ލަންކާ އަށް ފެންވަރު ދައްކާލައި އިންޑިއާ އިން އޭޝިއަން ކަޕް ކާމިޔާބުކޮށްފި

Sep 17, 2023, 2:15 PM
ލަންކާ އަށް ފެންވަރު ދައްކާލައި އިންޑިއާ އިން އޭޝިއަން ކަޕް ކާމިޔާބުކޮށްފި

ކޮލަމްބޯ، ސްރީ ލަންކާ (ސެޕްޓެމްބަރު 17) - ދިހަ ވިކެޓުން ސްރީ ލަންކާ އަތުން މޮޅުވެ، އިންޑިއާ އިން އަށް ވަނަ ފަހަރަށް އޭޝިއާ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މެޗަށް ނުކުމެ ޓޮސް ދިމާވުމުން ލަންކާ އިން ނިންމީ ކުޅެން އަރާށެވެ. އެކަމަކު، 15.2 އޯވަރުގެ ތެރޭގައި 50 ލަނޑަށް ލަންކާގެ ހުރިހާ ކުޅުުންތެރިން ވަނީ ނުބައިވެފަ އެވެ. މިއީ 2012 ވަނަ އަހަރު ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލަންކާގެ އެންމެ ދަށް ސްކޯރިންނެވެ.

ފައިނަލުގައި އިންޑިއާގެ ތަރި އަކީ ޖުމްލަ އެކު ހަ ވިކެޓް ނެގި ބޯލަރު، މުހައްމަދު ސިރާޖު އެވެ. ސިރާޖު ވަނީ މި މެޗުގެ އެއް އޯވަރުގެ ތެރޭގައި ހަތަރު ވިކެޓް ނަގައިފަ އެވެ. ސިރާޖު ވަނީ މި މެޗުގައި އޭނާގެ ފުރަތަމަ 16 ބޯޅައިން ފަސް ވިކެޓް ނަގައިފަ އެވެ. މިއީ، ރެކޯޑަކާ އެއްވަރުގެ މޮޅު ކުޅުމެކެެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވިކެޓެއް ނެގުމަށް ފަހު ސިރާޖު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އަނެއްކޮޅުން، އިންޑިއާ ޓީމުގެ ހާޑިކް ޕާންޑްޔާ ވަނީ ތިން ވިކެޓް ނަަގައިފަ އެވެ.

ލަންކާ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 17 ލަނޑު އެއްކުރި ކުސާލް މެންޑިސް އާއި ނުބައިނުވެ، 13 ލަނޑު ހެދި ހެމަންތާ އެެވެ.

ޖަވާބުގައި އިންޑިއާ އިން ކުޅެން އަރައި، ކުޅުންތެރިއަކު ނުބައިނުވެ، 6.1 އޯވަރުގެ ތެރޭގައި ވަނީ މެޗުން މޮޅުވެފަ އެވެ. އިންޑިއާ އިން ކުޅެން އެރީ އިޝާން ކިޝަން އާއި ޝުބްމަން ގިލް އެވެ. އިޝާން 23 ލަނޑު އެއްކުރިއިރު، ގިލް ވަނީ 27 ލަނޑު ހަދައިފަ އެެވެ.

އިންޑިއާ އިން ކްރިކެޓް އޭޝިއާ ކަޕް ކާމިޔާބުކޮށްފައިވަނީ 1984، 1988، 1991، 1995، 2010، 2016، 2018 އަދި 2023 ވަނަ އަހަރު އެވެ. މީގެ އިތުރުން، އިންޑިއާ ވަނީ ތިން ފަހަރު ފައިނަލުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox