މާޓީނޭޒް ތިން މަހަށް ކުޅުމާ ދުރަށް، އެންތަނީ ޕްރެކްޓިހަށް!

Sep 30, 2023, 4:53 AM
މާޓީނޭޒް ތިން މަހަށް ކުޅުމާ ދުރަށް، އެންތަނީ ޕްރެކްޓިހަށް!

ލަންޑަން (ސެޕްޓެމްބަރު 30) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒްގެ ފަޔަށް ލިބުނު އަނިޔާއަކާ ހެދި ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހުނުއިރު، ގެވެށި އަނިޔާގެ ތުހުމަތު އަމާޒުވެފައިވާ ބްރެޒިލްގެ ވިންގް، އެންތަނީ ޔުނައިޓެޑްގެ ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.

މިދިިޔަ އޭޕްރީލް މަހު ވެސް ލިސަންދްރޯ، 25، ގެ ފަޔަށް ލިބުނު އަނިޔާއަކާ ހެދި ސީޒަންގެ ފަހުކޮޅު މެޗުތަކެއް ގެއްލުނެވެ. އެ އަނިޔާއިން ރަނގަޅުވެގެން މި ސީޒަނުގައި މާޓީނޭޒް އަލުން އަނބުރާ ކުޅުމަށް އައި ނަމަވެސް، އަލުން ކުރީގެ އަނިޔާގެ ކަންކަން ވަނީ ދިމާވެފަ އެެވެ. އެހެންވެ، ފުރިހަމަ ފަރުވާ އެއް ކުރުމަށްޓަކައި ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ޔުނައިޓެޑުން މީޑިއާ އަށް މައުލޫމާތު ދެ އެވެ.

ގެވެށި އަނިޔާގެ ތުހުމަތެއް އަމާޒުވެފައިވާ ބްރެޒިލްގެ ވިންގް، އެންތަނީގެ މައްސަލަ މެންޗެސްޓާ ސަރަހައްދުގެ ފުލުހުން ވެސް ބަލާނެ ކަމަށް އިއުލާނުކޮށްފައިވާއިރު، އެ ތަހުގީގު ކުރިއަށްދިޔަ ނަމަވެސް އެންތަނީ އަށް ޔުނައިޓެޑްގެ ޕްރެކްޓިހަށް ނުކުމެ މެޗުތަކުގައި ކުޅެވޭނެ ކަމަށް ޔުނައިޓެޑުން ވަނީ ބުނެފަ އެވެ.

އެންތަނީގެ ލޯބިވެރިޔާ، ގަބްރިއެލާ ކަވަޔީން ތުހުމަތުކުރާގޮތުގައި މެންޗެސްޓާ ސަރަހައްދުގެ ހޮޓަލެއްގެ ތެރެއިން އެންތަނީ ވަނީ ގަބްރިއެލާ އަށް ހަމަލާދީފަ އެވެ. ގަބްރިއެލާ ތުހުމަތުގައިވާ ގޮތުން މާރާމާރީ ހިންގުމުގެ އިތުރުން އޭނާ އަށް އެންތަނީ ވަނީ އިންޒާރު ވެސް ދީފަ އެވެ.

އެންމެ ފަހުން، އެންތަނީ ޔުނައިޓެޑްގެ މެޗެއްގައި ކުޅެފައިވަނީ އާސެނަލް އަތުން 3-1 އިން ބަލިވި މެޗުގަ އެވެ. އެ ފަހުން ޔުނައިޓެޑް ކުޅުނު ހަތަރު މެޗުގައި ވެސް އެންތަނީ ނުފެނެ އެވެ. ޓީމުން ދިން ބްރޭކެއްގައި އޭނާ ހުރީ ބްރެޒިލްގަ އެެވެ.

އެންތަނީ އާއި ލިސަންދްރޯ އަކީ ކުރިން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްއާ އެކު، އަޔަކްސްގައި މަސައްކަތްކުރި ދެ ކުޅުންތެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox