ޔުނައިޓެޑް ގަންނަން ކުރި މަސައްކަތް ޝެއިހް ޖަސީމް ހުއްޓާލައިފި

Oct 15, 2023, 8:14 AM
ޔުނައިޓެޑް ގަންނަން ކުރި މަސައްކަތް ޝެއިހް ޖަސީމް ހުއްޓާލައިފި

މެންޗެސްޓާ (އޮކްޓޫބަރު 15) - މެންޗެސްޓާ ޔުނައިޓަޑް ގަންނަން ބިޑުކޮށް، ގިނަ މަސައްކަތްތަކެއް ކުރި ގަތަރުގެ މަހުޖަން ޝެއިހް ޖަސީމް ބިން ހަމަދު އަލް ތާނީ ޔުނައިޓަޑް ގަތުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލައިފި އެވެ.

ޔުނައިޓަޑް ގަތުމަށް ޝެއިހް ޖަސީމް ވަނީ ފަސް ބިލިއަން ޑޮލަރުގެ އަގެއް ޔުނައިޓަޑްގެ މިހާރު ވެރިން ކަމަށްވާ ގްލޭޒާ އާއިލާ އަށް ހުށަހަޅައިފަ އެވެ. އެކަމަކު، މަޝްވަރާތަކުން ކުރިއެރުމެއް ނުލިބި، އެ މަސައްކަތް ހުއްޓާލަން ޝެއިހް ޖަސީމް މިހާރު ނިންމާފައިވާކަން އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ "ބީބީސީ" އިން ކަށަވަރުކޮށްދެއެވެ.

އެމެރިކާގެ ގްލޭޒާ އާއިލާ އިން 2005 ވަނަ އަހަރު ޔުނައިޓަޑް ގަތީ 790 މިލިއަން ޕައުންޑަށެވެ. އަދި އެ ކްލަބު ވިއްކާލުމަށް ބޭނުންވާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ބުނެފައެވެ.

Advertisement

ގަތަރުގެ ނުފޫޒު ގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، ޝެއިހް ޖަސީމް ބިޑް ކޮށްފައިވަނީ އޭނާގެ ނައިންޓޫ ފައުންޑޭޝަން ކުންފުނީގެ ފަރާތުންނެވެ. ޔުނައިޓެޑްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެދެނީ އެ ކްލަބަށް އާ ވެރިއަކު ހަވާލުވުމަށެވެ. އެ ގޮތުން، މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ބަލާއިރު، އެދެނީ ޝެއިހް ޖަސީމް އަށް ޔުނައިޓެޑް ހިންގަން ލިބުމެވެ.

ޝެއިހް ޖަސީމްގެ ވިސްނުމަކީ ޔުނައިޓެޑްގެ ދަރަނީގެ ގޮތުގައި މި ވަގުތު އޮތް 620-950 މިލިއަން ޑޮލަރު އެއްކޮށް އަދާކުރުމަށް ފަހު، އެ ކްލަބް ކުރިން އޮތް ލެވަލަށް ދެވޭނެ ވަރަށް ކްލަބަށް އިންވެސްޓް ކުރުމެވެ.

ޔުނައިޓަޑް ގަންނަން ޝެއިހް ޖަސީމްއާއެކު އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް ވެސް އެ ކްލަބުގެ ހިއްސާ ގަންނަން ބިޑުކުރިއެވެ. އެކަމަކު ޝޭހް ޖަސީމްއާ ހިލާފަށް، ރެޓްކްލިފް ބޭނުންވަނީ ޔުނައިޓަޑްގެ މައިނޯރިޓީ ހިއްސާދާރަށްވާށެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ޔުނައިޓަޑްގެ 25% ހިއްސާ ހޯދުމަށް ރެޓްކްލިފް ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ބެލެވެއެވެ. ރެޓްކްލިފް ވެސް ވަނީ ފަސް ބިލިއަން ޑޮލަރު ހުށަހަޅައިފައެވެ.

ޝެއިހް ޖަސީމް ބޭނުންވީ ޔުނައިޓަޑްގެ 100 ޕަސެންޓް ހިއްސާ ހޯދުމަށެވެ. އެކަަމަކު ގްލޭޒާ އާއިލާ އިން ޔުނައިޓަޑް މުޅިން ދޫކޮށްލަން ބޭނުމެއްނުވެއެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox