ނަޝީދު ވިދާޅުވަނީ ޝަރުތަކާ ނުލައި ނަމަވެސް ޑިމޮކްރެޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ތާއީދުކުރާނެ ކެންޑިޑޭޓަކާ މެދު ގޮތެއް ނުނިންމައި މަޑުކުރެވެން ނެތް ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދޮންމަނިކު ސްކައިވިއު ގައި ދަ ޑިމޮކްރެޓްސްްގެ މެމްބަރުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް/ޕީއެެންސީއަށް ވެސް އެޕާޓީން ހުށަހަޅާފައިވާ ޝަރުތާ މެދު ގޮތެއް ނިންމަން ޖެހޭ ކަން، ހާއްސަކޮށް އެމްޑީޕީއަށް ސާފުވާނެ އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި "ޝަރުތަކާ ލައިގެން، ނުވަތަ ޝަރުތަކާ ނުލައި" ވެސް ދަ ޑިމޮކްރެޓްސް އިން ގޮތެއް ނިންމަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީއަަށް ވެސް އަޅުގަނޑު ހިތުން އެމްޑީޕީއަށް ވެސް ސާފުވާނެ އަބަދު އަަޅުގަނޑުމެންނަށް މަޑުކޮށްގެނެއް ނުތިބެވޭނެ އެބޭފުޅުން ގޮތެއް ނިންމަވަންދެނެއް. އެހެންވީމާ މިސާލަކަށް މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު، އަޅުގަނޑުމެން އެބަ ނިންމަން ޖެހޭ. ޕީޕީއެމުން އެބުނާ ފަދައިން ޝަރުތަކާ ލައިގެން ނަމަވެސް ނުލާ ނަމަވެސް ، ކޮންމެ ގޮތަކުން ވިޔަސް އަޅުގަނޑުމެން ގޮތެއް ނިންމަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓުން ހުށަހެޅި ޝަރުތާ މެދު ގޮތެއް ނިންމަން އެމްޑީޕީއަށް ވަގުތުދީ، ޑެޑްލައިނެއް ކަނޑައަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަަމަވެސް ދެން ގިނަ ވަގުތު ދެވެން ނެތް ކަމަށާއި ދަ ޑިމޮކްރެޓްސްގެ ކައުންސިލުން އެކަމާ މަޝްވަރާކުރަން އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިމަހުގެ 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ދަ ޑިމޮކްރެޓްސް އަށެވެ. އެ ޕާޓީއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގެން އުފެއްދެވި ޕާޓީ އެކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންްމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.،މުހައްމަދު މުއިއްޒާއި ދެވަަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް ސޯލިހެވެ. އެ ދެ ޕާޓީއަށް ވެސް ޑިމޮކްރެޓުން ހުށަހެޅި ޝަރުތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު އަލުން ގޮތެއް ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެ ވޯޓު މިމަހުގެ 25 ވަނަ ދުވަހު ނެގުމަކީ ވެސް ޝަރުތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox