މި މަހު ނިޒާމީ ވޯޓެއް ދެން ނުނެގޭނެ: އިލެކްޝަންސް

Oct 3, 2023, 2:45 PM
އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް ހަބީބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް ހަބީބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.

މި ހިނގާ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ކުރިން، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ އާއްމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިހާރު އޮތް ގޮތުން އެ މުއްދަތުގައި އެފަދަ ވޯޓެއް ނުނެގޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މަޖިލީހަށް ހުށަހެޅި އެ ގަރާރަށް އޭރު މެޖޯރިޓީ ޕާޓީ، އެމްޑީޕީން ތާއީދުކުރި އެވެ. ނަމަވެސް، ދެ ވަނަ ބުރަށް ފަހު އެ ޕާޓީން ބުނެފައިވަނީ މިއީ އެކަމަށް ރަނގަޅު ވަގުތު ނޫން ކަމަށެވެ. އެމްޑީޕީން އެކަމާ ގޮތެއް ނިންމާނީ މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

ކަނޑައަޅާފައިވާ މުއްދަތުގައި އިންތިހާބު ބާއްވަން ހުރި ހުރަސްތައް ބަޔާންކޮށް، އެފަދަ އިންތިހާބެއް ބާއްވަން އިތުރު ވަގުތު ބޭނުންވާ ކަން އިލެކްޝަނުން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ އަންގައިފަ އެވެ. މިއަދުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ ވޯޓުގެ ތާރީހު ބަދަލުކުރަން ތާއީދުކޮށްފަ އެވެ.

އިލެކްޝަންސްގެ ތަރުޖަމާނުކަން ވެސް ކުރައްވާ ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައި ގާނޫނީ ގޮތުން ދޭން ޖެހޭ މުއްދަތުތައް ދިނުމަށްޓަކައި، ގާނޫނުގެ ދަށުން އިންތިހާބެއް ބާއްވަން މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ.

ހަބީބް ވިދާޅުވީ މަދުވެގެން 30 ދުވަހުގެ ތެރޭގައި ނިޒާމާ ގުޅޭ އާއްމު ވޯޓެއް ނެގިދާނެ ކަމަށް ކުރިން ބުނީ މަޖިލީހުން އެކަމަށް އެދުނު ވަގުތާ ރިޔާސީ އިންތިހާބުގެ މަސައްކަތް ހިނގަމުން އައި ވަގުތާ އެއް ވަގުތަކަށް ވާތީ އެ ހާލަތުގައި އެކަން ކުރެވިދާނެތީ ކަމަށެވެ.

ނަމަވެސް މިއަދާ ހަމަޔަށްވެސް އިންތިހާބާ ގުޅޭ ގޮތުން ކޮމިޝަނުން އެދުނު ކަންކަމާ މެދު މަޖިލީހުން ގޮތެއް ނިންމަފާއި ނުވާތީ، ކުރިން ބުނި މުއްދަތުގެ ތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށެވެ.

"މިކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށްވެފައި، މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކާ ނުލައި، މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ހަބީބް ވިދާޅުވި އެވެ.

އިލެކްޝަންސް އިން ވަނީ ވޯޓު ދެން ވެސް އަވަސް ކުރުމަށްޓަކައި، މަޖިލީހުން ކުރަން ޖެހޭ ކަންކަން ވީހާ ވެސް އަވަހަށް ކޮށްދިނުމަށް ސިޓީގައި އެދިފަ އެވެ. އެއީ ވޯޓު ކަރުދާހުގައި ހިމަނަން މަޖިލީހުން ފާސްކުރާ އިބާރާތް ދިނުމާއި، މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއް ދިނުމާއި، ބަޖެޓް ފާސްކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox