400 އަކަފޫޓަށް ވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާ ނަމަ ފްލެޓް ހިލޭ ދެނީ

އެސްއޯއީ ފްލެޓް، ހުޅުމާލެ -- ފޮޓޯ: އިޔާން/އަދަދު

އެސްއޯއީ ފްލެޓް، ހުޅުމާލެ -- ފޮޓޯ: އިޔާން/އަދަދު

"ގެދޮރުވެރިޔާ" ސްކީމުގެ ދެ ވަނަ ފިޔަވަހިން ފުލެޓު ލިބޭ ފަރާތުން، މާލެ ސަރަހައްދުގައި އެ މީހާގެ އެކަނި ނަމުގައި އޮތް 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ ފްލެޓް ހިލޭވާނެ ގޮތަށް އުސޫލު ކަނޑައަޅައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ރޭގެ ވަގުތެއްގައި ގެޒެޓް ކޮށްފައިވާ "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފްލެޓު ދޫކުރުމުގެ އުސޫލުގައި ވާގޮތުން، ފުލެޓު ލިބޭ ފަރާތުން މާލެ ސަރަހައްދުގައި އެ މީހާގެ އެކަނި ނަމުގައި އޮތް 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާ ނަމަ ފްލެޓްގެ އަގު ދައްކާކަށް ނުޖެހޭނެ އެވެ.

އޭގެ އިތުރުން 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާ ނަމަ، އެ ބިންކޮޅުގެ އަގު ފްލެޓްގެ އަގުން އުނިކުރާނެ އެވެ. ފްލެޓް ލިބޭ ފަރާތުން ދޫކޮށްލާ ބިން ކޮޅު އަގު ކުރުމަށް ކަނޑައަޅާފައިވަނީ 3،500ރ. އަށް އަކަފޫޓެއްގެ އުސޫލުންނެވެ.

މި ސްކީމުގެ ދަށުން ދޫކުރާ ފްލެޓު ރަސްމީކޮށް ހަވާލުކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް މި ގަވާއިދުގައި ހިމަނާފައިވެ އެވެ. އެގޮތުން ވަކި ފަރުދެއްގެ ގޮތުގައި ހުށަހަޅައިގެން ލިބޭ ފްލެޓު އެގްރީމެންޓު ކުރެވޭނީ ހަމައެކަނި ފްލެޓް ލިބުނު ފަރާތުގެ ނަމުގައި ކަމަށާއި، ކޯ-އެޕްލިކެންޓަކާއިއެކު ހުށަހަޅައިގެން ފްލެޓް ލިބިއްޖެ ނަމަ، އެގްރީމެންޓު ކުރެވޭނީ ދެ މީހުންގެ ނަންމަތީގައި ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުސޫލުގެ މަތިންނެވެ.

ފްލެޓް ލިބޭ ފަރާތްތަކަށް ޕޮއިންޓު ދޭ އުސޫލު

  • މައި-އެޕްލިކެންޓް އަދި ކޯ-އެޕްލިކެންޓުގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް ނެތް ނަމަ: 25 ޕޮއިންޓު

މައި-އެޕްލިކަންޓުގެ 18 އަހަރުން ދަށުގެ ދަރިންނާއި، ޝަރުއީގޮތުން ބެލުން ހަވާލުވެގެންބަލަމުންދާ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު

  • އެއް ކުއްޖަކު ނުވަތަ ދެ ކުދިން: 12 ޕޮއިންޓު
  • ތިން ކުދިން ނުވަތަ ހަތަރު ކުދިން: 17 ޕޮއިންޓު
  • ފަސް ކުދިން ނުވަތަ ހަ ކުދިން: 23 ޕޮއިންޓު
  • ހަތް ކުދިން ނުވަތަ އެޔަށް ވުރެ ގިނަ: 25 ޕޮއިންޓު

ދިރިއުޅުމުގެ ހާލަތު

  • އެކަނި ނުވަތަ ދެމަފިރިން ވަކިން އުޅޭ ނަމަ: ފަސް ޕޮއިންޓު
  • ދެމަފިރިން ނޫން ދެ މީހުން އެއް ކޮޓަރިއެއްގައި ނިދާ ނަމަ: 16 ޕޮއިންޓު
  • ދެމަފިރިންނާއި ފަސް އަހަރުން ދަށުގެ ދަރިއެއް ފިޔަވައި ތިން މީހުން އެއް ކޮޓަރިއެއްގައި ނިދާ ނަމަ: 21 ޕޮއިންޓު
  • ހަތަރު މީހުން އެއް ކޮޓަރިއެއްގައި ނިދާ ނަމަ: 23 ޕޮއިންޓު
  • ފަސް މީހުނަށް ވުރެ ގިނަ މީހުން އެއް ކޮޓަރިއެއްގައި ނިދާ ނަމަ އަދި ދިރިއުޅޭ ތަނުގައި ނިދުމަށް ހާއްސަ ކޮޓަރިއެއް ނެތް ނަމަ: 25 ޕޮއިންޓު
  • ބަދިގެ ހިމެނޭ ގޮތަށް ލިވިން އޭރިއޭ 180 އަކަފޫޓަށް ވުރެ ބޮޑު ނަމަ: 0 ޕޮއިންޓު
  • ބަދިގެ ހިމެނޭ ގޮތަށް ލިވިން އޭރިއާގެ ބޮޑުމިން 90-180 ނަމަ: ހަތަރު ޕޮއިންޓް
  • ބަދިގެ ހިމެނޭ ގޮތަށް ލިވިން އޭރިއޭ 90 އަކަފޫޓަށް ވުރެ ކުޑަ ނަމަ: އަށް ޕޮއިންޓް
  • ކެއްކުމާއި ނިދުން ހަމަޖެހިފައިވަނީ އެއް ކޮޓަރީގައި ނަމަ: 12 ޕޮއިންޓް
  • ދެމަފިރިން ނުވަތަ އެކަނި އުޅޭ ފަރާތަކަށް ވަކި ފާހަނާއެއް ހުންނަ ނަމަ: 0 ޕޮއިންޓް
  • ދެމަފިރިންނާއި ފަސް އަހަރުން ދަށުގެ ދަރިން ފިޔަވައި ދެ މީހުން އެއް ފާހަނާއެއް ބޭނުންކުރާ ނަމަ: ހަތަރު ޕޮއިންޓް
  • ތިން މީހުން ނުވަތަ ހަތަރު މީހުން އެއް ފާހަނާއެއް ބޭނުންކުރާ ނަމަ: ހަ ޕޮއިންޓް
  • ފަސް މީހުން ނުވަތަ ހަ މީހުން އެއް ފާހަނާއެއް ބޭނުންކުރާ ނަމަ: އަށް ޕޮއިންޓް
  • ހަ މީހުންނަށް ވުރެ ގިނަ މީހުން އެއް ފާހަނާއެއް ބޭނުންކުރާ ނަމަ: 13 ޕޮއިންޓް

މީގެ އިތުރުން ޕްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތަކީ އެންސްޕާގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ހިމެނޭ މީހެއް ނަމަ، ނުވަތަ އެންސްޕާގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތެއް ބަލަމުންގެންދާ މީހެއް ނަމަ 10 ޕޮއިންޓު ލިބޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މި އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ފުލެޓަށް އެދި، އޮކްޓޫބަރު 24، 2023 ގެ 15:00 ގެ ނިޔަލަށް ހަށަހަޅަންޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox