20 ރަށެއްގައި ކުނި ރައްކާ ކުރާ މަޒުކަޒު ގާއިމްކުރަން އަޒްރޯވާ މޯލްޑިވްސްއާ ހަވާލުކޮށްފި

ކުނި ރައްކާ ކުރާ ސެންޓަރުތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: މި ސެންޓަރުތައް ގާއިމްކުރަނީ އެކި ބާވަތުގެ ކުނި ވަކިކުރެވޭ ގޮތަށް -- ފޮޓޯ/ޕްލޭނިން މިިނިސްޓްރީ

ކުނި ރައްކާ ކުރާ ސެންޓަރުތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: މި ސެންޓަރުތައް ގާއިމްކުރަނީ އެކި ބާވަތުގެ ކުނި ވަކިކުރެވޭ ގޮތަށް -- ފޮޓޯ/ޕްލޭނިން މިިނިސްޓްރީ

އެކި ބާވަތްތަކުގެ ކުނި ވަކި ކުރެވޭ ގޮތަށް، ތިން އަތޮޅެއްގެ 20 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރު ނުވަތަ ކުނި ރައްކާ ކުރާ މަރުކަޒު ގާއިމްކުރަން ޕްލޭނިން މިނިސްޓްރީން މިއަދު އަޒްރޯވާ މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ހެވަގޭ ކުނަރަތުނެ މަދުސަނަކް މަހެންދްރާ އެވެ.

މިއީ އޮޕެކް ފަންޑް ފޯ ޑިވެލޮޕްމަންޓް (އޮފިޑް)އިން ނަގާފައިވާ ލޯނަކާއި ބާކީ ބައި ދައުލަތުގެ ބަޖެޓުުން ހަރަދުކުރާ ގޮތަށް އެކު ޖުމްލަ 109.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އެގޮތުން ކުނި ރައްކާ ކުރާ މަރުކަޒުތައް ގާއިމްކުރާ ރަށްތަކަކީ:

  • ޒޯން 1 (ހއ) - މާރަންދޫ، އުލިގަމް، މޮޅަދޫ، ތަކަންދޫ، މުރައިދޫ އަދި ދިއްދޫ
  • ޒޯން 2 (ހދ) - ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫ، ފިނޭ، ހިރިމަރަދޫ, ކުރިނބީ، އަދި ނޭކުރެންދޫ
  • ޒޯން 3 (ށ) - ބިލެއްފަހ،ި ފީވައް، ށ.ފޭދޫ، ށ. ކަނޑިތީމު، ޅައިމަގު އަދި ނޫމަރާ

މި މަރުކަޒުތަކުގައި އެކި ވައްތަރުގެ ކުނި ވަކި ކޮށްފައި ބަހައްޓާ ތަންތަނާއި ކުނި ރައްކާ ކުރެވޭނެ އާލަތްތައް ހުންނާނެ އެވެ. މި މަސައްކަތް ނިންމަން އަޒްރޯވާއަށް ދީފައި ވަނީ އަށް މަސް ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox