ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފި

ރައީސް ސޯލިހާއި ނަޝީދު މިއަދު ރައީސް އޮފީހުގައި: މިއަދު ދެ ބޭފުޅުން ބައްދަލު ކުރެއްވީ ގިނަ ދުވަސްތަކަކަށްފަހު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ސޯލިހާއި ނަޝީދު މިއަދު ރައީސް އޮފީހުގައި: މިއަދު ދެ ބޭފުޅުން ބައްދަލު ކުރެއްވީ ގިނަ ދުވަސްތަކަކަށްފަހު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައީސް އޮފީހަށް ވަޑައިގަނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ކާރުކޮޅުގައި ނަޝީދު މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވިއިރު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން އޮތީ އެންމެ ފަސް ދުވަހަށް ކުޑަތަންވެފަ އެވެ.

ރައީސް ސޯލިހާއި ނަޝީދު މި ބައްދަލު ކުރައްވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ދެ ބޭފުޅުން ފޯނު މެދުވެރިކޮށް މަޝްވަރާތަކެއް ކުރައްވާފައި އޮއްވަ އެވެ.

އެ ދެ ބޭފުޅުން އެއްތަނަކުން ދިމާވެ، ބައްދަލު ނުކުރައްވާ ގިނަ ދުވަސްވެފައި އޮއްވާ މިއަދު ބައްދަލު ކުރައްވާ ވަކި ސަބަބެއް އަދި ހާމަކޮށްފައި ނެތް ނަމަވެސް ބެލެވޭ ގޮތުގައި މިއީ ކުރިއަށް އޮތް އިންތިހާބާ ގުޅިގެން ކުރައްވާ މަޝްވަރާތަކެކެވެ.

ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ އާބާދީގެ 39 ޕަސެންޓް ހޯއްދަވައިގެން ރައީސް ސޯލިހު ދެ ވަނައަށް ވަޑައިގެންނެވިއިރު، ހަތް ޕަސެންޓު ހޯއްދަވައިގެން ނަޝީދުގެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވަޑައިގެންނެވީ ތިންވަނައަށެވެ. އެ ބުރުގައި ކުރި ހޯއްދެވީ 46 ޕަސެންޓު ހޯއްދަވައިގެން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

ދަ ޑިމޮކްރެޓްސް ނިންމީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެގޮތަށް ނިންމީ، ވެރިކަން ހިންގާ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓަށް އެހުމަށް މައި ދެ ޕާޓީއަށް ހުށަހެޅުމަށްފަހު ދެ ޕާޓީން ވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް ނުދިނުމުންނެވެ.

އެހެން ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ނަޝީދުގެ އިތުބާރު ނެތް ކަމަށް ސޯލިހުގެ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެއާއެކު، އަންނަ އޮކްޓޯބަރު މަހު ނިޒާމުގެ ވޯޓަކަށް އެހުމަށް ޑިމޮކްރެޓްސް އިން މަޖިލީހަށް ގަރާރެއް ހުށަހަޅައި، މިހާރު އެ ގަރާރު ވަނީ މަޖިލީހުން ވެސް ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox