ބޮޑު އިންޓްރެސްޓެއްގަައި ލޯނުނަގައިގެން އަރަބިއްޔާ އާއި ގާކޮށިން ފްލެޓު ގަތް މީހުންނަށް ފަހިދިރިއުޅުމުގެ 50 ފްލެޓު ދެނީ

ބޮޑު އިންޓްރެސްޓެއްގަައި ލޯނުނަގައިގެން އަރަބިއްޔާ އާއި ގާކޮށިން ފްލެޓު ގަތް މީހުންނަށް ފަހިދިރިއުޅުމުގެ 50 ފްލެޓު ދެނީ

ވެށިފަހި މާލެ ޕްރޮޖެކްޓުގެ ދަށުން ކުރީގެ އަރަބިއްޔާ ސްކޫލާ ގާކޮށި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ބޮޑު އިންޓްރެސްޓްގައި ލޯނު ނަގައިގެން ގަންނަން ޖެހުނު އާއިލާތަކަށް ފަހިދިރިއުޅުން މަޝްރޫއިން 50 ފްލެޓު ދޭން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "އަދަދު" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ފަރާތްތަކަށް ފްލެޓު ދޭން ނިންމީ ސޯޝަލް ހައުސިންގެ އެ މަޝްރޫއުން ފްލެޓު ގަތުމަށް އިންޓްރެސްޓް ބޮޑު ލޯނު ނަގަން މަޖުބޫރުވި ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ. އެގޮތުން އެ ފަރާތްތަކުން ވަނީ އެ ލޯނުތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުގައި އެދިފައެވެ.

އަކްރަމް ވިދާޅުވީ ކުރީ ސަރުކާރުގައި ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެ ފްލެޓުތައް ބޮޑު އަގުގައި ދިނުމަށްފަހު ފައިނޭންސް ހަމަޖައްސަން ލޯ ރޭޓުގެ ލޯނުތައް ހަމަޖައްސައިދިނީ ވަކި ބަޔަކަށް ކަމަށެވެ.

"ޑީލެއްގެ ދަށުން އެތަން ހަދަން ފެށީ. ޑަބަލް އަގުބޮޑުކޮށް. އެހެންވީމާ ދައްކަން ޖެހޭ އަދަދު ބޮޑުވާނެ. އެއަށް ފަހު ލޯނު ނަގަން ޖެހުނީ. ނުނެގުނު މީހުން ބައެއް މީހުން ބޭރުވީ. ބޭރުވީ މީހުން ބޭރުވީމާ އެ މީހުންގެ މީހުންނަށް ބަހާލާފަ އެމްއެމްއޭއިން ލޯނު ދިނީ. ބާކީ ތިބި މީހުން އެހެން މިހެން ލޯނު ނަގައިގެން ހަމަޖެއްސީ," އަކްރަމް ވިދާޅުވި އެވެ.

އަދި އެ ލޯނު ނުލިބި އެހެން ގޮތްގޮތުން ބޮޑު އިންޓްރެސްޓުގައި ލޯނު ނެގި ފަރާތްތަކުން ލޯނު ލުއިކޮށްދޭން މި ސަރުކާރުގައި އެދުނު ކަމަށާއި އެކަން ކުރެވެން ނެތުމުން ސަރުކާރުން އަޅާ ފްލެޓުތަކުން ފްލެޓެއް ދޭނެ ކަމުގެ ލިޔުން، އެދުނު މީހުންނަށް ދީފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެއީ 50 ފްލެޓެވެ.

އެމްޑީޕީ ކުރީގެ ސަރުކާރުން އަޅަން ފެށި މި ފްލެޓުތަކުގެ އަގަށް އޭރު ނިންމާފައި ވަނީ 20 އަހަރުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެއީ ގާތްގަޑަކަށް މަހެއްގެ މައްޗަށް 9،000ރ. އެވެ. ޑައުންޕޭމެންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކި ބައި 20 އަހަރަށް ބަހާއިގެން ދައްކާ ގޮތަށެވެ.

ނަމަވެސް ރައީސް ޔާމީން ސަރުކާރުން ފްލެޓްގެ އަގު ކަމަށް ނިންމީ ދެ މިލިއަން ރުފިޔާއެވެ. އަގު އަދާ ކުރަން ފަސް އަހަރު ދިން އިރު ޑައުންޕޭމެންޓެއްގެ ގޮތުގައި 400،000ރ. ދައްކަން ޖެއެވެ. އެއީ މަހަކަށް ބަލާ ނަމަ 33،000ރ. އެވެ. ފައިސާ ދައްކަން އެމްއެމްއޭ މެދުވެރިކޮށް ލޯ ރޭޓުގެ ލޯން ސްކީމެއް ސަރުކާރުން އޭރު ހަމަޖެއްސި ނަމަވެސް އެ ލޯނުތައް ހުރިހާ ފަރާތްތަކަށް ނުލިބެއެވެ.

އަދި އޭރު އެޗްޑީސީން ފައިސާ ދައްކަން ކަނޑައެޅި މުއްދަތުގެ ތެރޭގައި ފައިސާ ހަމަނުޖެެއްސޭ މީހުންގެ ފްލެޓުތައް ވިއްކާލާނެ ކަމަށް ބުނުމުން އެ ފައިސާ ހަމަޖައްސަން ބޮޑު އިންޓްރެސްޓެއްގައި ބައެއްް ފަރާތްތަކަށް ލޯނު ނަގަން މަޖުބޫރު ވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެ ފަރާތްތަކުގެ ލޯނުތަކަށް ލުޔެެއް ހޯދައި ދިނުމަށް ސަރުކާރުން ބޭންކުތަކާ މަޝްވަރާވެސް ކުރި ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ނުލިބުނު ކަމަށެވެ. އިޖުތިމާއީ ބޯހިިޔާވަހިކަމުގެ ސްކީމުން އެހެން ފްލެޓެއްގެ ފުރުސަތު ދޭން ސަރުކާރުން ނިންމީ އެ މީހުންނަށް ހޯދައިދެވެން އޮތް އެންމެ ރަނގަޅު ލުޔަށް ވާތީ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox