ކޮމިޓީތަކަށް އެމްޑީޕީން ހަމަޖައްސާ މެމްބަރުންގެ ނަންތައް މި ހަފްތާ ތެރޭގައި ފޮނުވާނަން: އަސްލަމް

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މީގެ ކުރިން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މީގެ ކުރިން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް އެމްޑީޕީން ހަމަޖައްސާ މެމްބަރުންގެ ނަންތައް މި ހަފްތާގެ ތެރޭގައި ފޮނުވާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލާނެ ގޮތް މިދިޔަ ހަފުތާގެ ފަހު ޖަލްސާއިން ފާސްކޮށް، ޕާޓީތަކުން ކޮމިޓީތަކަށް އަންޔަންކުރަން އެދޭ މެމްބަރުންގެ ނަންތައް ފޮނުވަން އޮތީ އަންގައިފަ އެވެ. މިއަދު މަޖިލީހުގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތަކަށް މެމްބަރުން އައްޔަންކޮށް ތަޅުމުން އެކަން ފާސްކުރުމެވެ. ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީން ނަންތައް ފޮނުވާފައިވާއިރު އަދި އެމްޑީޕީން ނަންތަކެއް ނުފޮނުވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ އަސްލަމް މިއަދު "އަދަދު"އަށް ވިދާޅުވީ، ކޮމިޓީތަކަށް އުނި އިތުރުވި ގޮތަށް ބަލައި ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން އަދި އެ ޕާޓީގެ މެމްބަރުންނާ މަޝްވަރާ ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ގެންނަން ޖެހޭ ބަދަލުތައް ގެންނާނީ މަޝްވަރާ ކުރެވި އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށެވެ.

"ކޮމިޓީތަކަށް ގެންނަން ޖެހޭ އެޖަސްޓްމެންޓްތައް އަދި އަޅުގަނޑުމެންނަށް ނުގެނެވޭ. އެޖަސްޓްމެންޓްސް ގެނެވި އެންމެންނަށް އެއްބަސްވެވުނީމަތާ އަޅުގަނޑުމެންނަށް އެންމެންނަށް އެއްބަސްވެވިގެންތާ ކޮމިޓީތަކުގެ ކަންކަން ހަމަޖައްސަން ޖެހޭނީ،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ވީކް ތެރޭގައި އިރާދަކުރެއްވިއްޔާ އެކަން ނިންމައި، ނަން ފޮނުވާނަން،"

އާންމު އުސޫލުން ހެނދުނު 9:00 ޖަހާއިރަށް މިއަދުގެ މަޖިލިސް ޖަލްސާ ފަށަން ތާވަލު ކުރި ނަމަވެސް ގަޑިން 9:20 ހިނގި އިރު ވެސް ކޯރަމް ހަމަވާ އަދަދަށް މެމްބަރުން ވަޑައިނުގެންނެވުމުން މިއަދުގެ ޖަލްސާ ނުބޭއްވުނެވެ. މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއް ފަށަން ކޯރަމް ހަމަވާނީ 22 މެމްބަރުން ވަޑައިގެންނެވުމުންނެވެ.

އަސްލަމް ވިދާޅުވީ އޭނާއަށް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުނީ މާލެއިން ބޭރުގައި ހުންނެވުމުން ކަމަށެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ގަސްދުކުރަނީ އެމްޑީޕީއާއެކު މަޝްވަރާކުރުމަށްފަހު ކަމަށް މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ މެމްބަރުން ޖަލްސާއަށް ވަޑައިގަންނަވަން ގަސްދުކުރައްވާނަމަ ޖަލްސާ ބާއްވަވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox