މައުމޫނުގެ ވެރިކަމުގައި ބަޔަކަށް އަނިޔާ ލިބުނު، މައާފަށް އެދެން: ފާރިސް

ރިޔާސީ ބަހުސްގައި ފާރިސް މައުމޫން ވާހަކަދައްކަވަނީ. އޭނާ ވިދަޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ އަނިޔާ ލިބުނު މީހުންނަށް ތަސައްލީއެއް ހޯދައިދެއްވާނެ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ ބަހުސްގައި ފާރިސް މައުމޫން ވާހަކަދައްކަވަނީ. އޭނާ ވިދަޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ އަނިޔާ ލިބުނު މީހުންނަށް ތަސައްލީއެއް ހޯދައިދެއްވާނެ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބި ހިތާމަތަކެއް ލިބުނުކަން އެއީ ހަގީގަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ދަރިކަލުން އަދި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފި އެވެ.

މީސް މީޑިއާއަށް ރޭގައި ފާރިސް ދޫކޮށްލެއްވި ވީޑިއޯއެއްގައި ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ބަޔަަކަށް އަނިޔާ ލިބުނު ވާހަކަ ދޮގު ނުކުރާ ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދެއްވާނެ ކަމަށެވެ.

"ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް، އަޅުގަނޑު ގަބޫލު ކުރާ ކަމެއް، އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބި ކަމަކީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް، އެއީ އަޅުގަނޑު ދޮގު ކުރާ ކަމެއް ނޫން، އަޅުގަނޑު މިކަމަށްޓަކައި ތިޔަ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް އެހެން ވިދާޅުވިއިރު، މީގެ ދުވަސްކޮޅެއް ކުރިން އޮންލައިން މީޑީއާއަކުން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފާރިސް ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި އެފަދަ ކަންތައްތަކެއް ނުހިނގާކަމަށް ބުނެފަ އެވެ. ރޭގައި ދޫކޮށްލެއްވި ވީޑިއޯގައި ފާރިސް ވަނީ އެކަމަށް ވެސް މައާފަށް އެދިވަޑައިގެންފަ އެވެ.

"މީގެއިތުރުން އަޅުގަނޑު ވަރަށް ފަހުން ދެއްކި ވާހަކައެއްގެ ސަބަބުން މި ހިތާމަތައް އިތުރުވެގެންދިޔަ ކަމަކީ ހަމަ ހަގީގަތެއް އެހެންވީމަ މިކަމަށްޓަކައި ވެސް އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން،"

ނަވާރަ ސަތޭކަ ހަތްދިހަ އަށްވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަން ކުރައްވަމުން ގެންދެވި ރައީސް މައުމޫނުގެ ވެރިކަން 30 އަހަރަށްފަހު ނިމުމަކަށް ގެނައުމުގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ އޭރު އިދިކޮޅުގައި ހަރަކާތްތެރިވަމުންދިޔަ ބޭފުޅުންގެ ބަހުންނަމަ، "30 އަހަރުގެ އަނިޔާވެރިކަން ނިމުމަށް ގެނައުން" މެވެ.

އެގޮތުން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު، 19، ގައި މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ބަޑިޖަހައި ތިން މީހަކު މަރާލި ހާދިސާގެ އިތުރުން ވެސް ޖަލުގައި ދެމުންދިޔަ އަނިޔާއާއި ގޮތް ނޭނގޭ އެތައް މަރެއްގެ ޒިންމާ މައުމޫނުގެ ސަރުކާރުގައި އަޅުވާފައިވެ އެވެ.

އޭގެއިތުރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ފަދަ ޑިމޮކުރެސީއެއްގައި ލިބިދޭ އެއްވެސް މިނިވަންކަމެއް އެ ދުވަސްވަރު ދިވެހީންނަށް ލިބިފައި ނެތުން ފަދަ އެތައް ކަމެއް އޭރުގެ އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރަމުންދިޔަ އެވެ. އެކަންކަމަށް އެމަނިކުފާނު ވެސް ވަނީ ފަހުން ޖުމުލަކޮށް އަމިއްލައަށް މައާފަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ކަނޑައެޅި ސިޔާސަތަކުން، އަޅުގަނޑު ނިންމި ނިންމުމަކުން، ނުވަތަ ބަލަންވީވަރަށް އަޅުގަނޑަށް ނުބެލިގެން އެއްވެސް ދިވެހިރައްޔިތަކަށް ދެރައެއް ހިތްދަތިކަމެއް، ވޭނެއް ނުހައްގު ގޮތުގައި ތަހަންމަލު ކުރައްވަން ޖެހިވަޑައިގެންފައި ވާނަމަ، އެކަމަށްޓަކައި އަޅުގަނޑު ހިތާމަ ކުރަން، އަދި އެފަދަ ކަމެއް އެއްވެސް ރައްޔިތަކަށް ދިމާވެފައި ވާނަމަ، ދިމާވި ރައްޔިތެއްގެ ފަރާތުން އަޅުގަނޑު ދީލަތި މައާފަކަށް އެދެން،" ރައީސް މައުމޫންގެ ވަދާއީ ވާހަކަފުޅުގައި ވިދާޅުވެފައިވެ އެވެ.

ފާރިސްގެ ވީޑިއޯގައި އޭނާ ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު ހުރިހާ އެންމެންނަށް "ފުރިހަމަ ތަސައްލީއެއް" ހޯދައިދެއްވާނެ ކަމަށް ވައުދުވެފަ އެވެ. އަދި އެއީ އެއީ އޭނާގެ އަމިއްލަ ޒިންމާއެއް ކަމުގައި ހަދާނެ ކަމަށް ވެސް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox