އިތުބާރުގެ މައްސަލަ ކުރިއަށްގެންދަން ނިންމާނީ އަމީންއާންމު, ރިޔާސަތަށް އެ އިހުތިޔާރެއް ނެތް: އަސްލަމް

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް. އޭނާ ވަނީ މި މައްސަލަ އަނބުރާ ނުގެންދާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް. އޭނާ ވަނީ މި މައްސަލަ އަނބުރާ ނުގެންދާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން އެކަމާ މެދު ގޮތް ނިންމުމުގެ ބާރު އޮންނަނީ އެ މަޖިލީހުގެ އަމީންއާންމަށް ކަމަށާއި އެ އިހުތިޔާރު ރިޔާސަތަށް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަނީ ދެ ވަނަ ފަހަރަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފަ އެވެ. މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށް ބުނާ އެ މައްސަލާގައި އެމްޑީޕީގެ 48 މެމްބަރުން ސޮއިކޮށްފައިވެ އެވެ.

މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ އެ މައްސަލަ ބަލައިގަންނަން ދަތި ކަމަށް އިއްޔެ ވިދާޅުވެފަ އެވެ. އަދި, ކޯރަމް ހަމަނުވެގެން ނިންމާލި މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާއެއް ނުކުރެ އެވެ.

Advertisement

"އެ ފަރާތެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުނީމާ އެކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެ ފަރާތަކުން މަޖިލިސް ރައީސްކަމަށް އިސްވެ ބަސް ބުނުމުގެ ހަމަޔަކީ އާންމު އުސޫލާ ހިލާާފު ކަމެއް. އެކަން ނިންމަވާނީ އަމީންއާންމު. އެ ގޮތް ނިންމެވުމުގައި ކައުންސިލަރު ޖެނެރަލްގެ ބަހެއް ވެސް ހޯއްދަވާނެ," އަސްލަމް ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމާއި ނުކުރުމަކީ ނަޝީދުގެ އަތްމަތީގައި އޮންނަ ބާރެއް ނޫން ކަމަށް އަސްލަމް މިއަދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ހުށަހަޅަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަމަށާއި އެކަން ކުރާނެ ސާފު އިދާރީ ގޮތްތައް މަޖިލީހުގެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ނަޝީދު އުޒުރެއްގެ ގޮތުގައި ދައްކަވަނީ އެއް ދައުރެއްގެ ތެރޭގައި ދެ ފަހަރަށް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.

ރައީސްގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ނަމަ ކަންތައް ކުރަންވީ ގޮތް އެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ލިޔެފައިވާ އަށް ނުކުތާއެއްގައި ބަޔާންކޮށްފައިވާއިރު، އެއް ދައުރެއްގައި ދެ ފަހަރަށް އެފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބުނެފައެއް ނެތެވެ.

"އަމީން އާންމު އެކަންކަން ނިންމަވާނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގު މަޖިލީހުގެ މެމްބަރުންނަށް ކަށަވަރުވާ ގޮތަށް," އަސްލަމް ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ފުރަތަމަ ހުށަހެޅި މައްސަލަ އަނބުރާ ނެގީ ނަޝީދު އެ މައްސަލަ އެޖެންޑާ ކުރެއްވި ފަހުންނެވެ. އެ މައްސަލަ އަނބުރާ ނެގީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެމްޑީޕީއަށް ނާކާމިޔާބުވުމާ ގުޅިގެން ނަޝީދާއި ދަ ޑިމޮކްރެޓްސްއާ އެކު މަޝްވަރާތައް ކުރިއަށް ދިޔަ ވަގުތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox