އިންޑިއާ ޓީމަކާ ކުޅުނަސް ނުކުންނާނީ މޮޅުވާން: އައިސަމް

Oct 2, 2023, 4:24 AM
މާޒިޔާ އިން އޭއެފްސީ ކަޕްގައި ބަޝުންދަރާ ކިންގްސްއާ ކުޅެން ތައްޔާރުވި މެޗަށް ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން އައިސަމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާ އިން އޭއެފްސީ ކަޕްގައި ބަޝުންދަރާ ކިންގްސްއާ ކުޅެން ތައްޔާރުވި މެޗަށް ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން އައިސަމް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭއެފްސީ ކަޕް ގްރޫޕް ޑީގައި މިރޭ ކަލްކަތާގައި މޯހަން ބަގާން ސުޕަ ޖަޔަންޓާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، އެއީ އިންޑިއާގެ ވަރުގަދަ ޓީމެއް ކަމުގައި ވިޔަސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވުމުގެ އަޒުމުގައި ކަމަށް އެ ޓީމުގެ މިޑްފީލްޑަރު، އިބްރާހިމް އައިސަމް ބުނެފި އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުން މާލޭގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން 3-1 އިން މޮޅުވިއިރު، މޯހަން ބަގާން އިން ވަނީ 4-0 އިން އޮޑިޝާ އެފްސީ ބަލިކޮށްފަ އެވެ.

އެންމެ ފަހުން ދެ ފަހަރު ވެސް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޓީމުތައް ހިމެނޭ ގްރޫޕްގެ އެއް ވަނަ ހޯދައި، އަނެއް ބުރުން ފުރުސަތު ހޯދީ މޯހަން ބަގާން އެވެ. މި ފަހަރު ވެސް އެ ޖާގަ ހޯދާނެ ކަމަށް ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތީ އެ ޓީމެވެ.

"ހުރިހާ ކުޅުންތެރިން ވެސް ވަރަށް ސަޅިކޮށް ތިބީ، ވަރަށް ރަނގަޅަށް މެޗަށް ފޯކަސްކޮށްގެން ހަމަ. މި ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް އަހަރެމެން ކުޅެން މި ނުކުންނަނީ، ހަމަ ވަރަށް ރަނގަޅަށް ފޯކަސްކޮށްގެން މެޗު ނަގަން މި ތިބީ،" މޯހަން ބަގާންއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އައިސަމް ބުންޏެވެ.

މާޒިޔާ އާއި މޯހަން ބަގާން ވަނީ އޭއެފްސީ ކަޕްގައި ފަސް ފަހަރު ކުޅެފަ އެވެ. އެ ގޮތުން ދެ މެޗުން މާޒިޔާ މޮޅުވެފައިވާއިރު، މޯހަން ބަގާން ވެސް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މޯހަން ބަގާން މޮޅުވީ އެންމެ ފަހުން ކުޅުނު ދެ މެޗުގަ އެވެ. އެއީ، 2021 ވަނަ އަހަރު މާލޭގައި ކުޅުނު އޭއެފްސީ ކަޕްގެ ސެންޓްރަލައިޒް މެޗުތަކުގައި 3-1 އިންނާއި މިދިޔަ އަހަރު ކަލްކަތާގައި ސެންޓްރަލައިޒްކޮށް ކުޅުނުއިރު، 5-2 އިންނެވެ.

އައިސަމް ބުނީ މޯހަން ބަގާންގެ ވަރުގަދަ ކަން އެނގޭ ކަމަށާއި އެ އަށް ވިސްނައިގެން ރަނގަޅު ކުޅުމެއް ދައްކަން ބޭނުންވާ ކަަމަށެވެ.

"އަހަރެމެންނަށް އެނގޭ އެ މީހުންނަކީ ވަރަށް ވަރުގަދަ ޓީމެއް ކަން. މިހާރު ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރެމެން ވެސް މި ނުކުންނަނީ ވަރަށް ވަރުގަަދަ އަށް މި މެޗަށް ރެޑީވެގެން، އެ މީހުން މޮޅޭ ކިޔާފަ އަހަރެމެން ދުލެއް ނުކޮށްލާނަން،" ގައުމީ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އައިސަމް ބުންޏެވެ.

"އޭޓީކޭއާ މިހާރު މި ކުޅެނީ ދެ ވަނަ ފަހަރު ކަންނޭނގެ އަވޭގައި. ދެން އެ ގޮތަށް ނުވިސްނަން، ހޯމް އެންޑް އަވޭ ވިޔަސް އުނދަގޫތަކެއް ހުންނާނެ. ދެން، އަވޭ މެޗުގައި ވެސް ރަނގަޅު ނަތީޖާ ނެރެން ނުކުންނާނީ. ހިތްވަރު ކުރާނަން، ފުލް ޓައިމް ހަމަވަންދެން، އިންޑިއާ އާއި މޯލްޑިވްސް ކުޅުނަސް، އަބަދުވެސް ވަރަށް ޓަފް ވާނެ. އަހަރެމެން މޮޅުވާން ނުކުންނާނީ،"

މާޒިޔާ އާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ މިއަދު 19:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox