފުރުސަތެވެ.

އެ ހުށަހެޅުން ފާސްކުރީ ހާޒިރުވެވަޑައިގެންނެވި ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ތާއީދާއެކު އެވެ. ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ދެ މެންބަރުން ކަމަށްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

ކޮމިޓީގައި މެމްބަރު އިލްޔާސް އަދި މެމްބަރު އާޒިމްވެސް އެދިވަޑައިގެންނެވީ ގަޑި ކަނޑައެޅިގެންދާއިރު، ދެ ގަޑިއިރަކީ ރިޔާސަތުން ދޭ ޖަވާބު ކެނޑުމަށްފަހު ގުނޭ ވަގުތު ކަމަށް ކަނޑައެޅުމަށެވެ. އެކަމަކު ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެ ހުށަހެޅުމަކީ މަޖިލީހުގެ ގަވާއިދާ ފުށުނާރާ ހުށަހެޅުމެއް ކަމަށެވެ.

ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި މިއީ ދެވަނަ ފަހަރެވެ. މިފަހަރުގެ ހުށަހެޅުން ބަލައިގަންނަން ދަތި ކަމަށް އެމަނިކުފާނު ފުރަތަމަ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށެވެ. އެއީ މީގެ ކުރިން އެފަދަ މައްސަލައެއް މި ދައުރުގައި ހުށަހަޅައި، އަނބުރާ ގެންގޮސްފައިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މައްސަލަ ބަލައިގަންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ފަހުން ބުންޏެވެ..

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ނަމަ ކަންތައް ކުރަންވީ ގޮތް އެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ލިޔެފައިވާ އަށް ނުކުތާއެއްގައި ބަޔާންކޮށްފައިވާއިރު، އެއް ދައުރެއްގައި ދެ ފަހަރަށް އެފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބުނެފައެއް ނެތެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ފުރަތަމަ ހުށަހެޅި މައްސަލަ އަނބުރާ ނެގީ ނަޝީދު އެ މައްސަލަ އެޖެންޑާ ކުރެއްވި ފަހުންނެވެ. އެ މައްސަލަ އަނބުރާ ނެގީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެމްޑީޕީއަށް ނާކާމިޔާބުވުމާ ގުޅިގެން ނަޝީދާއި ދަ ޑިމޮކްރެޓްސްއާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ ވަގުތުގަ އެވެ.

އޭރު އެ މައްސަލަ ނެގުމަށް ފަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ ދެވަނަ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަލުން ނިންމީ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox