ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ކަރުދާހުގައި އެންމެންގެ ވޯޓުން ހޮވާ ރައީސެއް

ރައީސް މުހައްމަދު ނަޝީދު، ވެރިކަމުގެ ނިޒާމުގެ އޮނިގަނޑުތަކުގެ މައުލޫމާތު ކަރުދާސް ބައްލަވާލައްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް މުހައްމަދު ނަޝީދު، ވެރިކަމުގެ ނިޒާމުގެ އޮނިގަނޑުތަކުގެ މައުލޫމާތު ކަރުދާސް ބައްލަވާލައްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުކުރި ބަރުލަމާނީ ނިޒާމުގެ ކަރުދާހުގައި ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއެއް ހިމަނައި ދައުލަތުގެ އެންމެ މަތީވެރިއެއްގެ ގޮތުގައި ހުންނަވާ ރައީސުލް ޖުމްހޫރިއްޔާ އާއްމު ވޯޓުން ހޮވާ ގޮތަށް ހިނަމުއްވައިފި އެވެ.

ބަރުލަމާނީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި ދައުލަތުގެ އެންމެ އިސް ވެރިޔަަކީ ރަސްކަލެއް ނުވަތަ ގާނޫނުހަދާ މަޖިލީހުން ކަނޑައަޅާ ރައީސެކެވެ.

އަންނަ އޮކްޓޯބަރު މަހުގެ 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ގަރާރަކުން ފާސްކޮށްފައިވާއިރު، އެ ވޯޓަށް ތައްޔާރުކުރި މައުލޫމާތު ކަރުދާހެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ޕްރެސް ކޮންފެރެންސެއްގައި އިއްވެވި އެވެ.

Advertisement

ނަޝީދު އިއްވެވީ އެ ކަރުދާހުގައި ހިމެނޭ ބަރުލާމާނީ ނިޒާމުގެ އޮނިގަނޑު އަދި އޭގެ ސިފަތަކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ބަރުލަމާނީ ނިޒާމު އޮންނަ ބައެއް އެހެން ގައުމުތަކުގައި އޮންނަ ފަދައިން ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅާ ރައީސްއަކު އޭގައި ނުހިމެނެ އެވެ.

އެ ކަރުދާހުގައި، ދައުލަތުގެ އެންމެ އިސް ވެރިޔަކީ ހުރިހާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާ އެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާ، ޗީފް އޮފް ކޮމާންޑްސްގެ ބާރު ވެސް ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މީގެ އިތުރުން ގާނޫނެއް ވުޖޫދު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނީ އޮނިގަނޑެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުންނެވެ. އެ އޮނިގަނޑު ނުވަތަ ބިލު ތަސްދީނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ ބާރު ވެސް ރައީސަށް ލިބެ އެވެ.

ބަރުލަމާނީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގައި ވެސް، ގާނޫނު ހަދާ މަޖިލީހުން އިންތިހާބު ކުރާ ރައީސްއަކަށް އެ ބާރުތައް ދީފައި އޮވެ އެވެ. ފްރާންސް، ސްރީލަންކާ ފަދަ ބައެއް އެހެން ގައުމުތަކުގައި އޮންނަނީ ނަޝީދު ހުށަހެޅުއްވި ކަރުދާހުގައި އޮންނަ ގޮތަށް ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރާ ރައީސެވެ.

ސަރުކާރު ހިންގުމުގެ އެންމެ މަތީ ވެރިޔަކީ ބޮޑު ވަޒީރެވެ. ބޮޑު ވަޒީރަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރެއިން، މެޖޯރިޓީ ޕާޓީން ކަނޑައަޅާ އެ ޕާޓީގެ ލީޑަރެވެ. އަދި ބޮޑު ވަޒީރުގެ ކެބިނެޓަށް ވަޒީރުން އައްޔަން ކުރަނީ މެޖޯރިޓީ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ މަރުހަލާ ވެސް އޮންނަނީ، ބޮޑުވަޒީރުގެ މަޝްވަރާއާއެކު ރައްޔިތުންގެ މަޖިލީހުން ރުހުން ދީގެން ރައީސް އައްޔަންކުރައްވާ މަގާމުތަކެއް ގޮތަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަރުހަލާ ވެސް އެ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން އައްޔަން ކުރުމުގެ ބާރު އޮންނާނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށެވެ. އަދި ފަނޑިޔާރުން ވަކިކުރުން އޮންނަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލާ މައްސަލައެއްގައި އެ ގޮތަށް ނިންމައި މަޖިލީހަށް ފޮނުވައި މަޖިލީހުން ފާސްކޮށްގެނެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދާއިރާ މެންބަރުންނަށް ޖަވާބުދާރީވާން ޖެހޭ ބައެއް ސިފަތައް ވެސް އޭގައި ހިމަނާފައިވެ އެވެ.

އޭގެ ތެރެއިން އެއް ސިފަޔަކީ އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލެ އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރަކު ޕާޓީއަކާ ގުޅޭ ހާލަތުގައި ވެސް ގޮނޑި ގެއްލެ އެވެ. އަދި އެ ހާލަތުގައި ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވަން ޖެހެ އެވެ.

މީގެ އިތުރުން މަޖިލީހުގެ މެންބަރު ދައުރުގެ މެދު ތެރެއިން ވަކިކުރަން އެ މެންބަރު ތަމްސީލުކުރާ ދާއިރާއިން ބޭނުންވާ ނަމަ އެ ގޮތަށް ހުށަހެޅޭނެ އުސޫލުތަކެއް ކަނޑައަޅަން ވެސް އޭގައިވެ އެވެ.

މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި ވެ އެވެ.

ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ. ރައީސް ސޯލިހާއި، ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތެރޭގައި ހިމެނޭ އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.

މި ވަގުތު ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވަކާލާތު ކުރަނީ ނަޝީދާއި އެމަނިކުފާނު ލީޑުކުރައްވާ ޑިމޮކްރެޓްސް ޕާޓީން އެކަންޏެވެ. ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅީ ވެސް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް ހުށަހެޅުއްވި ގަރާރު ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތް ޕާޓީ ކަމަށްވާ އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ވޯޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox