ޑިމޮކްރެޓްސްއާ އެއްބަސްވާން ދެ ޕާޓީއަށް ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑި ދޭން ހުށަހަޅައިފި

ޑިމޮކްރެޓްސްގެ ބައްދަލުވުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޑިމޮކްރެޓްސްގެ ބައްދަލުވުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުންތަކަށް އެއްބަސްވުމަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑިއެއް ދިނުމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ޝިފާޒު ހުށަހަޅުއްވައިފި އެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ކުރިއަށްދާ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުން ފައްޓަވަމުން، އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްއާ އެކު ކުރެވުނު މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.

"އެމްޑީޕީއަށް އަޅުގަނޑުމެން ހުށަހެޅީ، ސެޕްޓެމްބަރު 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މިރެއާ ހަމައަށް ވެސް އެ ކަމަށް އާނ ބަސް ބުނެފައެއް ނުވޭ،" ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވި އެވެ.

Advertisement

އެއަށް ފަހު ޝިފާޒު ގަރާރެއް ހުށަހެޅުއްވި އެވެ. އެ ގަރާރުގައި ތަކުރާރު ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ތާއީދުކުރުމަށް ޑިމޮކްރެޓްސްއިން ހުށަހެޅި ކަންކަމެވެ.

އެމްޑީޕީއަށް ހުށަހަޅާ ކަމަކީ ސެޕްޓެމްބަރު 28 ގައި ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެވެ. އަދި އެ ކަމަށް އެއްބަސްވެ ސެޕްޓެމްބަރު 20 ނުވަތަ އަންނަ ބުދަ ދުވަހުގެ ކުރިން ޑިމޮކްރެޓްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހުށަހަޅަން ގަރާރުގައިވެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ހުށަހަޅާ ކަމަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ނަގަން ޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެއްބަސްވުމުގެ އިތުރަށް ސަރުކާރުގެ ހިއްސާ ޑިމޮކްރެޓްސްއަށް ދިނުމަށް އެއްބަސްވެވޭ ނިސްބަތަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށެވެ.

ޕީޕީއެމް/ޕީއެންސީއިން ވެސް އެ ގޮތަށް އެއްބަސްވުމަށްޓަކައި ސެޕްޓެމްބަރު 20 ނުވަތަ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑި ދިނުމަށް ގަރާރުގައިވެ އެވެ.

މި ގަރާރަށް ތާއީދުކުރައްވާ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވިދާޅުވި އެވެ. އަދި ބުދަ ދުވަހުގެ ނިޔަލަށް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ވަނީ ނަމަ އެއްވެސް ބަޔަކަށް ތާއީދު ނުކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީ ކުރިއަށް ދާނީ، ޕާޓީ އުފެއްދި އަސާސްތަކާއި ގަބޫލުކުރުންތަކާއެކު، ބަޔަކާ ގުޅެވޭނީ އެ އަސާސްތަކުގެ މައްޗަށް، އެއްވެސް ބަޔަކަށް މިއިން ކަމަކަށް އެއްބަސްނުވެވެންޏާ އަޅުގަނޑުމެން ދާނީ އަޅުގަނޑުމެން އުފެއްދި ޕާޓީއާ އެކު ކުރިއަށް،" އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލަށް މިފަދަ ގަރާރެއް ހުށަހެޅިގެން ދިޔަ އިރު މި ބައްދަލުވުމުގެ ކުރިއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިމޮކްރެޓްސްގެ ލީޑަރު މުހައްމަދު ނަޝީދު ވަނީ ފޯނުން ވާހަކަ ދައްކަވައިފަ އެވެ.

ނިޒާމީ ވޯޓާ ގުޅޭ ގޮތުން ނަޝީދާ ވާހަކަ ދެއްކެވި ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ. ނިޒާމީ ވޯޓަށް އެމްޑީޕީން އެއްބަސްވި ނަމަވެސް، އެ ވޯޓު ނެގުމަށް ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު އެވެ.

"އަޅުގަނޑު ދެންނެވިން އެއީ [އިންތިހާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ] އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ޑޭޓަކާ ދޭތެރޭ ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭރު އެ ޕާޓީގެ ރައީސަކަށް ވެސް ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ނަޝީދުގެ ވަފާތެރިން އިސްވެ، އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީ އެކެވެ.

އެހާތަނަށް އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޭގެ ފަހުން އޮތީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނެތް އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ފުރަތަމަ ބުރު ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއަކީ ޑިމޮކްރެޓްސް އެވެ. ރިޔާސީ ކެންޑިޑޭޓު އިލްޔާސަށް 15,839 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ ބުރު ކާމިޔާބު ކުރުމުގައި ޑިމޮކްރެޓްސްގެ ތާއީދު މުހިންމު ވެގެން އުޅެނީ މިހެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox