އާދަންބެ ސިފަކުރެއްވި ދެނަވުގެ ރާތިބު

އާދަންބެ ސިފަކުރެއްވި ދެނަވުގެ ރާތިބު

ކުޅަދާނަ ޅެންވެރިޔާ އާދަމް ޢަބްދުއްރަޙްމާން ނުވަތަ އުތީމު އާދަންބެގެ ހަތަރުވަނަ ޅެންފޮތް "އަލިމަސް"ގެ ދީބާޖާގައި ލިޔުއްވާފައިވެއެވެ.

"އާދެ! މި ފޮތުގެ 43 ވަނަ ޅެން "ދެނަވުގެ ރާތިބު" ވިދާޅުވެފައި ބައެއް ބޭފުޅުން މާ ގައިކޮޅާ ނުވެދާނެއެވެ. ބައެއް ބޭފުޅުން ފޫހިފުޅުވެސް ވެދާނެއެވެ. އަދި މި ޅެމުގައި މި ކިޔަނީ ކީކޭހޭ؟ ވިދާޅުވެ ސުވާލު އުފައްދަވާފާނެ ބޭފުޅުންވެސް ތިއްބަވާފާނެއެވެ. ސުވާލު އުފައްދަވާ ބޭފުޅުން ޅެމުގައި ކިޔަނީ ކީކޭތޯ ބެއްލެވުމަށްޓަކައި، ފުރަތަމަ އެތައް ޒަމާނަކުއްސުރެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަމަޖެހި އޮވެގެން ހިނގަމުން އައި ގޮތް ހިތްޕުޅަށް ގެންނަވާށެވެ. ދެން ޅެމުގެ ތާރީޚަށް ބައްލަވާށެވެ. ތާރީޚާ ދިމާވާ ޙާލަތުގައި، އެއްކަލަ ވެރިކަމުގެ ނިޒާމު ހިނގަމުން އައި ގޮތަށްވެސް ވިސްނާވަޑައިގަންނަވާށެވެ. އަދި ޅެމުގައި ހިމަނާފައިވާ ނުސީދާ ނަންތައް ސީދާ ޙަޤީޤީ ގޮޅިތަކަށް ފައްތަވާލައްވާށެވެ. ދެން ޅެން މާނަކޮށްލައްވާށެވެ."

އި އިރުޝާދާ އެއްގޮތަށް މި ޅެން މާނަކުރަން އަޅުގަނޑު ޢަޒުމުކަނޑައަޅައިފީމެވެ. ކުރު ޅެމެއްކަމުން، މި ތަނުގައި މުޅި ޅެން ހިއްސާކޮށްލާނަމެވެ.

މާ އިހުޒަމާނަކުއްސުރެ އޮންނާތި އާދަކޮށްފާ

ނާކޮޅުތަކުގެ ރާތިބު ކިޔައޭ އެއާ ގުޅާފާ

މާރީތި ހަމަތަކެއްގައި ކާފާގެ ކާފަމެންވެސް

ރާތިބު ކިޔާ އުޅުނުގޮތް ވާތީފެނޭ ލިޔެވިފާ

ވާތީ ޒަމާން ފުރޮޅިފާ އާޖީލު ދެއްކި މަގުގައި

ރާތިބު ކިޔާ ގޮތަށް ބޮޑު ބަދަލެއްވަނީ ގެނެވިފާ

އާރާގަކަށް ކިޔަންފެށި މާމޮޅު ފޮތެއް ބަލައިގެން

ރާތިބު މިހާރު މިވަނީ އިހު ކީގޮތަށް ނުކިއިފާ

ރާގަށް ބަދަލުގެނައިމާ އައި ވަޖިދުގައި ވަނީވެސް

މާރީތި ފާޑުފާޑަށް ފިލިކޯޅި ބަދަލުކޮށްފާ

ދެނަވުގެ ދެމާލިމީންނާ ނަކުވާގެ މުޖުމަރާއަށް

އެވަނީ މިހާރު ލިބިހުރި ހުރިހާ ދުމެއް އަޅާފާ

ބޮޑުނާކޮޅުން ކިޔާލަވަ ނުވެފާ ދިމާ އެ ނަވަކާ

ކުޑަނާކޮޅުން ކިޔާލަވަ އެ ވަނީ އުޞޫލު އޮޅިފާ

ދަތްދޮޅި އެ މަޚްރަޖައިގާ ހަތްކޮޅުގެ ބޭފުޅުންވެސް

އަތްޕުޅު އުފުއްލަވައިގެން ތިބެނީ ދެލޯމަރާފާ

ފެށްޓެވި މަގުން މި ރާތިބު އަދު ތިއްބެވީ މުރީދުން

ނެއްޓިއްޖެ އަތި ހަމައިން ދެން ނިންމާނެގޮތް ނުއެނގިފާ

ރާތިބަކީ ތޯއެވެ؟ ރާތިބު ނުވަތަ ރާތީބަކީ އިށީނދެ އިނދެގެން، ޢަރަބި ޅެން ކިޔަމުން ކުޅޭ ކުޅިވަރެކެވެ. މީގައި ކުޑަނަވު ރާތިބު ލަވަ އާއި ބޮޑުނަވު ރާތިބު ލަވަ ހިމެނެއެވެ. މިއީ އިހުގައި ރަސްމީ ކަންކަމުގައި ޖެހި ޒާތުގެ ދަނޑިބެރު ޖަހައިގެން ކިޔާ ލަވައެއްކަމަށްވެއެވެ. މަޝްހޫރު ލިޔުންތެރިޔާ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވަނީ، ޢަރަބި ބަހާއި ތަމަޅަ ބަހުން ރާތިބު ކިޔައި އުޅުނުކަމަށެވެ. ޢަބްދުލްޢަޒީޒް ވިދާޅުވާ ގޮތުން، ރާތިބު ކިޔައި އުޅެނީ ވަޖިދު ވުމަށެވެ. އެ ހިސާބުގަނޑުގައި ކިޔައި އުޅެނީ "ރާތިބަތުން ޖަލާލިއްޔާ" ކިޔާ ފޮތެއްގައި ލިޔެގެން ގެންގުޅުނު ޢަރަބި އަދި ތަމަޅަ ޅެންތަކެއް ކަމުގައި ޢަޒީބެ ވިދާޅުވެއެވެ. ޢަޒީބެ ވިދާޅުވިގޮތުގައި ކުރީގައި ރަސްމީ ކަންކަމުގައި، މިސާލަކަށް ބޮޑުނާކޮޅާއި ކުޑަނާކޮޅާ ގުޅުންހުރި ރަސްމުތަކުގައިވެސް ބުރުދާ، މާލޫދު އަދި ރާތިބު ކިޔައި އުޅުނުކަމަށްވެއެވެ.

އުތީމު އާދަމް ޢަބްދުއްރަޙްމާންގެ "ދެނަވުގެ ރާތިބު"ގައި ރާތިބުގެ ވާހަކަ ހުށަހަޅުއްވާފައިވަނީ މަޖާޒީ ސިފައެއްގައެވެ. ޅެން ފައްޓަވާފައިވަނީ، ކާބަފައިޒަމާނުއްސުރެ ދިވެހީން ނާތަކުގެ ރާތިބު ކިޔަމުން އައީ، ވާރުތަވަމުން އައިސްފައިވާ ރީތި ހަމަތަކެއްގެ މަތިން ކަމުގައި ސިފަކުރައްވަމުންނެވެ. އެހެން ނަމަވެސް ޒަމާން ބަދަލުވެ، އާޖީލެއްގެ އަތްމައްޗަށް ބާރު ދިއުމާއެކު، ރާތިބު ކިޔާ ގޮތަށް ބޮޑު ބަދަލެއް ގެނައިކަމަށް އާދަންބެ ވިދާޅުވެއެވެ. އާ ރާގަކަށް ކިޔަންފެށި ރާތިބު ކިޔަންފެށީ، ކާބަފައި ޒަމާނުއްސުރެ އެ ކިޔަން ދަސްކޮށްދިން ފޮތް އެއްފަރާތްކޮށް އާ ފޮތަކަށް ބަލައިގެން ކަމަށާއި، އެހިސާބުން، ކުރީގައި ކީ ގޮތަށް ރާތިބު ކިޔަން ނޭނގެން ފެށިކަމަށް ވިދާޅުވެފައިވެއެވެ. ރާގަށް ގެނައި ބަދަލާއެކު، ކުއްލިއަކަށް ވަޖިދެއްވި ކަމަށާއި، އެ ވަޖިދުގެ ފޯރީގައި އާ ގޮތްގޮތަށް ރާގު ބަދަލުކުރަމުންދިޔަކަމަށް ސިފަކުރައްވާފައިވެއެވެ. ދެ ނަވުގެ މާލިމީންނާއި ބުންބާ ބޯޓުގެ ނެވިކަމުގައި ހުރި ނަކުވާ ގެންގުޅުނު ދުން މުޖުމަރާއަށް އަތުގައި ހުރި ހުރިހާ ދުމެއްވެސް މިހާރު އަޅައި ނިންމާފައިވާކަމަށް ވިދާޅުމަށްފަހު ދެން ސިފަކުރައްވަނީ މި އާ ފޮތުން ރާތިބު ކިޔަން ފެށުމާއެކު ދެން ކަންކަން ނިއުޅުނު ގޮތެވެ. ބޮޑުނާކޮޅުން ކިޔާ ލަވަ އެ ނަވަކާ ދިމައެއް ނުތްވެވެ. ކުޑަނާކޮޅުން ކިޔާ ލަވައިގެ އުޞޫލު އޮތީ އޮޅިފައެވެ. ހަތްކޮޅުގެ ބޭފުޅުންވެސް ދަތްދޮޅި މަޚުރަޖުގައި ލަވަކިޔަމުންދިޔައިރުވެސް ތިބީ އަތްއުފުލައިގެން ލޯމެރިފައެވެ. ނުވަތަ ވާނުވާއެއް ނޭނގޭ ފަދަ ހާލަތެއްގައެވެ. ޚުދު ބޮޑުލަވައިގެ އެދުރުން ނުވަތަ މުރީދުންވެސް ތިބީ ލަވަ ފައްޓާނެ ކޮޅެއް ނިންމާނެ ކޮޅެއް ނޭނގޭ ޙާލަތުގައްޔޯއެވެ.

ދެހާސް އަށް ވަނަ އަހަރު ވެގެންދިޔައީ ދިވެހި ސިޔާސީ މަސްރަޙަށް އިންޤިލާބެއް ގެނުވި އަހަރަކަށެވެ. އުއްމީދީ އެތައް ބަދަލުތަކަކަށް އެދި އެދި ތިބި ދިވެހިންގެ ގިނަ ބަޔަކަށް ބަދަލެއްގެ ފެށުން ދެއްކި އަހަރަށެވެ. މަޝްހޫރު ނޫސްވެރިޔާ މޫސާ ލަޠީފުގެ ފޮތް "ފެބްރުއަރީ ހަތެއް"ގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ އިޢުލާންކުރަމުންދިޔަ އިރު، ބަދަލެއް ޔަޤީން ވުމާއެކު މުޅި ދިވެހި ޤައުމު ކުރަމުންދިޔަ އިހުސާސްތައް، އެ ރޭ ފަތިހުގެ ރަން ދޯދިތަކާއެކު ސިފަވެގެންދިޔަ ގޮތުގެ ގަމަލީ ތަސްވީރެއް ކުރައްސަވާފައިވެއެވެ.

"އަރައިގެން އައި ހެނދުނުގެ ރީތި އިރުގެ ދޯދިތައް ރާއްޖޭގެ ހިތްގައިމު ރަށްތަކަށް ހިތްފަސޭހަކަން ގެނެސްދިންއިރު، ވެރިރަށް މާލޭގެ ލޮނުޒިޔާރަތްކޮޅަށް އެތައް ހާސް ބަޔަކު ޖަމާވެފައިއޮތީ ހަމައެކަނި އެ މަންޒަރު ބަލާކަށެއް ނޫނެވެ. އެއީ ބޮޑު ދުވަހެކެވެ. ރާއްޖޭގެ ތާރީޚުގައިވެސް ދެކެފައި ނުވާ، ހެކިވެފައި ނުވާ، މުޅިން އާ ތަޖުރިބާއެއްގެ އުފާވެރިކަން ފާޅުކުރުމުގެ ހެނދުނެކެވެ. ޒަމާނީ ޑިމޮކްރަސީއޭ މިކިޔާ ވެރިކަމުގެ ނިޒާމުގައި ހިމެނޭ ތިން ބާރު މުޅިން ވަކިކޮށް، އިންސާނީ އެންމެ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޝުޢޫރު ފާޅުކުރުމަށް އެއްވެ އުޅުމުގެ މިނިވަންކަން ގެނެސްދިން އާ ޤާނޫނު އަސާސީއެއްގެ ދަށުން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު އެމްޑީޕީގެ މުޙައްމަދު ނަޝީދު ކާމިޔާބުކުރެއްވުމުގެ އުފާ އިހުސާސްކުރަން، އާ ދުވަހެއްގެ، އާ އިރެއްގެ ފުރަތަމަ ދޯދިތައް ބަލައިލުމުގެ އެއްވުމެވެ."

މޫސަގެ ހިނގާ ގަލަމުން އެ ސިފަކޮށްދެއްވީ އެ ދުވަހު ދިވެހިންގެ ގިނަ ބައެއްގެ ހިތުގައި ހިނގަމުންދިޔަ ޝުޢޫރުތަކެވެ. މާ އިހުޒަމާނުއްސުރެ ކިޔަމުންދިޔަ ރާތިބު ފޮތް ބަދަލުކޮށް، އާ ފޮތަކުން ބަލައިގެން އާ ރާގަކަށް ރާތިބުކިޔަން ފެށީ ހިސާބަކީ މިއީއެވެ. އެހެންނަމަވެސް މި އާ ރާތިބު ލަވައަށް ދިވެހިން އަދި ފަރިތަ ނޫންކަން އެނގުނީ އިސާހިތަކުއެވެ. ދުނިޔޭގެ އިޤްތިޞާދަށް އައި ބަދަލުތަކުގެ ލޮޅުންތަކާއެކު، މާލީ އަދި އިޤްތިޞާދީ ދަތިތައް ރާއްޖެއަށް ކުރިމަތިވާންފަށައިފިއެވެ. އިންތިޚާބު ކާމިޔާބުކުރި ކޯލިޝަން މަޑުމަޑުން ރޫޅި، ވެރިކަންކުރާ މައި ޕާޓީ އެކަހެރިވާން ފައްޓައިފިއެވެ. މި ހާސްކަމުގެ ތެރޭގައި މައްސަލަ ޙައްލުކުރާނޭ ގޮތް ނޭނގި، އެއްފަހަރު ވަޒީރުންގެ މަޖިލިސް އެއްކޮށް އިސްތިއުފާ ދީފިއެވެ. މަޖިލީހުގައި ބަސް ނުވިކޭން ފަށައިފިއެވެ. އިދިކޮޅުން އެއް ލަވައެއް، ވެރިކަމުން އެއް ލަވައެއް ކިޔަން ފަށައިފިއެވެ. ދެ ނަވުގެ މުރީދުންނަށްވެސް ރާތިބުގެ ރާގު އޮޅުނީ މިހިސާބުންނެވެ. މިހެން ގޮސް 2011 ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަސް ވެގެންދިޔައީ މި ވެރިކަން ނިމުމުގެ ފެށުމަށެވެ. ވެރިކަން ބަލިކަށިވީ ދަނޑިވަޅުގައި ރައްޔިތުންގެ ހިތް ފުރޮޅާލުން ވެގެންދިޔައީ އިދިކޮޅަށް ލިބުނު ރަނުގެ ފުރުޞަތަކަށެވެ. ޢަލީ މޫސާ ދީދީގެ ފޮތް "ސިޔާސީ ކެންސަރު"ގައި ލިޔުއްވާފައިވެއެވެ.

"މިހުރިހާ މަސައްކަތައް ހުރަހަކަށްވީ، ޝޭޚުންނާއި، ވިޔަފަރިވެރިންނާއި، ރިސޯޓުތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި. ފުލުހުންނާއި، ސިފައިންނާއި، ސިޔާސީ ޕާޓީތަކުގެ މީހުންގެ ތެރެއިން ބަޔަކު ކުރި ބަޣާވާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް މަޖުބޫރުކޮށްގެން 07 ފެބްރުއަރީ 2012 ދުވަހު އިސްތިއުފާ ދެއްވުން ނޫން އެހެން ގޮތެއް ނެތުމުން ވެރިކަމުން ދުރުކުރެވުނީއެވެ. ނުވަތަ އިސްތިއުފާދެއްވީއެވެ. މި ބަޣާވާތަކީ ދުރާލާ ރޭވިގެން ކުރި ބަޣާވާތެކެވެ."

ދެހާސް ބާރައިގެ ހަމަނުޖެހުމަށް ފަހު، އަދިވެސް، ޤައުމުގައި އޮންނަންވީ ވެރިކަމުގެ ނިޒާމެއްގެ ބަހުސް އަދިވެސް ކޮޅެއްގައި ނުޖެހެއޭ ދެންނެވިދާނެއެވެ. އުއްމީދާއެކު 2008 ވަނަ އަހަރު ގެނައި ބަދަލު އެއީ ހަމަ އެންމެ ކަމުދާ ބަދަލުކަމާމެދު ސުވާލު އުފެދި އެ ބަދަލާ އިދިކޮޅަށް ބަޔަކު މަސައްކަތްފެށީއޭ ދެންނެވިދާނެއެވެ. 2008ގެ ބަދަލަށް ފަހިކުރަން އުފަންކުރި ފެހި ޤާނޫނު އަސާސީގައި ތިން ބާރާ މެދު ހުރި ބައިތަކުގައި ހުރި ލޫޕްހޯލްތަކުގެ އެހީގައި، އެ ބަދަލު ގެނައި މީހުންނަށް ގެއްލުން ދޭނޭ ގޮތްތައް ބަޔަކު އީޖާދުކުރީ ކަމަށް ބެލެވިދާނެއެވެ.

ކޮންމެއަކަސް، ރާތިބު ކިޔަން ތިބި މުރީދުންނަށް އާފޮތުން ކީ ރާތިބު އޮޅުން ބޮޅުންވެ، ހަމައިން ނެއްޓި، ވަޖިދުވެސް ވާން ނޭނގި، ރާތިބު ހަމައިން ނެއްޓީ މި ހިސާބުންކަމަށް ޅެން ކިޔާ މީހާއަށް ބަލާނޭ ޖާގަ އެބައޮތެވެ.

ތާރީޚުގެ ބައިން ފެއަށް ޖެހި، އަދަބިއްޔާތަށް ބަލާލަމާ ހެއްޔެވެ. މި ޅެމަކީ އެލެގަރީ (allegory) އެކެވެ. އެލެގަރީއަކީ، ޅެމެއް ނުވަތަ ވާހަކައެއް މާނަކުރުމުން އޭގައި ދެލިގަނޑުން ފެންނާން އޮންނަ މާނައިގެ އިތުރުން ފޮރުވިފައިވާ މާނައެއް އޮންނަ ޅެމެއް ނުވަތަ ވާހަކައެކެވެ. ފުރަތަމަ ޅެން ކިޔާލާއިރު، އަޅުގަނޑުމެންނަށް ދޭހަވަނީ ދެ މުރީދަކު ކިޔާ ރާތިބު ދިމާނުވެ އޮޅިގެން އުޅޭކަމެވެ. އެ ރާތިބު ކިޔުމުގައި ބައިވެރިވާ އެކި މީހުންނަށް އާ ފޮތުން ކިޔާ ރާތިބު ކިޔަން ނޭނގިގެން އުޅޭކަމެވެ. ފޮރުވިފައި މިވަނީ އިޖުތިމާއީ/ސިޔާސީ މާނައެއްކަމަށް ބެލެވޭނެ ޖާގަ ޅެން ހަދާފައިވާ ތާރީޚުން އެބަ ދެއެވެ. އެ ދަނޑިވަޅަކީ ރާއްޖޭގެ ސިޔާސީ މަސްރަޙު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެކެވެ. ނަގާކިޔާ އިސްވާރުން ގިނަ، ދެމީހެއްގެ ރަޢުޔު އެއްގޮތްވުން ތަދު ދުވަސްވަރެކެވެ. 2008ގައި ގެނައި ނިޒާމީ ބަދަލާމެދު ސުވާލު އުފެދި، އިހު އޮތް ގޮތް މާ ރަނގަޅުތޯ ސުވާލުކުރެވުނު ދުވަސްވަރެކެވެ. އާ ޤާނޫނު އަސާސީ އެ އޮތީ ދިވެހި މާހައުލަށް އެންމެ ފެތޭގޮތަށްތޯ ސުވާލު އުފެއްދިއެވެ. މި ޅެމަކީ އެލެގަރީއެއްކަން ދެނެ ތިބެ، މި ޅެމުގައި އެ އިޝާރާތްކުރާ އެކި ކަންކަމަށް ވިސްނަމުން، އަލުން މި ޅެން ވިދާޅުވާށެވެ. ލައްކަ ގިނަ މާނަ ނަގާނޭ ޖާގަ ލިބޭނެއެވެ.

ހަނދާނަށް އަންނަނީ "ވަން މޭންސް މީޓް" މި ފޮތުގައި އީ ބީ ވައިޓް ފާޅުކުރައްވާފައިވާ ޚިޔާލެކެވެ. ތަރުޖަމާކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ.

"ޅެންވެރިޔާ މަސައްކަތްކުރާނީ ފުދޭވަރަށް ސާފުކޮށްދެވޭތޯއެވެ. އެއަށްވުރެ ބޮޑަކަށް ނޫނެވެ. އޭނާ ޖަމާލިއްޔަތުގެ ފަރުދާ ކަހާލާނެއެވެ. އެހެންނަމަވެސް އެއްކޮށެއް ނޫނެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox