ގިނަ މެމްބަރުން މަޖިލީހަށް ވަޑައެއް ނުގަތް، ނަޝީދުގެ ނުރުހުން ރައީސް ސޯލިހަށް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުވެ، ޖަލްސާ ނުފެށިފައި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުވެ، ޖަލްސާ ނުފެށިފައި

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބާއްވަން އެޖެންޑާކުރި ޖަލްސާއަށް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ވަޑައިނުގެންނެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުހުރުން ފާޅުކުރައްވައިފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފަށާ ގަޑި ޖެހުނު އިރު ތަޅުމުގައި ވަޑައިގެން ތިއްބެވީ އެންމެ 17 މެމްބަރުންނެވެ. މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއްގެ ކޯރަމް ހަމަވަނީ 22 މެމްބަރުން ވަޑައިގެންނެވުމުންނެވެ.

"ރައްޔިތުންގެ މަޖިލިސް ސަބަޓާޖްކޮށް، ހުއްޓުވާފައި ބަަހައްޓަމުން މިގެންދަނީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅިގެން މިކަމާ ބައިވެރިވަޑައިގަންނަވައިގެން. އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވަން، އިލްތިމާސްކުރަން ދިވެހި ދައުލަތުގެ ބާރުތައް އަތްޕުޅު މައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވައިލައްވަން ތިޔަ ކުރައްވާ މަސައްކަތް ހުއްޓެވުމަށް،" ނަޝީދު ވިދާޅުވި އެވެ.

Advertisement

އިއްޔެއެކޭ އެއްގޮތަށް މިއަދު ވެސް ޖަލްސާގެ ކޯރަމް ހަމަވޭތޯ ނަޝީދު ވަޑައިގެން މަޑުކުރެއްވީ ރިޔާސަތުގަ އެވެ. އަދި މަޖިލީހުގެ ޔޫޓިއުބް ޗެނަލުން އެ މަންޒަރު ގެންދިޔައީ ވަގުތުން ދުރަށް ދައްކަމުންނެވެ. ވިއްސަކަށް މިނެޓް އެގޮތުގައި ހޭދަކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުވާފައި އޮތީ އެކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަމުގައި ބައިވެރިވެވަޑައިގަންނަވައިގެން ކަމަށެެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލިސް ހުއްޓުނަ ނުދީ ކުރިއަށް ގެންދަން ކުރައްވާ މަސައްކަތް ހުއްޓަވައި ނުލައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، ހުސްވަގުތު ކޮޅަކަށްފަހު 10:00 ޖަހާއިރު އަލުން ޖަލްސާ ކުރިއަށްގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox