ކުލި މާފެއް ނުކުރޭ, ކުޑަކުރީ ޖޫރިމަނާގެ ރޭޓު!

Sep 18, 2023, 4:25 PM
ކުލި މާފެއް ނުކުރޭ, ކުޑަކުރީ ޖޫރިމަނާގެ ރޭޓު!

ރިސޯޓުތަކުގެ ކުލި މާފުކޮށްފައިވާ ކަމަށާއި އަދި ކުލި ނުދެއްުކުމުން އަރާ ޖޫރިމަނާ ވެސް އެއްކޮށް މާފުކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް, ޖޫރިމަނާ ނަގާ ރޭޓު 182 ޕަސެންޓުން 18 ޕަސެންޓަށް ތިރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެ ބަދަލާއެކު، ހަދާ ނުނިމޭ ރިސޯޓުތަކުން ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ވަނީ މައާފުވެފަ އެވެ.

ރިޒޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެވެސް ބޮޑު ހިސާބެއްގައި ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ 182 ޕަސެންޓެވެ. ބޭންކުތަކުން އާންމުކޮށް އިންޓަރެސްޓު ނަގާ ރޭޓުތައް ވެސް ހުންނަނީ އެ އަދަދަށް ވުރެ 36 ގުނަ ދަށްކޮށެވެ.

Advertisement

ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ރޭޓެއް ނޫންކަމަށް ނިންމާފަ އެވެ. އެގޮތުން, 2019 ގައި ނިންމައި 2020 ގައި ތަންފީޒު ކުރަން ފެށީ، މި ޖޫރިމަނާ 18 ޕަސެންޓަށް ކުޑަކޮށް ރިއަލިސްޓިކް ރޭޓެއްގައި ކަމަށް ސަރުކާރުން ބުނެ އެވެ.

ކުރީގެ ރޭޓުގައި އެއް މިލިއަން ރުފިޔާގެ ރިޒޯޓު ކުލި ނުދައްކާ ފަރާތެއް އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަ ވެ އަހަރެއްގެ ތެރޭ 1.8 މިލިއަން ރުފިޔާ، ހަމައެކަނި ޖޫރިމަނާ ގޮތުގައި ދައްކަން ޖެހޭނެ އެވެ. އެއީ ކުލީގެ އެއް މިލިއަން ލައިގެން ނަމަ 2.8 މިލިއަން ރުފިޔާ އެވެ.

މި ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއް ކަމަށާއި އެހެންކަމުން ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާއި އެކު ޖޫރިމަނާގެ ރޭޓަށް މިގެނެވުނު ރިއަލިސްޓިކް ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ ކުލީގެ ޖޫރިމަނާ މާފުކޮށްފައިވަނީ ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާ މާފުކުރުމާ ގުޅޭ ގަވާއިދަށް ގެނައި އިސްލާހުގެ ތެރެއިންނެވެ.

މި ބަދަލާ އެކު ހަމައެކަނި އުނިކުރެވިފައި ވަނީ ކުރީންސުރެ ނުދެއްކި ހުރި ޖޫރިމަނާ އާ ރޭޓުގައި ދައްކައި ހަލާސްކުރުމަށް ފުރުސަތު ދެވި 18 ޕަސެންޓަށް ވުރެ ބޮޑަށް ހުރި ބައި އެކަންޏެވެ.

ޓޫރިޒަމްގެ ބޭނުންތަކަށް އެކި ފަހަރުމަތިން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ރިސޯޓު ހެދުމުގެ މަސައްކަތް މިހާތަނަށް ނުނިމޭ ރަށްތަކުގެ ތެރޭގައި 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނުވަ ތަނެއް ހިމެނެއެވެ. އޭގެ ތެރޭގައި މަސައްކަތް ހުއްޓިފައި ހުރި ރަށްތަކާއި އެއްގޮތަކަށްވެސް މަސައްކަތް ނުފަށާ އޮންނަތާ 15 އަހަރުވެފައިވާ ރަށްތައްވެސް ހިމެނެ އެވެ.

މަސައްކަތް ހުއްޓިފައިވާ ގިނަ ރަށްތަކަކީ ރަހުނުކުރުމަށް ފަހު ނެގި ލޯނުތަކުގެ މައްސަލައިގައި ވިއްކާލަން ކޯޓުން ހުއްދަ ދީފައިވާ ރަށްރަށާއި ކޯޓު މަރުހަލާގައި ތާށިވެފައި ހުރި ރަށްރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox