ޔުނައިޓެޑްގައި މަޑުކުރީ ކުލަބުން ވެސް ބޭނުންވެގެން: މެގުއާ

Sep 14, 2023, 1:03 PM
ޔުނައިޓެޑްގައި މަޑުކުރީ ކުލަބުން ވެސް ބޭނުންވެގެން: މެގުއާ

މެންޗެސްޓާ (ސެޕްޓެމްބަރު 14) - މިދިޔަ ޓްރާންސްފާގައި މެންޗެސްޓަ ޔުނައިޓެޑް ދޫކޮށްނުލީ އެ ކުލަބުން ވެސް އޭނާ ކުލަބުގައި މަޑުކުރަން ބޭނުންވާތީ ކަމަށް އެ ޓީމުގެ ޑިފެންޑަރު ހެރީ މެގުއާ ބުނެފި އެވެ.

ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ހެރީ މެގުއާ ކުލަބު ދޫކޮށްލުމާ ގުޅޭ ވާހަކަތައް ގަދަވާން ފެށީ ކޯޗު އެރިކް ޓެން ހާގުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ގެއްލެން ފެށުމުންނެވެ. އަނެއްކޮޅުން، ހަތަރު އަހަރު ކެޕްޓަންގެ ގޮތުގައި ހުރި މެގުއާ އަތުން މި ސީޒަންގައި ކެޕްޓަން ބޭންޑް ނަގައި ބްރޫނޯ ފެނާންޑޭސް އަށް ކެޕްޓަން ބޭންޑުވެސް ވަނީ ދީފަ އެވެ.

މެގުއާ ހޯދުމަށް އިނގިރޭސި ބައެއް ކުލަބުތަކުން މަސައްކަތްކުރި އެވެ. އެ ގޮތުން ވެސްޓް ހޭމް އިން ޔުނައިޓެޑާ އެކު މެގުއާ ގަންނަން އެއްބަސްވުމަކަށް އައި ނަމަވެސް އޭނާ ފަހު ވަގުުތު އެ ޑީލަށް އެއްބަސްނުވީ އެވެ.

Advertisement

ޔުނައިޓެޑްގައި މަޑުކުރި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން މެގުއާ ބުނީ އެހެން ކުލަބަކަށް ބަދަލުވާން އެއްބަސްވުމަކަށް ނާދެވުމުން ޔުނައިޓުން ވެސް ބޭނުންވީ އޭނާ އެކުލަބުގައި މަޑުކުރުމަށް ކަމަށެވެ. އަދި އޭނާ އަމިއްލަ އަށް ވެސް ކުލަބުގައި މަޑުކޮށް ޓީމަށް ކާމިޔާބީ ހޯދައިދޭން ބޭނުންވާ ކަމަށެވެ.

މެގުއާ ބުނީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުމަކީ އުނދަގޫ މަސައްކަތެއް ކަމަށާއި، އެހެން ނަމަވެސް މި ސީޒަންގައި ގިނަ މެޗުތަކެއް ހުރުމުން ޓީމަށް އޭނާ މުހިންމުވާނެކަން އެނގޭ ކަމަށެވެ. އެހެންކަމުން ރަނގަޅަށް ތަމްރީން ހަދައި ލިބޭ ފުރުސަތުގެ ބޭނުން ހިފަން ތައްޔާރަށް ހުރި ކަމަށް މެގުއާ ބުންޏެވެ.

މިހާތަނަށް މި ސީޒަންގައި ޔުނައިޓެޑުން މެގުއާ އަށް ކުޅުމުގެ ފުރުސަތު ދީފައިވަނީ އެންމެ 23 މިނިޓަށެވެ.

ކުލަބު ލެވެލްގައި މާ ގިނަ ފުރުސަތު ނުލިބުނުު ނަމަވެސް އިނގިރޭސި ގައުމީ ޓީމުން މެގުއާ އަށް އަންނަނީ ފުރުސަތު ލިބެމުންނެވެ.

އިނގިރޭސި ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ނަގާ ސްކޮޑުން މެގުއާ އަށް ފުރުސަތުދޭތީ ފާޑުކިޔުން އަމާޒުވެ އެވެ. ކްލަބް ލެވަލްގައި ރަނގަޅަށް ޕާފޯމްނުކޮށް ގައުމީ ޓީމަށް އަރާތީ މެގުއާ އަށް ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ އެެވެ.

އެ ކަންކަމާ ގުޅޭގޮތުން މެގުއާ ބުނީ ޕްރެޝަރުގައި ކުޅުމަކީ އޭނާއަށް އާ ކަމެއް ނޫން ކަމަށެވެ. ދަނޑުން ބޭރުގައިވެސް ގިނަ ޕްރެޝަރުތަކާ ޗެލެންޖުތަކާ އޭނާ މީގެ ކުރިން ކުރިމަތިލާފައިވާނެ ކަމަށް މެގުއާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox