އެމްއެންޕީ ދޫކޮށް ދުންޔާ އަނެއްކާ ވެސް ޕީޕީއެމްއަށް ސޮއިކޮށްފި

ޕީޕީއެމް/ޕީއެންސީން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ދުންޔާ، ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒުއާ ސަލާމްކުރައްވަނީ --

ޕީޕީއެމް/ޕީއެންސީން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ދުންޔާ، ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒުއާ ސަލާމްކުރައްވަނީ --

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްއެއްގެ މަގާމުގައި ހުންނެވި ދުންޔާ މައުމޫން އެ ޕާޓީ ދޫކުރައްވައި އެނބުރި ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެ ޕާޓީއާ ފޯމު ހަވާލުކުރެއްވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ކެމްޕެއިން އިވެންޓެއްގެ ތެރެއިންނެވެ.

ދުންޔާ އެންމެ ފުރަތަމަ ސިޔާސީ މަސައްކަތް ކުރެއްވީ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިންނެވެ. އަދި ޑީއާރްޕީ ބައިބައިވުމުން ޕީޕީއެމް އުފެއްދި އިރު އެ ޕާޓީއާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ކުރެއްވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަމުން ދުންޔާ އިސްތިއުފާ ދެއްވީ، ޔާމީންއާއި ރައީސް މައުމޫންގެ ހިޔާލު ތަފާތުވެ، ޕާޓީ ތެރޭގައި ކޯޅުން އުފެދިފައި ވަނިކޮށެވެ. އެކަމަކު، އޭގެ ފަހުން ވެސް އޭނާ އެ ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.

އޭގެ ފަހުން، 2021 ވަނަ އަހަރު ސިޔާސީ ގޮތުން ދުންޔާ ފެނިގެން ދިޔައީ އުމަރު ނަސީރު ފެއްޓެވި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ކިޔާ ހަރަކާތަކުންނެވެ.

އެކަމަކު، އެ މަސައްކަތް ދޫކުރައްވައި އޭނާ ދެން ގުޅިވަޑައިގަތީ އެމްއެންޕީއާ އެވެ. މިއަދު ޕީޕީއެމްއަށް ސޮއި ކުރުމާ ހަމައަށް އޭނާ ހުންނެވީ އެ ޕާޓީގެ ނައިބު ރައީސެއްގެ ގޮތުގަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރި އެމްއެންޕީން މިހާރު ވަނީ ޕީޕީއެމް/ޕީއެންސީއާއެކު ދެވަނަ ބުރަށް ކޯލިޝަން ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox