ރާއްޖޭގައި ކުޅޭ މެޗުން މޯހަން ބަގާން ބަލިކުރެވޭނެ: މާޒިޔާ ކޯޗު މިލޯ

Oct 3, 2023, 3:37 AM
އޭއެފްސީ ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާ ކޯޗު މިލޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭއެފްސީ ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާ ކޯޗު މިލޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި ކުޅޭ މެޗުން މޯހަން ބަގާން ސުޕަ ޖަޔަންޓް ބަލިކުރެވޭނެ ކަމަށް މާޒިޔާ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ރޭ އިތުރު ވަގުތުގައި ޖެހި ގޯލާ އެކު، މޯހަން ބަގާން އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން މާޒިޔާ ބަލިކޮށްފަ އެެވެ. ސްކޮޓްލެންޑަށް އުފަން، އޮސްޓްރޭލިއާ ގައުމީ ޓީމުގެ ފޯވާޑް ޖޭސަން ކަމިންގްސް ވަނީ މޯހަން ބަގާން އަށް ދެ ގޯލު ޖަހައިދީފަ އެވެ. މާޒިޔާގެ ގޯލު ޖެހީ ޖަޕާންގެ މިޑްފީލްޑަރު ޓޮމޯކީ ވާޑާ އެވެ.

މެޗަށް ފަހު މާޒިޔާ ކޯޗު މިލޯ ބުނީ ފުޓްބޯޅައިގައި ބައެއް ފަހަރު ވަރަށް ރަނގަޅަށް މަސައްކަތް ކުރުމަށް ފަހު ވެސް މި ގޮތަށް ނަތީޖާ ނުކުންނަ ފަހަރު އަންނަ ކަމަށެވެ.

"އަހަރެމެން އައީ އެ މީހުން (މޯހަން ބަގާން) ބަލިކުރަން. މިއީ ވަރަށް ރަނގަޅަށް ކުޅެވުނު، ވަރަށް އުނދަގޫ މެޗެއް. އަހަރެމެން އަމިއްލަ ދަނޑުގައި (ރާއްޖޭގައި) ކުޅޭ މެޗުން މޯހަން ބަގާން ބަލިކުރަން މަސައްކަތް ކުރާނަން. އެ މީހުންގެ ބަލިފައިތަށް ދެނެގަނެވިއްޖެ، ފުޓްބޯޅަ އަކީ ވަރަށް ފާޑެއްގެ ކަމެއް ބައެއް ފަހަރު. މޯހަން ބަގާން މި ހޯދި މޮޅަށް މަރުހަބާ ކިޔަން،" މިލޯ ބުންޏެވެ.

މިލޯ ވަނީ ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ނެތުމަކީ ދެރައެއް ކަމަށް ބުނެފަ އެވެ.

މިލޯ ބުނީ ޖުމްލަކޮށް މެޗަށް ބަލާއިރު، މާޒިޔާ އިން ޓެކްޓިކަލީ ވަރަށް ރަނގަޅަށް ކުޅެން މަސައްކަތްކުރި ކަމަށާއި އެކަން އެ ގޮތަށް ކުރުމަށް ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓް ކުރި މަަސައްކަތް ފާހަގަކުރާ ކަމަށެެވެ.

މިއީ މާޒިޔާގެ މައްޗަށް މޯހަން ބަގާން އިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. މި ދެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޯހަން ބަގާން ތިން މެޗުން މޮޅުވިއިރު، މާޒިޔާ ދެ މެޗު ކާމިޔާބުކުރި އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މޯހަން ބަގާންގެ ކޯޗު ޖުއާން ފެރާންޑޯ ވެސް ވަނީ މާޒިޔާ އިން ވިސްނުންތެރިކަމާ އެކު ކުޅުނުކަން ފާހަގަކޮށްފަ އެވެ. އަދި މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އެނބުރުމުގައި ޓީމުގައި ތިބި ވަކިވަކި ކުޅުންތެރިންގެ ހުނަރު ފެނިގެންދިޔަ ކަމަށް ޖުއާން ވަނީ ބުނެފަ އެވެ.

ރޭ މި ގްރޫޕްގެ އަނެއް މެޗުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ވަނީ އިންޑިއާގެ އޮޑީޝާ އެފްސީ އަތުން 3-2 އިން މޮޅުވެފަ އެވެ.

ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި މޯހަން ބަގާން އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ބަޝުންދަރާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އޮޑީޝާ އަށް އަދި ޕޮއިންޓެއް ނުލިބެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox