އިމާރާތެއް ނުވަތަ ހިޔާވައްސަކަށް ގެއެއްގެ ދަރަޖަ ލިބެނީ އެތަނެއްގައި މީހުން ދިރިއުޅުމަށް ހާއްސަ ސިފަތަކެއް ޖެހުމުންނެވެ. ހަތަރު ފާރު އެކަނި ހުރުމަކުން އަދި އެތަނަކީ ގެއަކަށް ނުވެ އެވެ. އެތަނެއްގައި ނިދާ ހެދޭނޭ ގޮތާއި ކައިބޮއި ހެދޭނެ ގޮތްތައް ވެސް ފުރިހަމަވެފައި ހުންނާން ޖެހޭނެ އެވެ.
ހިޔާވައްސެއްގައި ގެއެއްގެ ސިފަ ޖެއްސުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފަސޭހައިން އެއްތަނަކުން ލިބޭ ތަނަކަށް އީވޯ ވާނެ އެވެ. އެތަނުގައި ފަރުނީޗަރުން ފެށިގެން ގޮސް ކައްކާ ކައިބޮއި ހެދުމަށް ބޭނުން ކުރާ ސާމާނު ވެސް ހުރެ އެވެ.
އޭގެތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އީވޯގައި ހުންނަ ޒަމާނީ އަށިތަކާއި މޭޒުތަކެވެ. ކަސްޓަމަރުން ބޭނުންވާ މިނަށް ހެޔޮ އަގުގައި އެ މޭޒުތައް ތައްޔާރު ކުރަނީ ރާއްޖޭގައި ހުންނަ އީވޯގެ ކާރުހާނައިގަ އެވެ. ހާއްސަ މެޝިނަރީސްއާ އެކު ހިންގަމުން ގެންދާ އެ ކާރުހާނައިގައި މަސައްކަތް ކުރަނީ އެކަމުގެ ފަންނުވެރިކަން ލިބިފައިވާ ކުޅަދާނަ ޓީމެކެވެ.
މި އާޓިކަލްގައި މި ހިމަނާލަނީ އީވޯގެ ޝޯރޫމަށް ގޮސް، ކަސްޓަމަރު ބޭނުންވާ އޯޑަރު ކޮށްލުމާ ހަމައިން އީވޯގެ ކާރުހާނައިގައި މަސަކައްކަތްތައް ކުރިއަށް ދާގޮތެވެ.










