ރައީސް މައުމޫނު މިއަދު ވޯޓު ދެއްވީ 11 ވަނަ ރިޔާސީ އިންތިހާބުގައި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު  މިއަދު ވޯޓްލައްވަނީ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު މިއަދު ވޯޓްލައްވަނީ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ދެއްވި ވޯޓާ އެކު އެމަނިކުފާނު ވޯޓު ދެއްވި ރިޔާސީ އިންތިހާބުގެ އަދަދު 11 އަށް އަރާފައިވާ ކަން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ފާހަގަކުރައްވައިފި އެވެ.

ދަރިކަލުން ފާރިސް މައުމޫނު ވާދަކުރައްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވާ މަންޒަރު ފެންނަ ދެ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި މައުމޫނު ވިދާޅުވީ 1973 ވަނަ އަހަރުން ފެށިގެން އިންތިހާބުތަކުގައި ވޯޓު ދެއްވަމުން ގެންދަވާ ކަމަށެވެ. އެ ތާރީހަށް ބަލާއިރު އެމަނިކުފާނު ވޯޓު ދެއްވި ފުރަތަމަ ރިޔާސީ އިންތިހާބަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރު ދެވަނަ ދައުރަށް ހޮވުނު އިންތިހާބެވެ.

އޭރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް މައުމޫނަށް ވޯޓު ދެއްވިފައި ވާނީ ފެންނަ ނުފެންނަ ވޯޓުގެ ގޮތުގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގަ އެވެ. އެއީ އެމަނިކުފާނުގެ ފަހު ދައުރު ނިންމަވައިލެއްވި އިންތިހާބު 2008 ވަނަ އަހަރު ބޭޭއްވުމާ ހަމައަށް ރާއްޖޭގައި ނަގަމުން އައީ ފެންނަ ނުފެންނަ ވޯޓު ކަމަށް ވާތީ އެވެ.

އޭރު އޮތް ނިޒާމުގައި ރައީސް ކަމަށް އިންތިހާބުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ހުށަހަޅާނެ ނަމެއް ނިންމަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މައުމޫނު 11 ރިޔާސީ އިންތިހާބެއްގައި ވޯޓު ދެއްވި އިރު އޭގެ ތެރެއިން ފަސް އިންތިހާބެެއްގައި ރައްޔިތުން ވޯޓު ދިނީ އެމަނިކުފާނު ރައީސްކަމަށް އިންތިހާބުކުރަން ފެންނަކަން ނުވަތަ ނޫންކަން ކަނޑައެޅުމަށެވެ. އަދި އެއް އިންތިހާބަކީ ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވެ، ފަސް ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބެކެވެ. އެެއީ 2008 ވަނަ އަހަރުގެ ރިޔާސީ އިންްތިހާބެވެ. އެ އިންތިހާބުގެ ދެ ވަނަ ބުރުން މައުމޫނަށް ނާކިޔާބީ ކުރިމަތިވެވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ވާދަކުރައްވައިގެންނެވެ.

އޭގެ ފަހުން ބޭއްވި 2013 ވަނަ އިންތިހާބު ކާމިޔާބުކުރެއްވީ މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕީއެމްގެ ކެންޑިޑޭޓް، ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރެއްވީ އެމަނިކުފާނުގެ އެމްއާރްއެމް ބައިވެރިވި ކޯލިޝަނުގެ ތާއީދާ އެކު އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox