ފަލަސްތީނުގައި ތިބި އެ ގައުމުގެ ރައްޔިތުން މަރުވިޔަސް ގާޒާއަށް ހަމަލާދޭނެ ކަމަށް އިޒްރޭލުން ބުނެފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ : ފަލަސްތީނުގައި ތިބި އަމިއްލަ ރައްޔިތުން މަރުވިޔަސް ގާޒާއަށް ހަމަލާދޭނެ ކަމަށް އިޒްރޭލުން ބުނެފި -

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ : ފަލަސްތީނުގައި ތިބި އަމިއްލަ ރައްޔިތުން މަރުވިޔަސް ގާޒާއަށް ހަމަލާދޭނެ ކަމަށް އިޒްރޭލުން ބުނެފި -

ހަމާސްއިން ރަހީނުކޮށްފައިވާ އަމިއްލަ ގައުމުގެ ރައްޔިތުން މަރުވި ނަމަވެސް ގާޒާއަށް ބޮމުގެ ހަމަލާތަށް ދޭނެކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މިހެން ބުނެފައިވަނީ ގާޒާއަށް، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތްފަހުން ދެވޭ އެންމެ ވަރުގަދަ ވައިގެ އޮޕަރޭޝަން އިއުލާންކުރުމަށް ދިން ބަސްދީގަތުމެއްގަ އެވެ.

އިޒްރޭލުގެ މީޑިއާތަކާ ހަވާލާދީ ގަތަރުގެ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުވެސް އިޒްރޭލުން ގައްޒާ އަދި އެހެން ސަރަހައްދުތަކުގައި ހަމާސް އަށް އަމާޒުކޮށް 1،000 އަށްވުރެ ގިނަ ބޮމުގެ ހަމަލާ ވަނީ ދީފަ އެވެ.

"ހުއްޓުމެއް ނެތި ގާޒާގައި ހުރި ހަމާސްގެ މަރުކަޒުތަކަށް ހަމަލާދެމުން ގެންދާނަން، ރަހީނުކޮށްފައިވާ ފަރާތްތަކަށް ގެއްލުންވި ނަމަވެސް ހަމަލާތައް ހުއްޓާނުލާނަން" އިޒްރޭލުގެ އަަސްކަރިއްޔާއިން ބުނެފި އެވެ.

މިހާތަނަށް ގެދޮރު ގެއްލުނު މީހުންގެ އަދަދު 123،000 އަށްވުރެ މަތީގައި އުޅޭއިރު އެ އަދަދު މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށް އިންސާނިއްޔަތަށް މަސައްކަތް ކުރާ ގިނަ ޖަމާއަތްތަކާއި މީޑިއާތަކުން ދަނީ ބުނަމުންނެވެ.

ގަތަރުގެ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 159 ހައުސިން ޔުނިޓު އެއްކޮށް ސުންނާފަތިވެފައިވާއިރު، 1،210 އަށްވުރެ ގިނަ ހައުސިން ޔުނިޓަށް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.

އދ. އިން މައުލޫމާތު ދޭ ގޮތުގައި ގާޒާގައި ގެދޮރު ގެއްލިފައިވާ މީހުން މިހާރު ހިމާޔަތް ހޯދަމުންދަނީ 64 އަށްވުރެ ގިނަ ސްކޫލުތަކުގަ އެވެ. އޭގެ ތެރޭގައި އދ. އިން އަޅާފައިވާ ސްކޫލުތައްވެސް ހިމެނެ އެވެ.

ނަމަވެސް، އިޒްރޭލުން އަންނަނީ ސްކޫލުތަކާއި މިސްކިތްތަކަށްވެސް ހަމަލާދެމުންނެވެ. މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 560 މީހަކު ވަނީ ޝަހީދު ކޮށްލާފަ އެވެ. ހަނގުރާމާގައި ހަމާސްއިން މަރާލާފައިވާ އިޒްރޭލު މީހުންގެ އަދަދު ވަނީ 800 އަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox