މެމްބަރު ޝިޔާނުގެ ވިސްނުން؛ "ދަ ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން ޕީޕީއެމްގެ ވެރިކަމެއް އައުމަކަށް ނޭދޭ"

Sep 10, 2023, 7:00 PM
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ދަ ޑިމޮކްރެޓްސް އިލްޔާސް ލަބީބުގެ ކެމްޕޭނުގެ ނިންމުން ފާހަގަ ކުރަން ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ބައިވެރިވި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ދަ ޑިމޮކްރެޓްސް އިލްޔާސް ލަބީބުގެ ކެމްޕޭނުގެ ނިންމުން ފާހަގަ ކުރަން ހުކުރު ދުވަހު ބޭއްވި އެއްވުމުގައި ބައިވެރިވި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން، ޕީއެންސީ/ ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ނޭދޭނެ ކަަމަށާއި އެ މެމްބަރުން ވޯޓު ދޭނީ އެމްޑީޕީއަށް ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ބޭއްވި ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރެއްވިއިރު، ދެ ވަނަ ބުރަށް ދިޔައީ އެންމެ މަތިން ވޯޓު ހޯއްދެވި މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ތިން ވަނަ އަށް ދިޔަ އިލްޔާސް ލަބީބަށް 15،800 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ.

"ދަ ޑިމޮކްރެޓްސްގަ ތިބި ގިނަ މެމްބަރުން ޕީޕީއެމް އަށް ރާއްޖޭގެ ވެރިކަން ދޭކަށް ނޭދޭ. އެއް ވަނަ ބުރު ނިމިއްޖެ. ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ޑިމޮކްރެޓްސް އަށް ވޯޓު ދީ ރަނގަޅު ނަތީޖާއެއް ނެރެފި. ސެޕްޓެމްބަރު 30 ގަ ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ނިކުންނަވާ އެމްޑީޕީ އަށް ވެރިކަން ހޯދަން ވޯޓު ދޭނެ. ޕީޕީއެމްގެ ވެރިކަން އެ މީހުން ވެސް ނޭދޭ،" ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް އުޅުވުމަށް ފަހު ދާދި ފަހުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝިޔާން ވިދާޅުވި އެވެ.

އޭނާ އަދަދު ނޫހަށް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ކަންކަން ހިނގާފައިވާ ގޮތް ރަށްރަށުގެ އާންމު މެމްބަރުންނަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެއީ އެ މެމްބަރުން ވިސްނާނެ ކަމެއް ކަމަށް ޝިޔާން ގަބޫލު ކުރައްވަ އެވެ.

މިފަހަރުގެ އިންތިހާބުގައި ރައީސް ސޯލިހަށް 86،100 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، މުއިއްޒަށް 101,500 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox