ދެ ވަނަ މެޗުގައި ވެސް އިންޑިއާގެ ޝުބްމަން ގިލް އަށް ނުކުޅެވޭނެ

Oct 10, 2023, 6:19 AM
ދެ ވަނަ މެޗުގައި ވެސް އިންޑިއާގެ ޝުބްމަން ގިލް އަށް ނުކުޅެވޭނެ

ނިއު ދިއްލީ (އޮކްޓޯބަރު) - އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާގެ ޓީމުން ކުޅޭ ދެވަނަ މެޗުގައި މާދަމާ އަފްގާނިސްތާނާ ދެކޮޅަށް ނުކުންނައިރު، މި މެޗުގައި ވެސް އެ ޓީމުގެ އޯޕަނިން ބެޓްސްމަން ޝުބްމަން ގިލް އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

އިންޑިއާގައި ކުރިއަށްދާ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕްގައި އިންޑިއާގެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން އެ ޓީމު މޮޅުވިއިރު، އެ މެޗުގައި ވެސް ޝުބްމަން ނުކުޅެއެވެ. އެ މެޗުގައި ގިލްގެ ބަދަލުގައި ރޯހިތު ޝަރުމާއާ އެކު އިންޑިއާގެ އޯޕަނިން އަށް ނުކުތީ އިޝާން ކިޝާން އެވެ.

ޝުބްމަން، 24، އަށް އޮސްޓްރޭލިއާ މެޗު ގެއްލުނީ ޑެންގޫ ޖެހިގެންނެވެ. އަދި ދެ ވަނަ މެޗަށް ވެސް އޭނާ ފިޓެއްނުވި އެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުން ބުނީ ދެ ވަނަ މެޗަށް ޓީމާއެކު ނިއު ދިއްލީ އަށް ޝުބްމަން ދަތުރެއްނުކުރެ އެވެ. އަދި އޭނާ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ޗެންނާއީގައި މަޑުކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ހެޑް ކޯޗު ރާހުލް ޑްރާވިޑް ބުނީ ޝުބްމަންގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށެވެ. އެކަމަކު މެޗު ކުޅެވޭވަރަށް އޭނާ އަދި ފިޓުނުވާ ކަމަށެވެ.

ޝުބްމަން އަކީ އިންޑިއާ އިން 2018 ވަަނަ އަހަރު 19 އަހަރުން ދަށުގެ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ. މި ފަހަރުގެ އޯޑީއައި ވޯލްޑް ކަޕަށް އިންޑިއާ އިން ނެގި ސްކޮޑުގައި ޝުބްމަން ހިމެނި އެންމެ ބޮޑު ސަބަބަކީ މިދިިޔަ ދެ އަހަރެއްހާ ދުވަސްތެރޭ ފޯމު ނުގެއްލި އޭނާ ދަށްކަމުން އައި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox